ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދެވި” ފިލްމުގެ ލަވަތަކަށްވެސް ދެވިހިފާނެ!

“ދެވި” ފިލްމުގެ އޮންލައިން ބުކިން ހަދާލުމަށް 7424544

– ފިލްމު ރިލީޒްކުރަނީ 26 ސެޕްޓެމްބަރު 2026 ގައި

ދިވެހި ފިލްމު ބެލުންތެރިން މިވަގުތު އެންމެ ބޮޑަށް އިންތިޒާރުކުރަމުން އަންނަ ލޯބީގެ، ބިރުވެރި ފިލްމު “ދެވި”ގެ ހިތްގައިމު ލަވަތައް އާންމުންނަށް ދޫކޮށްލައިފިއެވެ. ޔާރާ ޕްރޮޑަކްޝަންސް އިން އާންމުކޮށްފައިވާ މި ފިލްމުގެ ޕްލޭލިސްޓަކީ ހަމަ ކޮންމެ ލަވައަކަށްވެސް އަޑުއަހުންތެރިންގެ “ދެވިހިފާނެ” ފަދަ ފުރިހަމަ މަސައްކަތްތަކެކެވެ.

ފިލްމުގެ ޕްލޭލިސްޓުގައި ހިމެނޭ ލަވަތަކުގެ ތަފްސީލު:

1. ހުވަފެނެއްގާ


އަވަސް، ހިތްގައިމު ބީޓަކަށް ތައްޔާރުކޮށްފައިވާ މި ލަވައިގެ ޅެމާއި ރާގު ހަދާފައިވަނީ ރާއްޖޭގެ މަޝްހޫރު މިއުޒީޝަން މުޙައްމަދު ޢަބްދުލްޣަނީ (ތޭރަވާ) އެވެ. މި ލަވަ ކިޔާފައިވަނީ މުޙައްމަދު ޢަބްދުލްޣަނީ އާއި އިކްރާމް މުޙައްމަދެވެ. ލަވައިގެ މިއުޒިކް، ރެކޯޑިންގ އަދި މިކްސިންގ ހަދާފައިވަނީ ހުނަރުވެރި މިއުޒިކް ޑައިރެކްޓަރު ޙުސައިން ތަޢުފީޤެވެ.

2. ޖަޒުބާތު

ޢަބްދުﷲ މުޢާޒްގެ ޅެމަކަށް ތައްޔާރުކޮށްފައިވާ “ޖަޒުބާތު” މި ލަވައިގެ ޕްރޮޑަކްޝަން އަދި އެރޭންޖްމަންޓްސް ހެދީވެސް މުޢާޒެވެ. މި ލަވަކިޔައިދީފައިވަނީ އިކްރާމް މުޙައްމަދާއި އާމިނަތު ރާޔާއެވެ. އަޙްމަދު އިމްތިޔާޒް ރެކޯޑިންގ ހެދި މި ލަވައިގެ މިކްސިންގ އަދި މާސްޓަރިންގ ހަދާފައިވަނީ މުޙައްމަދު ފައިޞަލް އެވެ.

3. ފުންހާ ލޯބި


މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ ނައިފަރު ދޮހޮއްކޮގެ އަސްލު ލަވައެއްގެ މައްޗަށް ބިނާކޮށް އަލުން ތައްޔާރުކޮށްފައިވާ ލަވައެކެވެ. އިތުރު ޅެމާއި ރާގު މުޙައްމަދު ޢަބްދުލްޣަނީ ހަދާފައިވާ މި ލަވަ ކިޔާފައިވަނީ ކުޅަދާނަ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާއެވެ. ހުސައިން ތަޢުފީޤް އަލުން މިއުޒިކް އެކުލަވާލައި، ރެކޯޑްކޮށް މިކްސް ހެދި މި ލަވައިގެ މާސްޓަރިންގ ހެދީ މުޙައްމަދު ފައިޞަލް އެވެ.

މިވެސް ކިޔާލަން:  ޑާކްރެއިން ސްޓޫޑިއޯ ފަޅާލައި ބައެއް ތަކެތި ވަގަށްނަގައިފި

4. ދެވި ހިފާނެ (ފިރިހެން ވާޝަން)


ފިލްމުގެ ޓައިޓަލް މި ލަވައިގެ ޅެމާއި ޕްރޮޑަކްޝަން އަދި އެރޭންޖްމަންޓްސް ހަދާފައިވަނީ ޢަބްދުﷲ މުޢާޒެވެ. ލަވަ ކިޔާފައިވަނީ މުޙައްމަދު މައިސާން (ބޮކިޓޯސް) އެވެ. އަޙްމަދު އިމްތިޔާޒް ރެކޯޑްކުރި މި ލަވައިގެ މިކްސިންގ އަދި މާސްޓަރިންގ ހެދީ މުޙައްމަދު ފައިޞަލް އެވެ.

5. ދެވި ހިފާނެ (އަންހެން ވާޝަން)


މި ވާޝަންގެ ޅެމާއި ޕްރޮޑަކްޝަން، އަދި އެރޭންޖްމަންޓްސް ޢަބްދުﷲ މުޢާޒް ތައްޔާރުކޮށްފައިވާއިރު، ލަވަ ކިޔާފައިވަނީ މަރިޔަމް އަޝްފާއެވެ. ރެކޯޑިންގ އަޙްމަދު އިމްތިޔާޒް ހަދާފައިވާއިރު، މިކްސިންގ އަދި މާސްޓަރިންގ ހެދީ މުޙައްމަދު ފައިޞަލް އެވެ.

6. ދެވި ޕްރޮމޯޝަނަލް ލަވަ


ފިލްމު ޕްރޮމޯޓްކުރުމަށް ހަދާފައިވާ މި ލަވައިގެ ޅެމާއި ޕްރޮޑަކްޝަން އަދި އެރޭންޖްމަންޓްސް ހެދީ ޢަބްދުﷲ މުޢާޒެވެ. ލަވަ ކިޔާފައިވަނީ ލަމްހާ ލަތީފް، ފާލިޙް އާދަމް އަދި މުޙައްމަދު މައިސާން (ބޮކިޓޯސް) އެވެ. މި ލަވައިގެ ރެކޯޑިންގ އަޙްމަދު އިމްތިޔާޒް ހެދިއިރު، މިކްސިންގ އަދި މާސްޓަރިންގ ހެދީ މުޙައްމަދު ފައިޞަލް އެވެ.

“ދެވި”ގެ މި ލަވަތަކަށް ބެލުންތެރިންނާއި އަޑުއަހުންތެރިންގެ ފަރާތުން މިހާރުވެސް ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު، މި ލަވަތަކާއެކު ފިލްމަށް ކުރެވޭ އިންތިޒާރު މިވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ.

މަރިޔަމް އައްޒަ ޕްރޮޑިއުސްކޮށް ސޭންޑީ ޑައިރެކްޓްކޯށްފައިވާ “ދެވި” ފިލްމުގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ގިނަ ތަރިންތަކެއް ހަރަކާތްތެރިވެއެވެ. އޭގެ ތެރޭގައި މަރިޔަމް އައްޒަގެ އިތުރުން ޝަރަފް ޢަބްދުﷲ، އަލަށް ތައާރަފުވާ ހަމްދާން ސަލީމް، މުޙައްމަދު މަނިކް، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަޙްމަދު ނިމާލް، އަޙްމަދު ސަޢީދު، ރިޝްމީ ރަމީޒް، އާމިރާ އިސްމާޢީލް، އާމިނަތު ރަޝީދާ (އައިންތު)، އަޙްމަދު ރިޝްވާން، އަޙްމަދު އީސަ (އާނަންދު)، ޢާއިޝަތު ރާއިޝާ އަދި މަލީހާ ވަލީދް (މަލް) ހިމެނެއެވެ.

މިވެސް ކިޔާލަން:  ރާޔާގެ ޗެނަލް ލޯންޗްކޮށްފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top