ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޭތަން އަގަރްވާލްގެ މަރުގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

މިއަހަރުގެ ޖޫން މަހު ޕޫނޭގެ ލޯހަގަޅް ކިއްލާގައި ހިނގި ރިއަލް އެސްޓޭޓް ވިޔަފާރިވެރިޔާ ކޭތަން އަގަރްވާލްގެ މަރުގެ މައްސަލައާ ގުޅިގެން 22 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި ކަމަށް އޮފިޝަލުން ހޮނިހިރު ދުވަހު ހާމަކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ  ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ މި މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ، ކޭތަންގެ ފިއަންސޭ ސިއާ ގޯޔަލްގެ ލޯބިވެރިޔާ ކަމަށް ބުނާ ޗޭތަން ޗައުދަރީގެ އެކުވެރިއެކެވެ.

މިއީ ޗައުދަރީ އާއި ގޯޔަލްގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރި ތިންވަނަ މީހާއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ގޯޔަލް (20 އ.) އާއި ޗައުދަރީ (22 އ.) ވެގެން ޖޫން 18 ވަނަ ދުވަހު ކޭތަން ލޯހަގަޅް ކިއްލާގެ އުސް ފަރުބަދައަކުން ވައްޓާލައި މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

“ތަހުގީގުގެ ތެރެއިން އެނގިފައިވާ ގޮތުގައި، ކޭތަން އަގަރްވާލް މަރާލުމަށް ރޭވި ރޭވުންތަކުގައި ރިތޭޝްގެ ބައިވެރިވުން އޮތްކަން ވަނީ ހާމަވެފައި،” ޕޫނޭ ރޫރަލް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސަންދީޕް ސިންގް ގިލް ވިދާޅުވިއެވެ.

ރިތޭޝް ހަންގޭ ހައްޔަރުކޮށްފައިވަނީ މި މަރުގެ ޖަރީމާ ހިންގުމަށް ބައިވެރިންނާ ގުޅިގެން ރޭވިކަމުގެ ތުހުމަތުގައެވެ. ފުލުހުންގެ އިތުރު އޮފިސަރަކު ވިދާޅުވި ގޮތުގައި، ޗައުދަރީ އާއި ގޯޔަލްއާ ގުޅިގެން ކޭތަން މަރާލުމުގެ ރޭވުންތައް ރޭވުމުގައި ރިތޭޝް ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

ފުލުހުންގެ އޮފިސަރު ހާމަކުރެއްވި ގޮތުގައި، ކޭތަންގެ އަތްފައި ބިންދާލައި ޒަޚަމްކޮށްލުމަށްފަހު އޭނާ މަރާލުމަށް ގޯޔަލް އާއި ޗައުދަރީ ކުރިން ރާވާފައިވާ ރޭވުން ރިތޭޝްއަށް އެނގެއެވެ. އަދި ޖޫން 18 ވަނަ ދުވަހު ލޯހަގަޅް ކިއްލާގައި ކޭތަން މަރާލުމަށްފަހު، ޗޭތަން ވަނީ ރިތޭޝްއަށް ގުޅައި އެކަން އަންގާފައި ކަމަށް ތުހުމަތު ކުރެވެއެވެ.

މިވެސް ކިޔާލަން:  ލޯބިވެރިޔާ ފަރުބަދަމަތިން ވައްޓާލައި މަރާލި ހާދިސާ

ފުލުހުން ބުނި ގޮތުގައި، އަގަރްވާލް އާއި ގޯޔަލް މިދިޔަ ފެބުރުވަރީ މަހު އެންގޭޖްވެފައިވީ ނަމަވެސް، ގޯޔަލް އާއި ޗައުދަރީއާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް ތުހުމަތު ކުރެވެއެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި، ގޯޔަލް އާއި ޗައުދަރީގެ ގުޅުމަށް އަގަރްވާލް ހުރަހަކަށް ވާތީ، އޭނާ މަރާލުމަށް އެ ދެމީހުން ރޭވީއެވެ. މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top