ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސައުތު މާލޭ ޒޯން ފޯރިޔާއިއެކު ކުރިޔަށް
ރިސޯޓް ލީގު - އެފްބީ

ރިސޯޓްތަކަށް އަމާޒުކޮށްގެން ބިގް ގޭމްސްއިން ކުރިޔަށް ގެންދާ ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯންގެ ކުޅުން ފަށައިގެން ފޯރިޔާއިއެކު ކުރިޔަށް އެބަދެ އެވެ.

މި މަހުގެ 20 ވަނަ ދުވަހު ސަން ސިޔާމް އޮޅުވެލީގައި ފެށި މި މުބާރާތުގައި ސައުތު މާލޭ ޒޯންގެ 12 ރިސޯޓަކުން ވަނީ ބައިވެރިވެފަ އެވެ. އެ ރިސޯޓްތަކަކީ، ވެލައްސަރު، އިތާފުށި، އޮޅުވެލި، ހާރޑް ރޮކް، ސައި ލަގޫން، ޖޭޑަބްލިޔޫ މެރިއޮޓް، މާދޫ، ކްރޮސްރޯޑް، ރަށް ގިލި، ބޮލިފުށި، އަނަންތަރަ، ސޯ މޯލްޑިވްސް އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖާއި ޕްލޭއޮފް ނިމި ކުއާޓާރ ފައިނަލް ދަތުރުކުރި ޓީމުތައް މިހާރު ވަނީ ޔަގީންވެފަ އެވެ. މުބާރާތުގެ ކުއާޓާރ ފައިނަލަށް ޓީމުތައް ދަތުރުކޮށްފައިވާ ގޮތަށް ބަލާލާއިރު، ކުއާޓާރ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި ޓީމަކީ ގުރޫޕް އޭގެ އެއްވަނަ ހޯދި ވެލައްސަރެވެ. އެ ޓީމު ވަނީ ގުރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފަ އެވެ. ކުއާޓާރ ފައިނަލްގެ ދެވަނަ ޖާގަ ހޯދި ޓީމަކީ ގްރޫޕް ބީގެ އެއްވަނަ ހޯދި ހާރޑް ރޮކް އެވެ. އެ ޓީމުވަނީ ގުރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފަ އެވެ. ކުއާޓާރ ފައިނަލްގެ ތިންވަނަ ޖާގަ ހޯދި ޓީމަކީ ގުރޫޕް ސީގެ އެއްވަނަ ހޯދި ކުރޮސްރޯޑް އެވެ. ގުރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް އެ ޓީމު ހޯދި އެވެ. ކުއާޓާރ ފައިނަލްގެ ހަތަރުވަނަ ޖާގަ ހޯދި ގްރޫޕް ޑީގެ އެއްވަނަ ބޮލިފުށި ވެސް ވަނީ ހަތަރު ޕޮއިންޓް ހޯދާފަ އެވެ.

މިވެސް ކިޔާލަން:  ސިޖޫ ވިލްސަންގެ ތުރިލާ ފިލްމު "ޑޯޒް" އޯޓީޓީގައި ރިލީޒްކުރަނީ

ހަތަރު ގުރޫޕްގެ އެއްވަނަ ހޯދި ހަތަރު ޓީމުގެ އިތުރުން ދެން ކުއާޓާރ ފައިނަލުން ޖާގަ ހޯދި ޓީމުތަކަކީ ޕްލޭއޮފް މެޗު ކާމިޔާބުކޮށް ކުއާޓާރ ފައިނަލުން ޖާގަ ހޯދި ޓީމުތަކެވެ. ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ ދެވަނަ ހޯދި އިތާފުށްޓާއި ގުރޫޕް ބީގެ ތިންވަނަ ޖޭޑަބްލިޔޫ މެރިއޮޓް އެވެ. މި މެޗު 1-0 އިން ކާމިޔާބުކޮށް ކުއާޓާރ ފައިނަލްގެ ފަސްވަނަ ޖާގަ ހޯދީ ޖޭޑަބްލިޔޫ މެރިއޮޓް އެވެ.

ފްލޭއޮފްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގެ ދެވަނަ ހޯދި ސައި ލަގޫން އާއި ގްރޫޕް އޭގެ ތިންވަނަ ހޯދި އޮޅުވެލި އެވެ. މި މެޗު 2-0 އިން ކާމިޔާބުކޮށް ކުއާޓާރ ފައިނަލްގެ ހަވަނަ ޖާގަ ހޯދީ އޮޅުވެއްޔެވެ. ޕްލޭއޮފްގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ގްރޫފް ސީގެ ދެވަނަ ހޯދި މާދޫ އާއި ގުރޫޕް ޑީގެ ތިންވަނަ ހޯދި ސޯ މޯލްޑިސް އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށްޓަކައި ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށް ކުއާޓާރ ފައިނަލްގެ ހަތްވަނަ ޖާގަ ހޯދީ މާދޫ އެވެ. ޕްލޭއޮފްގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ޑީގެ ދެވަނަ ހޯދި އަނަންތަރަ އާއި ގްރޫޕް ސީގެ ތިންވަނަ ހޯދި ރަށް ގިލި އެވެ. މި މެޗު 3-0 އިން ކާމިޔާބުކޮށް ކުއާޓާރ ފައިނަލްގެ އަށްވަނަ ޖާގަ ހޯދި އަނަންތަރަ އެވެ.

ކުއާޓާރ ފައިނަލްގެ މެޗުތައް:

މެޗު 1 – ވެލައްސަރު އާއި މާދޫ
މެޗު 2 – ހާރޑް ރޮކް އާއި އަނަންތަރަ
މެޗު 3 – ކްރޮސްރޯޑް އާއި ޖޭޑަބްލިޔޫ މެރިއޮޓް
މެޗު 4 – ބޮލިފުށި އާއި އޮޅުވެލި

މިވެސް ކިޔާލަން:  އެމްއޭޑަބްލިޔޫސީ އާއި އެމްއާރުސީ ދެވަނަ ބުރަށް ދަތުރުކޮށްފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top