“ހުންކާރު – ދަ ރޯރ” ގެ ފޯރިގަދަ ޓްރެއިލަރު އާންމުވުމާއެކު، ފާތިމާ ސަނާ ޝައިޚަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ސަޕޯޓަރުންނާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުގެ ބޮޑު ލޯތްބެއް ފާތިމާއަށް ލިބެމުންދަނިކޮށް، ދުނިޔޭގެ ފެންވަރުގައި މަޤުބޫލު ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ތަޢުރީފުކޮށް، ފިލްމަށް އޮތް އުންމީދުތައް އިތުރުކޮށްދީފައެވެ.
ޕްރިޔަންކާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި މި ފިލްމުގެ ޓްރެއިލަރު ހިއްސާކޮށް، ފާތިމާގެ ހުނަރުވެރިކަމާ ގުޅޭގޮތުން ހިއްސާކޮށްފައެވެ. “މި ޝޯވގައި ކަލޭގެ ހުނަރު ވަރަށް ފުރިހަމަ!” ފާތިމާ ސަނާއަށް ޓެގްކޮށްފައި ޕްރިޔަންކާ ލިޔެފައިވެއެވެ. ޕްރިޔަންކާގެ މި ތަޢުރީފަށް ފާތިމާ ސަނާ ޝައިޚް ވަނީ ވަރަށް އުފަލާއެކު ޝުކުރު އަދާކޮށްފައެވެ. “މުޅި ދުނިޔެ އެއްކޮޅަށް، ޕްރިޔަންކާ އަހަރެމެންގެ ޝޯވއަށް ހިތްވަރުދިނުން މުޅިން ތަފާތު.” ފާތިމާ އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ. ކުރިއަށް އޮތް މި ބޮޑު ފިލްމުގައި ފާތިމާ ފެނިގެންދާނީ ވަރުގަދަ އަޒުމެއްގައި މަސައްކަތްކުރާ ފުލުސް އޮފިސަރެއްގެ ރޯލުންނެވެ. މިއީ ބެލުންތެރިން މިހާރުވެސް އެންމެ އިންތިޒާރު ކުރަމުންދާ އެއް ކަންތަކެވެ.
“ހުންކާރު – ދަ ރޯރ” އަކީ ބިރްލާ ސްޓޫޑިއޯސް އަދި އެޕްލޯސް އެންޓަޓެއިންމަންޓުން، ޕްރިޔަންކާ ޗޯޕްރާގެ ފިލްމު އުފައްދާ ކުންފުނި ކަމަށްވާ ޕާޕަލް ޕެބްލް ޕިކްޗާސް އާއި މަންގާޓާ ފިލްމްސްއާ ގުޅިގެން އުފައްދާ ކޯޓްރޫމް ޑްރާމާއެކެވެ. ކަރަން ޑީ ކަޕާޑިއާ އަދި ނިތިޔާ މެހެރާ ޑައިރެކްޓްކޮށްފައިވާ “ހުންކާރު – ދަ ރޯރ” ޖިއޯހޮޓްސްޓާ މެދުވެރިކޮށް ދައްކަން ފަށާނީ ސެޕްޓެމްބަރު 25 ގައެވެ.
