ދީނީ ސުވާލެއް އޮތީތަ؟
މުނިފޫހިފިލުވުން
ސުބާ ސެ ލޭކަރް ޝާމް ތަކް – ދިމާނަ
މުނިއަވަސް ގްރެފިކްސް

ނުވަދިހައިގެ އަހަރުތަކުގެ ހިންދީ ލޯބީގެ ލަވަތަކަށް ލޯބިކުރާ ފަރާތްތަކަށް މި ލަވައަކީ ވަރަށް ކަމުދާނެ ލަވައެކެވެ. 1994 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު “މޮހްރާ” ގެ “ސުބާ ސެ ލޭކަރް ޝާމް ތަކް” އަކީ އެ އަހަރު ނުކުތް ލޯބީގެ ލަވަތަކުން އެންމެ ފާހަގަކޮށްލެވޭ އެއް ލަވައެވެ.

އުދިތު ނާރަޔަން އާއި ސާދުނާ ސަރްގަމްގެ ހިތްގައިމު އަޑުން އިވިގެންދާ މި ލަވައަކީ އާނަންދު ބަކްޝީގެ ޅެންވެރިކަމާއި ވިޖޫ ޝާހްގެ ފުރިހަމަ މިއުޒިކުން ފައްކާކޮށްފައިވާ ލަވައެކެވެ. ދެ ލޯބިވެރިންގެ ހިތުގައި އެކަކު އަނެކަކަށް އޮތް ލޯތްބާއި އެދޭ އެދުންތަކެއް ކިޔައިދޭ މި ލަވައިން ފެނިގެންދަނީ ފިލްމުގެ މައިގަނޑު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ރަވީނާ ޓަންޑަން އެވެ.

ލަވައިގައި ބުނެދޭ ވާހަކަތައް މި ދެ ތަރިންގެ އެކްޓިންއާއި ވަރުގަދަ ކެމިސްޓްރީގެ ސަބަބުން ވަރަށް ފުރިހަމައަށް ލަވައިން ފެނިގެންދެއެވެ.

ހިންދީ ލަވަ އާއި ދިވެހި މާނަ

ސުބާ ސެ ލޭކަރް ޝާމް ތަކް، ޝާމް ސެ ލޭކަރް ރާތު ތަކް

ހެނދުނުން ފެށިގެން ހަވީރާ ހަމައަށް، ހަވީރުން ފެށިގެން ރޭގަނޑާ ހަމައަށް

ސުބާ ސެ ލޭކަރް ޝާމް ތަކް، ޝާމް ސެ ލޭކަރް ރާތު ތަކް

ހެނދުނުން ފެށިގެން ހަވީރާ ހަމައަށް، ހަވީރުން ފެށިގެން ރޭގަނޑާ ހަމައަށް

ރާތު ސެ ލޭކަރް ސުބްހާ ތަކް، ސުބްހާ ސެ ޕިރް ޝާމް ތަކް

ރޭގަނޑުން ފެށިގެން ހެނދުނާ ހަމައަށް، އަދި ހެނދުނުން ފެށިގެން އަލުން ހަވީރާ ހަމައަށް

މިވެސް ކިޔާލަން:  ނޯރާ ފަތޭހީ ސުކޭޝް ޗަންދުރަޝޭކަރްގެ މައްސަލައިގައި

މުޖޭ ޕިޔާރް ކަރޯ، މުޖޭ ޕިޔާރް ކަރޯ، އޯ މުޖޭ ޕިޔާރް ކަރޯ، މުޖޭ ޕިޔާރް ކަރޯ

އަހަރެންދެކެ ލޯބިވާށެވެ. އަހަރެންދެކެ ލޯބިވާށެވެ. އަހަރެންދެކެ ލޯބިވާށެވެ. އަހަރެންދެކެ ލޯބިވާށެވެ.

އޯ ޝެހެރް ސެ ލޭކަރް ގާއޯ ތަކް، ދޫޕް ސެ ލޭކަރް ޗާވް ތަކް

ސިޓީތަކުން ފެށިގެން އަވަށްތަކާ ހަމައަށް، އަވިން ފެށިގެން ހިޔަލާ ހަމައަށް

ޝެހެރް ސެ ލޭކަރް ގާއޯ ތަކް، ދޫޕް ސެ ލޭކަރް ޗާވް ތަކް

ސިޓީތަކުން ފެށިގެން އަވަށްތަކާ ހަމައަށް، އަވިން ފެށިގެން ހިޔަލާ ހަމައަށް

ސަރް ސޭ ލޭކަރް ޕާއޯ ތަކް، ދިލް ކީ ސަބީ ވަފާއޯ ތަކް

ބޮލުން ފެށިގެން ފައިތިލައާ ހަމައަށް، ހިތުގެ ހުރިހާ ވަފާތެރިކަމަކާއެކު

މުޖޭ ޕިޔާރް ކަރޯ، މުޖޭ ޕިޔާރް ކަރޯ، އޯ މުޖޭ ޕިޔާރް ކަރޯ، މުޖޭ ޕިޔާރް ކަރޯ

އަހަރެންދެކެ ލޯބިވާށެވެ. އަހަރެންދެކެ ލޯބިވާށެވެ. އަހަރެންދެކެ ލޯބިވާށެވެ. އަހަރެންދެކެ ލޯބިވާށެވެ.

*****

އޯރް ޕިޔާ ކުޗް ބީ ކަރްލޯ، ލޭކިން ރަކްނާ ޔާދު

ލޯބިވާއެވެ. ކޮންމެ ކަމެއް ކުރިޔަސް މިކަން ހަނދާން ބަހައްޓާށެވެ.

އޯރް ޕިޔާ ކުޗް ބީ ކަރްލޯ، ލޭކިން ރަކްނާ ޔާދު

ލޯބިވާއެވެ. ކޮންމެ ކަމެއް ކުރިޔަސް މިކަން ހަނދާން ބަހައްޓާށެވެ.

ކުޗް ޝާދީ ސޭ ޕެހެލޭ، ކުޗް ޝާދީ ކޭ ބާދު

ބައެއް ކަންކަން ކައިވެނީގެ ކުރިން، އަދި ބައެއް ކަންކަން ކައިވެނީގެ ފަހުންނެވެ.

ޕިޔާރު މޭ އަބް އިތުނީ ޝަރްތޭން، ކޯން ކަރޭގާ ޔާދު

މިވެސް ކިޔާލަން:  ކާޖޮލްގެ އާ ފިލްމަކީ "ސަލާމް ވެންކީ"

ލޯބީގައި މިހާ ގިނަ ޝަރުތުތަކެއް ހަނދާން ބަހައްޓާނީ ކާކު ހެއްޔެވެ؟

ކިޔާ ޝާދީ ސޭ ޕެހެލޭ، ކިޔާ ޝާދީ ކޭ ބާދު

ކައިވެނީގެ ކުރިން ވިޔަސް އަދި ކައިވެނީގެ ފަހުން ވިޔަސް ތަފާތެއް ނެތެވެ.

ހޯ ޕާސް ސެ ލޭކަރް ދޫރް ތަކް، ދޫރް ސެ ލޭކަރް ޕާސް ތަކް

ކައިރިން ފެށިގެން ދުރާ ހަމައަށް، ދުރުން ފެށިގެން ކައިރިއާ ހަމައަށް

އިން ހޯޓޯން ކީ ޕިޔާސް ތަކް، ދަރްތީ ސޭ އާކާޝް ތަކް

މި ތުންފަތުގެ ކެތްތެރިކަން ކުޑަވުމާ ހަމައަށް، ބިމުން ފެށިގެން އުޑާ ހަމައަށް

މުޖޭ ޕިޔާރް ކަރޯ، މުޖޭ ޕިޔާރް ކަރޯ، އޯ މުޖޭ ޕިޔާރް ކަރޯ، މުޖޭ ޕިޔާރް ކަރޯ

އަހަރެންދެކެ ލޯބިވާށެވެ. އަހަރެންދެކެ ލޯބިވާށެވެ. އަހަރެންދެކެ ލޯބިވާށެވެ. އަހަރެންދެކެ ލޯބިވާށެވެ.

*****

އޭސޭ ކޭސޭ ހޯ ސަކްތާ ހޭ ޕޫރާ ޕޫރާ ޕިޔާރް

މިހެން ލޯބި ފުރިހަމަވާނީ ކިހިނެއް ހެއްޔެވެ؟

އޭސޭ ކޭސޭ ހޯ ސަކްތާ ހޭ ޕޫރާ ޕޫރާ ޕިޔާރް

މިހެން ލޯބި ފުރިހަމަވާނީ ކިހިނެއް ހެއްޔެވެ؟

ޔާ ކުލްކޭ އިކްރާރް ކަރޯ ތުމް، ޔާ ކުލްކޭ އިންކާރު

ނޫނީ ފާޅުގައި އެއްބަސްވާށެވެ. ނޫނީ ފާޅުގައި އިންކާރު ކުރާށެވެ.

އޯ މޭރޭ ގަލޭ މޭ ޑާލްކޭ ބާހޭން، ކަރްލޯ ބާތޭން ޗާރް

މަގޭ ކަރުގައި އަތްއަޅުވައިލައިގެން ހުރެ ބައެއް ވާހަކަ ދައްކާށެވެ.

އިސްކޭ އާގޭ ކަރްނަ ޕަޅޭގާ ތުމްކޯ އިންތެޒާރް

އެއީ މީގެ ފަހުން ކަލާ ޖެހޭނީ އިންތިޒާރު ކުރާށެވެ.

މިވެސް ކިޔާލަން:  ޑާކްރެއިންގެ "ގުޅުން" މީޑިއާނެޓަށް!

ސާގަރް ކޭ އިސް އާރް ސޭ، ސާގަރް ކޭ އުސް ޕާރް ތަކް

ކަނޑުގެ މިފަރާތުން ފެށިގެން، ކަނޑުގެ އެފަރާތާ ހަމައަށް

ނަޒްރޯން ކީ ދީވާރް ތަކް، ޕިޔާރް ސެ ލޭކަރް ޕިޔާރް ތަކް

ލޮލުގެ ފެނުމުގެ އިންތަކާ ހަމައަށް، ލޯބިން ފެށިގެން ލޯތްބާ ހަމައަށް

މުޖޭ ޕިޔާރް ކަރޯ، މުޖޭ ޕިޔާރް ކަރޯ، އޯ މުޖޭ ޕިޔާރް ކަރޯ، މުޖޭ ޕިޔާރް ކަރޯ

އަހަރެންދެކެ ލޯބިވާށެވެ. އަހަރެންދެކެ ލޯބިވާށެވެ. އަހަރެންދެކެ ލޯބިވާށެވެ. އަހަރެންދެކެ ލޯބިވާށެވެ.

ސުބާ ސެ ލޭކަރް ޝާމް ތަކް، ޝާމް ސެ ލޭކަރް ރާތު ތަކް

ހެނދުނުން ފެށިގެން ހަވީރާ ހަމައަށް، ހަވީރުން ފެށިގެން ރޭގަނޑާ ހަމައަށް

ރާތު ސެ ލޭކަރް ސުބްހާ ތަކް، ސުބްހާ ސެ ޕިރް ޝާމް ތަކް

ރޭގަނޑުން ފެށިގެން ހެނދުނާ ހަމައަށް، އަދި ހެނދުނުން ފެށިގެން އަލުން ހަވީރާ ހަމައަށް

މުޖޭ ޕިޔާރް ކަރޯ، މުޖޭ ޕިޔާރް ކަރޯ، އޯ މުޖޭ ޕިޔާރް ކަރޯ، މުޖޭ ޕިޔާރް ކަރޯ

އަހަރެންދެކެ ލޯބިވާށެވެ. އަހަރެންދެކެ ލޯބިވާށެވެ. އަހަރެންދެކެ ލޯބިވާށެވެ. އަހަރެންދެކެ ލޯބިވާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top