ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ސްޓްރޯބެރީ ލެމަނޭޑް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 20 މިނެޓް
🍽️މި މިންވަރުން ތައްޔާރުކުރެވޭނީ: 6 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

1 ޕައުންޑް ތާޒާ ސްޓްރޯބެރީ (ތަނޑާއި ފަތްކޮޅު ނައްޓާލާފައި)
1 ½ ޖޯޑު ތާޒާ ލުނބޯ ހުތް (ގާތްގަނޑަކަށް 6 ބޮޑު ލުނބޯ)
½ ޖޯޑު މާމުއި
5 ޖޯޑު ފިނި ފެން
ލުނބޯ ފޮތި (ގާނިޝް ކުރުމަށް)

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ބްލެންޑަރަށް ސްޓްރޯބެރީ، މާމުއި އަދި 1 ޖޯޑު ފެން އެޅުމަށްފަހު، ރަނގަޅަށް އޮމާންވަންދެން 2 ނުވަތަ 3 މިނެޓް ވަންދެން ބްލެންޑް ކުރާށެވެ.

2 – ބްލެންޑް ކުރި މިކްސްޗަރު ޖަގަކަށް އެޅުމަށްފަހު، އޭގެ ތެރެއަށް ލުނބޯ ހުތާއި ބާކީ ހުރި 4 ޖޯޑު ފެން އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. މަތީގައި ކުޑަކޮށް ފޮނު ހުރި ނަމަވެސް، އިރުކޮޅަކުން އެ ފޮނުތައް މައިތިރިވާނެއެވެ. ނުވަތަ ބޭނުންނަމަ މަތީގައި ހުރި ފޮނުކޮޅު ނަގައި ފޮޅާލެވިދާނެއެވެ.

3 – ތަށްޓަކަށް އައިސް ކިއުބް އެޅުމަށްފަހު، މި ތާޒާ ސްޓްރޯބެރީ ލެމަނޭޑްގެ ފުރިހަމަ ރަހަ ލިބިގަންނާށެވެ.

އިތުރު މަޢުލޫމާތު:

މި ބުއިން އައިސްއަލަމާރީގައި 3 ނުވަތަ 4 ދުވަހުގެ މުއްދަތަށް ބެހެއްޓިދާނެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top