ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލ. ގަން ފެށީ ވެސް މޮޅަކުން
މެޗުގެ މޮޅު ކުޅުންތެރިޔާ ހުސައިން ޝަރީފް / އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިފް ـ އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ލ. އަތޮޅުގެ ފެށުން މޮޅަކުން ގަން ފަށައިފި އެވެ. ލ. ގަމުގައި ބާއްވާ ލ. އަތޮޅު މުބާރާތުގައި ބައިވެރިވެފައިވަނީ ތިން ރަށުން ނެވެ. އެއީ ގަމާއި ފޮނަދޫ އަދި އިސްދޫ އެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ލީގު އުސޫލުން ބައްދަލުކޮށް، އެއްވަނަ ހޯދާ ޓީމާއި ދެވަނަ ހޯދާ ޓީމު ފައިނަލަށް ދާގޮތަށް ރާވާލެވިފައިވާ މި އަތޮޅުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގަމާއި ފޮނަދޫ އެވެ. ފުޓްސަލް ތަރިން ގިނަ ގަމުން މި މެޗު ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ތަފާތު ބޮޑު ނަތީޖާއަކުން ނެވެ.

ޑިފެންސަށް ބޮޑު ސަމާލުކަމެއް ދީގެން ކުޅުނު ފޮނަދޫން ވަނީ ފުރަތަމަ ހާފުގެ ތޭރަވަނަ މިނިޓާއި ހަމައަށް ރަނގަޅު ކުޅުމެއް ދައްކައި ގަމުގެ ހަމަލާތައް ދިފާއުކުރުމުގައި ކާމިޔާބު ހޯދާފަ އެވެ.

ގިނަ ފުރުސަތުތަކެއް ގަމުން ތަނަވަސްކުރި މި މެޗުގެ ފުރަތަމަ ލަނޑު އެ ޓީމުން ޖެހީ 12 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ހަލީމް (އަންމަޑޭ) އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ހުސައިން ޝަރީފް (އޮންލީ) ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޯލު ކައިރީ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނެވެ.

ނަތީޖާ ހަމަހަމަކުރުމަށް ފޮނަދޫން މަސައްކަތްކުރަމުން ދަނިކޮށް، ގަމުން އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ކީޕަރު ކައިރިން ހިއްލާލައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ޖަހައި ދިނީ ހަސަން ޝިހުބާން އެވެ.

މިވެސް ކިޔާލަން:  ދިވެހިރާއްޖެ ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ގަމެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ގަމުން ތަނަވަސްކުރިއިރު، އެ ޓީމުގެ ހަމަލާތައް ހުއްޓުވުމުގައި މި ހާފުގެ ކުރީކޮޅު ފޮނަދޫން ރަނގަޅު ކާމިޔާބެއް ހޯދި އެވެ. ދެވަނަ ހާފުގެ ފަހުކޮޅު ގަމުން ލީޑު ފުޅާކުރިއިރު، މި ހާފުގައި ލަނޑެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފޮނަދޫއަށެވެ. ވަންޓުވަން ފުރުސަތެއްގައި ފޮނަދޫން ފޮނުވާލަން މަސައްކަތްކުރި ބޯޅަ ގަމު ކީޕަރު ހުއްޓުވި ނަމަވެސް، 16 ވަނަ މިނިޓްގައި ލިބުނު މި ފަދަ ފުރުސަތު އެ ޓީމަށް ހުއްޓުވޭ ގޮތެއް ނުވި އެވެ. ފޮނަދޫއަށް މި ލަނޑު ޖަހައިދިނީ ލޫތު ބިން ވަސީމް ޔޫސުފް އެވެ.

ފޮނަދޫން ލަނޑު ޖަހައި މާ ގިނައިރެއް ނުވަނީސް ގަމުން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިބްރާހިމް ނަސީހް އެވެ.

ގަމުން އެ ޓީމުގެ ލީޑު އިތުރަށް ފުޅާކުރީ މެޗުގެ އިތުރު ވަގުތުގައި ޝިޔާން ޝާފިއު އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަމު ޓީމުގެ ހުސައިން ޝަރީފް (އޮންލީ) އެވެ.

މި އަތޮޅުގެ މެޗެއް ދެން އޮންނާނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭ އެވެ. މި މެޗުގައި ބައްދަލު ކުރާނީ ގަމާއި އިސްދޫ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top