ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
80 މިނެޓްގެ ނިދި މަދުވުމަކީވެސް ބަރުދަނަށް ބަދަލު އަތުވެދާނެ ކަމެއް

ރޭގަނޑުގެ ނިދިން ކުޑަ ވަގުތުކޮޅެއް މަދުވުމަކީ ވެސް ހަށިގަނޑުގެ ބަރުދަން އިތުރުވުމަށް މެދުވެރިވާ ސަބަބަކަށް ވެދާނެއެވެ.

ސައިންސް ޑެއިލީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޮލަމްބިއާ ޔުނިވަރސިޓީގެ އާރވިންގ މެޑިކަލް ސެންޓަރުގެ ދިރާސާވެރިން ވަނީ، ބޮޑެތި މީހުން ކޮންމެ ރެއަކު ގާތްގަނޑަކަށް 80 މިނެޓް މަދުން ނިދުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ދިރާސާކޮށްފައެވެ.

މި ދިރާސާގެ ބައިވެރިން ހަ ހަފުތާ ވަންދެން މި އުސޫލުން ނިދި މަދުކުރިއިރު، ދިރާސާވެރިން ވަނީ އެމީހުންގެ ނިދުމުގެ އާދަތަކާއި، ހަށިގަނޑުގެ ހަރަކާތްތެރިކަމާއި، އަދި ބަރުދަނަށް އަންނަ ބަދަލުތައް ބަލައި މިންކޮށްފައެވެ.

“އެނަލްސް އޮފް އިންޓަރނަލް މެޑިސިން” މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާއަކީ، އާންމު ދިރިއުޅުމުގައި ގިނަ ބޮޑެތި މީހުންނަށް ކުރިމަތިވާ ނިދިމަދުވުމުގެ މައްސަލައަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ. މީގެ ކުރިން ހަދާފައިވާ ގިނަ ދިރާސާތައް އަމާޒުކޮށްފައިވަނީ ރޭގަނޑަކު ވަރަށް މަދު ގަޑިއިރުކޮޅަކު ނިދާ މީހުންނަށެވެ. ނަމަވެސް އެއީ އާންމުކޮށް ދިމާވާ ހާލަތެއް ނޫނެވެ.

ނޭދެވޭ އަސަރުތަކުގެ ނިޝާންތައް
ދިރާސާވެރިން ވަނީ މި ބައިވެރިން ހިމަނައިގެން މީގެ ކުރިން ހަދާފައިވާ ދިރާސާތަކަށް ވެސް ރިއާޔަތްކޮށްފައެވެ. އެ ދިރާސާތަކުން ދައްކާގޮތުގައި، ނިދި މަދުވުމަކީ ބައެއް އަންހެނުންގެ ހަށިގަނޑުގައި އިންސިއުލިން ރެސިސްޓެންސް އިތުރުވުމަށް މެދުވެރިވާ ކަމެކެވެ. އަދި ހިތުގެ ބަލިތަކުގެ ނުރައްކާ އޮތް މީހުންގެ ހިތުގައި އިންފްލެމޭޝަން ނުވަތަ ދުޅަވުމުގެ ނިޝާންތައް އިތުރުވާކަން ވެސް ފާހަގަކުރެވިފައިވެއެވެ.

ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، މި ގުޅުންތައް އިތުރަށް ދެނެގަތުމަށްޓަކައި އަދިވެސް އިތުރު ދިރާސާތައް ކުރަންޖެހެއެވެ.

ބަރުދަނަށް އައި ބަދަލު
ހަ ހަފުތާގެ ދިރާސާއަށްފަހު، ބައިވެރިންގެ ބަރުދަން އެވްރެޖްކޮށް ބައި ކިލޯއަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން، އާންމުކޮށް ނިދާ ވަގުތަށްވުރެ މަދުން ނިދުމުގެ ސަބަބުން، ހަށިގަނޑު ހަރަކާތްތެރިކޮށް އުޅުމުގެ ބަދަލުގައި އެއްތަނެއްގައި އިށީނދެގެން ނުވަތަ އޮށޯވެގެން ހޭދަކުރާ ވަގުތު އިތުރުވެފައިވާކަން ވެސް ފާހަގަވިއެވެ.

މިވެސް ކިޔާލަން:  ހަކުރުގެ ނުރައްކާ: ބަރުދަން އިތުރުވުމާއި މުސްކުޅިވުން

ދިރާސާވެރިން ބަޔާންކުރާ ގޮތުގައި، މި ހޯދުންތަކުން އެނގެނީ ނިދި މަދުވާ މިންވަރު ކުޑަނަމަވެސް، އެކަން ދިގު މުއްދަތަކަށް ދެމިގެންދާނަމަ، މާބޮޑަށް ބަރުދަން އިތުރުވުމުގެ ނުރައްކާ އޮތް ކަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top