ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ކިވީ ސްމޫތީ – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 10 މިނެޓު
🍽️ މި ރެސިޕީއިން ތައްޔާރުކުރެވޭނީ: 2 ތަށި

🛒 ބޭނުންވާ ތަކެތި:

2 ތަށި ކިރު (އާދައިގެ ކިރު ނުވަތަ ޑެއިރީ-ފްރީ ކިރު)
1 ތަށި ޕްލެއިން ޔޯގަޓް (އާދައިގެ ޔޯގަޓް ނުވަތަ ޑެއިރީ-ފްރީ ޔޯގަޓް)
2 ތަށި ބޭބީ ސްޕިނެޗް
4 ކިވީ (ތޮށި މަށާފައި)
1 ވައް ދޮންކެޔޮ (މެދު ސައިޒު)
2 މޭޒުމަތީ ސަމުސާ ޗިއާ ސީޑްސް

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ބްލެންޑަރަށް ކިރު، ޔޯގަޓް، ސްޕިނެޗް، ކިވީ އަދި ދޮންކެޔޮ އެޅުމަށްފަހު ރަނގަޅަށް އޮމާންވަންދެން ގިރާލާށެވެ.

2 – ތައްޔާރުކުރި ސްމޫތީ ތަށްޓަކަށް ނުވަތަ ބިއްލޫރި ފުޅިއަކަށް އަޅާށެވެ. ތަށްޓަކަށް އަޅާނަމަ ޗިއާ ސީޑްސް އެޅުމަށްފަހު ސަމުސަލަކުން އެއްކޮށްލާށެވެ. ފުޅިއަކަށް އަޅާނަމަ ޗިއާ ސީޑްސް އެޅުމަށްފަހު މަތިޖަހައި ރަނގަޅަށް ހަލުވާލާށެވެ. ޗިއާ ސީޑްސްތައް މަޑުވަންދެން 3 އާއި 5 މިނެޓާ ދެމެދު ބެހެއްޓުމަށްފަހު، ބުއިމުގެ ކުރިން އަނެއްކާވެސް އެއްކޮށްލާށެވެ.

އިރުޝާދެއް:

އާންމުކޮށް ޗިއާ ސީޑްސް އެއްކުރަނީ ހުރިހާ އެއްޗެއް ބްލެންޑް ކުރުމަށްފަހުގައެވެ. ނަމަވެސް ބޭނުންނަމަ އެހެން ތަކެއްޗާއެކު ބްލެންޑަރުން ގިރާލެވިދާނެއެވެ. މިއީ މުޅިންވެސް ތިބާ އިސްކަންދޭ ގޮތަކަށް ކުރެވިދާނެ ކަމެކެވެ.

މިވެސް ކިޔާލަން:  ފަސޭހަ މީރު ކްރޭޕްސް - މުނިއަވަސް ރަހަފަތް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top