ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި މަޒްރާއީގެ އަމާޒަކީ ޤުރުއާން ހިތުދަސްކޮށް އިމާމަކަށްވުން

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ މޮރޮކޯގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ނުސައިރު މަޒްރާއީ ބުނި ގޮތުގައި، އޭނާގެ އެންމެ ބޮޑު އުންމީދަކީ ފުޓްބޯޅަ ކުޅުމުން ދުރުހެލިވެ، ކީރިތި ޤުރުއާން ހިތުދަސްކޮށް، މިސްކިތެއްގެ އިމާމަކަށް ވުމެވެ.

އުމުރުން 26 އަހަރުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ހާމަކުރި ގޮތުގައި، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލުމަކީ އެކަށީގެންވާ ކަމެކެވެ.

“ދިރިއުޅުމަކީ ކުރު އެއްޗެއް. ވޯލްޑް ކަޕަށް ފަހު އަހަރެން ފުޓްބޯޅައިން ރިޓަޔަރ ކޮށްފާނަން،” މަޒްރާއީ ބުންޏެވެ.

ކުޅިވަރުގެ ދާއިރާއިން ވަކިވުމަށްފަހު އުޅެން ބޭނުންވާ ދިރިއުޅުމާ ބެހޭގޮތުން ވާހަކަދައްކަމުން މަޒްރާއީ ބުނީ، ފުޓްބޯޅައިގެ ބޭރުން އޭނާ ހާސިލުކުރަން ބޭނުންވާ ތަފާތު ލަނޑުދަނޑިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކީރިތި ޤުރުއާން މުޅިން ހިތުދަސްކުރުމާއި، މިސްކިތެއްގައި އިމާމުވެ ނަމާދުކުރުމުގެ ހުވަފެން އޭނާ ހިއްސާކުރިއެވެ.

މަޒްރާއީގެ މި ވާހަކަތަކަށް ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ކުޅެމުންދާ ދަނޑިވަޅެއްގައި މިފަދަ މާތް މަގްސަދެއް އޮތްކަން ހާމަކުރުމަކީ ނަމޫނާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

އަޔަކްސް އާއި ބަޔާން މިއުނިކް ފަދަ ބޮޑެތި ކްލަބުތަކަށް ކުޅެފައިވާ މަޒްރާއީ އަކީ މޮރޮކޯގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ.

މިވެސް ކިޔާލަން:  ސައޫދީ ވަލީއަހުދު މެންޗެސްޓަރ ޔުނައިޓެޑް ގަންނަން މަސައްކަތް ނުކުރޭ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top