ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އީމެއިލް އައިޑީ ޖަހަންޖެހޭތީ ސަކަރާތޭ!

“އޭއް ކަޑައޭ…. ތީގަ އީމެއިލް ޖަހައިގެން ނޫނީ ކޮމެންޓް ނުކުރެވޭތީ ކަޑައޭ. އެހާވަރަށް ސެކިއުރިޓީ ފީޗާ ބައިންދަން ޖެހޭތަ ޚިޔާލު ފާޅުކުރުމުގެ މިނިވަން މިހާވަރަށް އޮންނަ ޒަމާނެއްގަ؟” މިއީ މީގެ ދުވަސްކޮޅެއް ކުރިން ދެކެފަރިތަ މީހަކު އަޅުގަނޑާ ކުރިމަތިކުރި ސުވާލެކެވެ.

އެ ދައްކާ ވާހަކައެއް ރަނގަޅަށް އޮޅުންފިލުވައިލީމެވެ. އޭނާ އެ ދެއްކީ މުނިއަވަސްގެ އާޓިކަލްތަކަށް ކޮމެންޓްކުރަން ދީފައިވާ ކޮމެންޓް ބޮކްސްގައި އީމެއިލް ޖަހަންޖެހޭ ވާހަކައެވެ. ނުވަތަ އީމެއިލް ޖަހަން ޖެހޭކަމަށް އޭނާއަށް ހީވެފައިވާ ހީވުމުގެ ވާހަކައެވެ.

ތެދެކެވެ. ކޮމެންޓް ބޮކްސްގައި އީމެއިލް އެޑްރެސް ޖަހަން ޖާގައެއް ކަނޑައެޅިފައިވެއެވެ. އެކަން އެހެން އޮތް ނަމަވެސް އެތަނުގައި އީމެއިލް އެޑްރެސް ޖަހާކަށް ނުޖެހެއެވެ. މާނައަކީ އީމެއިލް އެޑްރެސް ނުޖަހައިވެސް ކޮމެންޓްކޮށްލެވޭނެއެވެ.

ތިރީގައި އެވަނީ މުނިއަވަސްގެ ކޮމެންޓް ބޮކްސް އިންނާނެ ގޮތެވެ. ކޮމެންޓް ލިޔުމަށް ކަނޑައެޅިފައިވާ ގޮޅީގައި ކޮމެންޓް ލިޔުމަށްފަހު، ނަން ޖަހަން އިން ތަނުގައި ނަމެއް ޖަހާފައި “ފިއްތައިލައްވާ” ބަޓަން އަށް ފިއްތައިލުމުން ކޮމެންޓް ކުރެވުނީއެވެ.

މުނިއަވަސް ގެ ކޮމެންޓް ބޮކްސް

ކޮމެންޓް ކުރުމަށްފަހު ދެން އެ ކޮމެންޓް ދާނީ ‘ކޮމެންޓް ސާފުކުރުމަށް ކިއު’އަށެވެ. މުނިއަވަސްގެ އެޑްމިން، އަދި އެޑިޓަރުން ކޮމެންޓް ސާފުކުރުމަށްފަހު ޝާއިޢުކުރުމުން، ކޮމެންޓް އާއްމުކޮށް ފެންނަން ހުންނާނެއެވެ.

ކޮމެންޓް ބޮކްސްއަށް ރަނގަޅަށް ބަލައިލުމުންވެސް، އީމެއިލް ޖަހަން ނުޖެހޭކަން އެނގޭނެއެވެ. ކޮންމެހެން ފުރަންޖެހޭ ގޮޅީގައި ތަރިއެއްް (*) ޖަހާފައިވާނެ އެވެ.

މިވެސް ކިޔާލަން:  ސެންޓު ސީރީޒް: ޖިމީ ޗޫގެ "އަރބަން ހީރޯ ގޯލްޑް އެޑިޝަން"
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top