ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދްރިޝްޔަމް: ދަ ކޮންކްލޫޝަންގެ ޓްރެއިލާ ނެރެފި

– އަޖޭ ދޭވްގަން (ވިޖޭ ސަލްގާއޮންކަރް)އަށް ޖައިދީޕް އަހްލާވަތުގެ ފަރާތުން އާ ގޮންޖެހުންތަކެއް

ދްރިޝްޔަމްގެ އެންމެ ފަހު ބައި “ދްރިޝްޔަމް: ދަ ކޮންކްލޫޝަން” ގެ ޓްރެއިލާ އާންމުކޮށްފިއެވެ. މި ފިލްމުގައި އަޖޭ ދޭވްގަން ފެނިގެންދާނީ ވިޖޭ ސަލްގާއޮންކަރްގެ ރޯލުންނެވެ. މި ބައިގައި އަލަށް ތައާރަފްވާ ޖައިދީޕް އަހްލާވަތު ކުޅެނީ ވިޖޭގެ ސިއްރުތައް ހޯދުމަށް އަތްފުނާ އަޅަމުންދާ ކްރައިމް ބްރާންޗްގެ އެސް.ޕީ ރާޖްވީރު ސިންގް ތޯމަރްގެ ރޯލެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ދްރިޝްޔަމް ފްރެންޗައިޒްގެ ފަހު ބައިގެ ޓްރެއިލާ މިހާރު ވަނީ ރިލީޒްކޮށްފައެވެ. މި ފަހަރު ވިޖޭ ސަލްގާއޮންކަރްއާ ކުރިމަތިލާން ޖެހެނީ ވަރުގަދަ އަދި އެހާމެ އަޒުމް ވަރުގަދަ ފުލުހެއް ކަމަށްވާ ރާޖްވީރު ސިންގް ތޯމަރްއާއެވެ.

ދްރިޝްޔަމް 2 ގެ ހާދިސާތަކަށްފަހު، ވިޖޭ އޭނާގެ އާއިލާ ރައްކާތެރިކުރުމަށް ބިނާކުރި ދުނިޔެއަށް އަނެއްކާވެސް ނުރައްކާ ކުރިމަތިވަނީ، ރާޖްވީރު މި މައްސަލައާ ހަވާލުވެ ހަގީގަތް ހޯދަން މަސައްކަތް ފެށުމުންނެވެ. މި ފިލްމުގައި ޕްރަކާޝް ރާޖްގެ ފަރާތުން އިތުރު ފޯރިއެއް ފެނިގެންދާއިރު، ތާބޫ، ޝްރިޔާ ސަރަން އަދި ރަޖަތު ކަޕޫރު ވެސް އެނބުރި އަންނަނީ ކުރީގެ ރޯލުތަކުންނެވެ.

ކުރީގެ ފިލްމުތަކާ ހިލާފަށް، ދްރިޝްޔަމް 3 ބިނާވެފައިވަނީ މުޅިން އާ ވާހަކައެއްގެ މައްޗަށެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި ކުރީގެ ސިއްރުތައް އަލުން ފެންމަތިވެ، ވިޖޭއާއި އޭނާގެ އާއިލާއާ މެދު އާ ސުވާލުތަކެއް އުފެދެއެވެ. ރާޖްވީރު މި މައްސަލަ ހައްލުކުރުމަށް ހިފާފައިވާއިރު، ވިޖޭއަށް ޖެހެނީ އަނެއްކާވެސް ފުލުހުންނަށްވުރެ އެތައް ފިޔަވަޅެއް ކުރީގައި ހުރެގެން އަމިއްލަ ނަފްސު ދިފާއުކުރާށެވެ.

މިވެސް ކިޔާލަން:  "ގަންގޫބާއީ ކަތިއާވާޅީ" ގެ ޓްރެއިލަރ މިމަހު 04 ގައި

ފިލްމުގެ ޓްރެއިލާ ލޯންޗުކުރުމަށް ފިލްމުގެ ޓީމުން އިހްތިޔާރުކުރީ ގޯއާއެވެ. މިއީ ވިޖޭ ސަލްގާއޮންކަރްގެ ވާހަކައާ އެންމެ ބޮޑަށް ގުޅިފައިވާ މަންޒިލެވެ.

މި ހަފްލާގައި އަޖޭ ދޭވްގަން، ތާބޫ، ޝްރިޔާ ސަރަން، ރަޖަތު ކަޕޫރު، ޖައިދީޕް އަހްލާވަތު އަދި މްރިނާލް ޖާދަވްގެ އިތުރުން ޑައިރެކްޓަރު، ރައިޓަރު އަދި ޕްރޮޑިއުސަރު އަބީޝެކް ޕާތަކް ބައިވެރިވިއެވެ. މީގެ އިތުރުން ޕްރޮޑިއުސަރުން ކަމަށްވާ އާލޯކް ޖެއިން، އަޖީތު އަންދާރޭ އަދި ކުމާރު މަންގަޓް ވެސް ބައިވެރިވިއެވެ.

ފިލްމުގެ ތަރިންނާއި ރިލީޒްކުރާ ތާރީހް:
އަބީޝެކް ޕާތަކް ޑައިރެކްޓްކޮށްފައިވާ “ދްރިޝްޔަމް: ދަ ކޮންކްލޫޝަން” ގައި ހިމެނޭ ތަރިންނަކީ އަޖޭ ދޭވްގަން، ތާބޫ، ޝްރިޔާ ސަރަން، ރަޖަތު ކަޕޫރު، ޖައިދީޕް އަހްލާވަތު އަދި ޕްރަކާޝް ރާޖްއެވެ. މީގެ އިތުރުން ކަމްލޭޝް ސާވަންތު، އިޝިތާ ދައްތާ އަދި މްރިނާލް ޖާދަވް ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އަބީޝެކް ޕާތަކް، އާމިލް ކިޔާން ޚާން އަދި ޕަރުވޭޒް ޝައިޚްއެވެ. ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އާލޯކް ޖެއިން، އަޖީތު އަންދާރޭ، ކުމާރު މަންގަޓް ޕާތަކް އަދި އަބީޝެކް ޕާތަކްއެވެ.

ސްޓާ ސްޓޫޑިއޯ 18 އާއި ޕެނޮރާމާ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ “ދްރިޝްޔަމް: ދަ ކޮންކްލޫޝަން” ސިނަމާތަކަށް އަންނާނީ 2 އޮކްޓޯބަރު 2026 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top