ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޓީވީ ޝޯވއެއް ހުށަހަޅައިދޭން ވަރަށް ޝައުޤުވެރިވޭ: ސައިފް އަލީ ޚާން
ގޫގަލް

ޓީވީ ޝޯވއެއް ހުށަހަޅައިދިނުމުގެ ފުރުސަތު ލިބިއްޖެނަމަ އެކަން ކުރަން ތައްޔާރަށް ހުރި ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން ހާމަކޮށްފިއެވެ.

“ވެރައިޓީ އިންޑިއާ” އަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ސައިފް ބުނީ، ޓީވީ ޝޯވއެއް ހޯސްޓް ކުރަން އޭނާ ވަރަށް ބޭނުންވާ ކަމަށެވެ. އަދި މިއީ އާމްދަނީ ހޯދުމަށް ލިބޭ ރަނގަޅު ވަސީލަތެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

“މިފަހަކަށް އައިސް މިފަދަ ވަރަށް ގިނަ ފުރުސަތުތައް ދަނީ ފަހިވަމުން. އެހެންވީމާ ނުކުރަންވީ އެއްވެސް ސަބަބެއް ނެތް. އަހަރެން ހުރީ އެއްވެސް ކަމަކަށް ފުރަގަސްދޭ ގޮތަކަށް ނޫން. ޓީވީ ޝޯވއެއްގެ މަސައްކަތް ކޮށްލަން އަހަރެން ވަރަށް ޝައުޤުވެރިވޭ.” ސައިފް ބުންޏެވެ.

ނަމަވެސް، ޓީވީ ޝޯވއެއް ހުށަހަޅައިދިނުމުގައި ސައިފްގެ ޝަރުތެއް އެބައޮތެވެ. އެއީ އެ ޝޯވއަކީ އަމިއްލަވަންތަ، އާ އަދި ތަފާތު ޚިޔާލެއްގެ މައްޗަށް ބިނާވެފައިވާ ޝޯވއަކަށް ވާންޖެހޭނެ ކަމެވެ. ކުރިން ވެސް ޝޯވއެއް ހުށަހެޅުމާ ގުޅޭގޮތުން ބަޔަކު ވާހަކަދެއްކި ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވީ އޭރު އެ ޕްރޮޖެކްޓަށް މާ ބޮޑު ޝައުޤުވެރިކަމެއް ނެތުމުން ކަމަށް ސައިފް ބުންޏެވެ. އެހެންނަމަވެސް، މިހާރަކީ މިފަދަ ކަމަކަށް އެންމެ ރަނގަޅު ވަގުތު ކަމަށް އޭނާ ދެކެއެވެ.

ސްޓްރީމިން ޕްލެޓްފޯމްތަކަށް ނުވަތަ އޯޓީޓީއަށް އުފައްދާ ކޮންޓެންޓާމެދު ބައެއް ފިލްމީ ތަރިން ދެކޭ ދަށު ދަރަޖައިގެ ވިސްނުމާ ގުޅޭގޮތުން ވެސް ސައިފް ވާހަކަދެއްކިއެވެ. އޭނާ ބުނީ ސިނަމާތަކަށް ފިލްމު ނެރޭ މައިގަނޑު އެކްޓަރެއްގެ ގޮތުގައި ހުންނަންޖެހޭނެ ކަމަށް ބުނާ ވިސްނުމަކީ ވަރަށް ދުވަސްވީ ބޯދާ ވިސްނުމެއް ކަމަށެވެ. އަދި އޭނާ ދުވަހަކުވެސް އެގޮތަށް ނުދެކޭ ކަމަށާއި، ނަމަވެސް އެހެން މީހުން އެގޮތަށް ދެކޭނަމަ އެއީ އެމީހުންގެ އަމިއްލަ ވިސްނުން ކަމަށް ސައިފް ފާހަގަކުރިއެވެ.

މިވެސް ކިޔާލަން:  ކުމުންދޫ އާއި ނޭކުރެންދޫ މޮޅުވެއްޖެ

އޯޓީޓީ ޕްލެޓްފޯމްތަކުގައި މަސައްކަތް ކުރުމަކީ ވަރަށް ފައިދާހުރި އަދި އުފާވެރި ތަޖުރިބާއެއްކަން ފާހަގަކުރަމުން، ނެޓްފްލިކްސްގެ މަޤުބޫލު ސީރީޒް “ސެކްރެޑް ގޭމްސް” ގައި މަސައްކަތް ކުރުމަކީ ވަރަށް މަޖާ ތަޖުރިބާއެއް ކަމަށް އޭނާ ބުންޏެވެ. އަދި އެއީ ސިނަމާ ފިލްމަކަށްވުރެ ދަށް ފެންވަރެއްގެ މަސައްކަތެއްގެ ގޮތުގައި އެއްވެސް އިރެއްގައި އިޙުސާސް ނުކުރެވޭ ކަމަށްވެސް އޭނާ ބުންޏެވެ.

ސައިފް އަލީ ޚާންގެ ކުރިއަށް އޮތް މަސައްކަތްތަކަށް ބަލާއިރު، ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާނީ އަކްޝޭ ކުމާރާއެކު ޕްރިޔަދަރްޝަން ޑައިރެކްޓްކުރާ ފިލްމު “ހައިވާން” އިންނެވެ. މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top