ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސެންޓު ސީރީޒް: ކަޔާލީގެ “ބޫޖީ ކިޓީ ކެރަމަލް މިލްކް | 22 “
މުނިއަވަސް ގްރެފިކްސް

ކަޔާލީ ބްރޭންޑުން 2026 ވަނަ އަހަރު އަލަށް ނެރުނު އުފެއްދުންތަކުގެ ތެރެއިން، ފޮނި އެއްޗެއްސަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަ މީރުވަހެއް ފާހަގަކޮށްލަމާ ހިނގާށެވެ. “ބޫޖީ ކިޓީ ކެރަމަލް މިލްކް | 22” އަކީ ކެރަމަލް، ކިރު، ހުދު ޗޮކްލެޓް، މާޝްމެލޯ އަދި ފެންފޮދު ތަރުތީބުކޮށްގެން އުފައްދާފައިވާ، އޮމާން، މަޑުމޮޅި އަދި ނުހަނު ފޮނި މީރުވަހެއް އެކުލެވިގެންވާ ސެންޓެކެވެ.

މިއީ ކަޔާލީ ފްރެގްރެންސަސްގެ ފަރާތުން 2026 ވަނަ އަހަރު ބާޒާރަށް ނެރުނު، އަންހެނުންނަށް ޚާއްސަ “އޮރިއެންޓަލް ވެނީލާ” ސެންޓެކެވެ. މީގެ މޭސްތިރިންނަކީ މަޝްހޫރު ސެންޓު އުފައްދާ ފަރާތްތައް ކަމަށްވާ ގަބްރިއެލާ ޗެލާރިއޫ އާއި ކްލެމެންޓް ގަވާރީ އެވެ.

މި ސެންޓުގެ ޚާއްސަކަން

“ބޫޖީ ކިޓީ ކެރަމަލް މިލްކް” އިން އިޙުސާސްކޮށްދޭނީ:

● ކިރުގެ ތެރެއަށް ގިރިގެންދާ ހޫނު ސޯލްޓެޑް ކެރަމަލްގެ މީރުކަން
● ހުދު ޗޮކްލެޓުން ފޮރުވިފައިވާ މަޑު މާޝްމެލޯތަކެއްގެ ފޮނިކަން
● މަތީ ފަންތީގެ ކެރަމަލް ފޮނިކާއެއްޗަކާއި އޮމާން ވެނީލާގެ މީރުވަސް

މިއީ މަޖާ، ހިތްފަސޭހަ، އަދި ކާހިތްވާ ފަދަ “ގޯމަންޑް” މީރުވަހެކެވެ.

ސެންޓްގައި އެކުލެވޭ ބައިތައް: ކެރަމަލްގެ ފުރިހަމަކަން

● ފެށޭ ވަސް: ކެރަމަލް، ސޯލްޓެޑް ކެރަމަލް، ކިރު، ކާށި ކިރު
● މެދުތެރޭ ވަސް: ހުދު ޗޮކްލެޓް، ކްރީމް، ވެނީލާ ކެވިއާ، މާޝްމެލޯ
● ފަހު ވަސް: ކެރަމަލް، މަސްކް، ސެންޑަލްވުޑް

މި ސެންޓު ޖެހުމާއެކު އެންމެ ފުރަތަމަ ދުވާނީ ކެރަމަލް އާއި ކިރުގެ މީރުވަހެވެ. ސޯލްޓެޑް ކެރަމަލްގެ ސަބަބުން ތަފާތު މީރުކަމެއް ގެނެސްދޭއިރު، ކާށި ކިރުގެ ވަހުން އޮމާންކަމެއް އިޙުސާސްކޮށްދެއެވެ. ސެންޓުގެ މެދުތެރޭ ވަހުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ހުދު ޗޮކްލެޓް، ކްރީމް، ވެނީލާ ކެވިއާ އަދި މާޝްމެލޯގެ ސަބަބުން މިއީ ހަޤީޤަތުގައިވެސް ކާހިތްވާ ފަދަ މަޑުމޮޅި ވަހަކަށް ބަދަލުވެގެންދެއެވެ. ސެންޓު ހަށިގަނޑުގައި ހިފާލުމުން، އަނެއްކާވެސް ކެރަމަލްގެ ވަސް އަނބުރާ އާދެއެވެ. ނަމަވެސް މިފަހަރު އެ ވަސް ހުންނާނީ މަސްކް އަދި ސެންޑަލްވުޑްއާ އެކުވެފައެވެ. ލަކުޑީގެ މި ވަސްތަކުގެ ސަބަބުން ސެންޓުގެ ފޮނިކަން މާ ބޮޑަށް ގަދަވިޔަނުދީ ހިފަހައްޓައިދެއެވެ.

މިވެސް ކިޔާލަން:  ސޯޝަލް މީޑިއާ: ލޯބީގެ ގުޅުންތައް ވަޒަންކުރާ ޒަމާނީ މަންސަ

ވަސް ފެތުރޭ މިންވަރު: މެދުމިނުން ގަދަ މިންވަރަކަށް
● ދެމިހުންނަ ވަގުތު: ގާތްގަނޑަކަށް 7 އާއި 9 ގަޑިއިރާ ދެމެދު

މި ސެންޓު ޖެހުމުން ވަށައިގެންވާ މީހުންނަށް އޭގެ މީރު “ގޯމަންޑް” ވަސް ވަރަށް ބޮޑަށް ފާހަގަވާނެއެވެ.

މިއީ ކޮން ބަޔަކަށް ޚާއްސަ ސެންޓެއް؟

މި ސެންޓް އެންމެ ބޮޑަށް ކަމުދާނީ:

● ކެރަމަލް އަދި ވެނީލާ ވަހަށް ލޯބިކުރާ ފަރާތްތަކަށް
● ކިރު ނުވަތަ ފޮނިކާއެއްޗެހީގެ ވަސް ހުންނަ ސެންޓުތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް
● ހިތްފަސޭހަ ރޭގަނޑުތަކަށާއި، ޚާއްސަ ބައްދަލުވުންތަކަށާއި، ފިނި މޫސުމަށް
● ފޮނި، ހިތްހަމަޖެހޭ އަދި މީރުވަހެއް ބޭނުންވާ ކޮންމެ މީހަކަށް

މިއީ އަމިއްލަ ނަފްސަށް އުފާވެރިކަން ގެނެސްދޭ، އަންހެންވަންތަ އަދި ޝާހީ ސިފަތަކެއް އެކުލެވޭ ސެންޓެކެވެ.

ބޭނުންކުރާނެ ގޮތުގެ އިރުޝާދު:

● ކެރަމަލް ނުވަތަ ވެނީލާ ބޮޑީ ކްރީމަކާއެކު ބޭނުންކުރުމުން މީރުވަސް އިތުރަށް ގަދަވާނެއެވެ.
● ކާށި ކިރުގެ ވަސް ހުންނަ ބޮޑީ މިސްޓަކާއެކު ބޭނުންކުރުމުން ސެންޓުގެ ފެށޭ މީރުވަސް އިތުރަށް ފާހަގަވާނެއެވެ.
● މަޑު ސެންޑަލްވުޑް ސެންޓަކާއެކު ޖެހުމުން، ސެންޓުގެ ވަސް އިތުރަށް ފުރިހަމަވެ، ޝާހީ ގޮތެއް ހުންނާނެއެވެ.

2026 ވަނަ އަހަރުގެ އުފެއްދުމެއްގެ ގޮތުގައި “ބޫޖީ ކިޓީ ކެރަމަލް މިލްކް | 22” އަކީ ސެންޓުގެ ދުނިޔެއަށް ގެނެސްދިން ފޮނި އިންގިލާބެކެވެ. ކެރަމަލް، ކިރު، ކާށި ކިރު، ހުދު ޗޮކްލެޓް އަދި ވެނީލާ ފަދަ ހުރިހާ މީރު ވަސްތަކެއް އެއްކޮށްލުމަށްފަހު، އެންމެ ފަހުން މަސްކް އަދި ސެންޑަލްވުޑްގެ ތެރެއަށް މަޑުޖެހިލައެވެ.

މިވެސް ކިޔާލަން:  ސެންޓް ސީރީޒް: ޑިއޯގެ "ޖަޑޯ"

މިއީ ކެރަމަލްގެ ހިތްފަސޭހަކަމެވެ. ދުވާލު ހަތަރުދަމު ޖަހައިގެން ހުންނަން ބޭނުންވާ ފަދަ، މަތީ ފަންތީގެ މީރު ފޮނިކާއެއްޗެއް ފަދަ އުފާވެރި މީރުވަހެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top