ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނަހޫގެ “މަޖުނޫން” ގެ ޕޯސްޓަރ އަދި ޓީސަރ ރިލީޒްކުރަން ތައްޔާރުވެއްޖެ
ފިލްމު "މަޖުނޫން"ގެ މަންޒަރެއްގައި ލީޑް ކާސްޓް ޝާރިފް އަދި ޝިފާ / ކްރިސްޓަލް އެންޓަޓެއިންމެންޓް

ދިވެހި ސިނަމާގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ޑައިރެކްޓަރު ފާޠުމަތު ނަހުލާ (ނަހޫ)ގެ ކްރިސްޓަލް އެންޓަޓެއިންމެންޓުން ގެނެސްދޭ އައު ފިލްމު “މަޖުނޫން” ގެ ރަސްމީ ޕޯސްޓަރާއި ޓީސަރ މި މަހުގެ 15 ވަނަ ދުވަހު ނެރުމަށް ތައްޔާރުވެއްޖެއެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރު 2026 ވާ އަންގާރަ ދުވަހުގެ ރޭ 08:45 ގައި ސޯލްޓް ކެފޭގައެވެ. މި ޚާއްޞަ އިވެންޓަށް ނޫސްވެރިންނާއި ފިލްމުގެ ޕްރޮޑަކްޝަން ޓީމު، ކާސްޓުންގެ އިތުރުން ދިވެހި ފިލްމީ ދާއިރާގެ އިސް ބައެއް ފަރާތްތަކަށް ވަނީ ދަޢުވަތު އަރުވާފައެވެ.

އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ އަޙްމަދު ޝާރިފް އަދި މަރިޔަމް ޝިފާއެވެ. މީގެ އިތުރުން ލާލި އަދި އެވްލީ ވެސް ފިލްމުގެ ލީޑް ކާސްޓުގައި ހިމެނެއެވެ. ފިލްމުގެ އެހެނިހެން މުހިންމު ރޯލުތަކުން ވާޝިޔާ މުޙައްމަދު، ޢަލީ އާޒިމް (ދޮން އައްޔަ) އަދި އަޙްމަދު އީސާ (އާނަންދު) ފެނިގެންދާނެއެވެ. ޕްރޮޑަކްޝަން ޓީމުން ބުނާ ގޮތުގައި، މި ފިލްމުގައި ވާޝިޔާ، ލާލި އަދި އެވްލީގެ ވަރަށް ވަރުގަދަ އަދި މުހިންމު ރޯލުތަކެއް ބެލުންތެރިންނަށް ފެނިގެންދާނެއެވެ.

ކްރިސްޓަލް އެންޓަޓެއިންމެންޓުން މަޢުލޫމާތު ދޭ ގޮތުގައި “މަޖުނޫން” އޮލިމްޕަސް ސިނަމާގައި ޕްރީމިއަރ ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ނަހުލާގެ ވާހަކަތަކާއި ފިލްމުތަކަކީ އަބަދުވެސް ދިވެހި ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ލިބި، ގިނަ ބައެއްގެ ތަރުޙީބު އޮންނަ އުފެއްދުންތަކަކަށް ވާތީ، “މަޖުނޫން” އަކީވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އަސަރުގަދަ އަދި ތަފާތު ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.

މިވެސް ކިޔާލަން:  "ސޮރީ" އޮތީ ކިހައި ހިސާބެއްގައިބާ؟
4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top