އިންޑިއާގެ އެންމެ މަޤުބޫލު އަދި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ރިއަލިޓީ ޝޯވ “ބިގް ބޮސް” ގެ 20 ވަނަ ސީޒަން ކުލަގަދަ ގްރޭންޑް ޕްރިމިއާ އަކާއެކު ރަސްމީކޮށް ފަށައިފިއެވެ. ވޭތުވެދިޔަ 17 ސީޒަނުން ފެށިގެން ހުށަހަޅަމުން އަންނަ މަޝްހޫރު ބޮލީވުޑް ތަރި ސަލްމާން ޚާން ވަނީ މި ސީޒަނުގައި ވާދަކުރާ 17 ބައިވެރިން ބެލުންތެރިންނަށް ތައާރަފުކޮށްދީފައެވެ.
މި ފަހަރުގެ ސީޒަނުގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކެއް ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އިންޑިއާގެ މަޝްހޫރު ބޮކްސިންގ ތަރި އެމްސީ މޭރީ ކޮމް އެވެ. ކުޅިވަރުގެ ދާއިރާއިން ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު، މޭރީ ކޮމް މި ޝޯގައި ބައިވެރިވުމަކީ އޭނާގެ ހަޔާތުގައި އެޅި ތަފާތު ފިޔަވަޅެކެވެ. މީގެ އިތުރުން ޓީވީ ދާއިރާގެ މަޝްހޫރު ތަރިންނާއި، ސޯޝަލް މީޑިއާ އިންފްލުއެންސަރުން އަދި ފިލްމީ ތަރިން ވެސް މި ލިސްޓުގައި ހިމެނެއެވެ.
ބިގް ބޮސް 20 ގެ ގެއަށް އެންމެ ފުރަތަމަ ވަދެފައިވަނީ ހަރިޔާނާއަށް ނިސްބަތްވާ މަޝްހޫރު ޓީވީ އެކްޓްރެސް ކަނީކާ މާން އެވެ. އަދި ވެބް ސީރީޒް “ޕަންޗާޔަތު” އިން ބޮޑު މަޤުބޫލުކަމެއް ހޯދި އާސިފް ޚާން އާއި، މަޝްހޫރު ޓީވީ ތަރި މާހީ ވިޖް އަދި ބޯޖްޕޫރީ ސިނަމާގެ ތަރި އާމްރަޕާލީ ދުބޭ ވެސް ވަނީ މި ޝޯވގައި ބައިވެރިވެފައެވެ.
މި ސީޒަނުގައި ވާދަކުރާ 17 ބައިވެރިންގެ ފުރިހަމަ ލިސްޓު:
1 – އެމްސީ މޭރީ ކޮމް
2 – އާމްރަޕާލީ ދުބޭ
3 – އުދިތީ ސިންގް
4 – އަރިޝްފާ ޚާން
5 – އަމަން ގާންދީ
6 – ގާޒީ އަހްމަދު ތައުޤީރު
7 – ހަރްޝް މަޗާރޭ (ޔަންގް ޑީއެސްއޭ)
8 – ކުޝާލް ތަންވަރު (ގުއްލޫ)
9 – ރިޔާ ޔާދަވް
10 – ލަވް ގިލް
11 – ރޮހެދް ޚާން
12 – އިޝާ ރިކީ
13 – މާހީ ވިޖް
14 – އާސިފް ޚާން
15 – ރިތީ ތިވާރީ
16 – ކަނީކާ މާން
17 – ތަންމޭ ސިންގް (ސްކައުޓްއޯޕީ)
މި ޝޯވ ކޮންމެ ދުވަހަކު ވެސް ޖިއޯ ހޮޓްސްޓާ މެދުވެރިކޮށް ރޭގަނޑު 9:00 ގައި ސްޓްރީމް ކުރަމުންދާނެއެވެ. އަދި ކަލާސް ޓީވީން ކޮންމެ ރެއަކު 10:30 ގައި މި ޝޯވ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ސަލްމާން ޚާންގެ މަޖާ އަދި ޖޯޝުން ފުރިގެންވާ ހުށަހެޅުމާއެކު ފެށުނު މި ސީޒަނަކީ ފޯރިގަދަ ސީޒަނަކަށް ވާނެ ކަމަށް ބެލެވެއެވެ.
