ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕަޓީނާ ފެށީ މޮޅަކުން
ރިސޯޓް ލީގު - އެފްބީ

ރިސޯޓްތަކަށް އަމާޒުކޮށްގެން ބިގް ގޭމްސްއިން ކުރިޔަށް ގެންދާ ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯންގެ ތިންވަނަ މެޗު އެއްވަރުވެގެން ނިމުނުއިރު، ދެވަނަ މެޗު ކާމިޔާބުކޮށް ޕަޓީނާ މޮޅަކުން މުބާރާތް ފަށައިފި އެވެ. ވިއްސާރަވުމުގެ ސަބަބުން މެޗުތައް ކުރިޔަށް ގެންދެވޭގޮތް ނުވުމުން، މެދު ކަނޑާލުމަށްފަހު މިހާރު ވަނީ ފަށާފަ އެވެ.

މެޗު 3

ތިންވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގައި ހިމެނޭ ޖޯއީ އައިލެންޑާއި ހެލެންގެއްޔެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން ނެވެ. މި މެޗުގެ 7 ވަނަ މިނިޓްގައި ހުސައިން ޝަފީގެ ލަނޑުން ޖޯއީ އައިލެންޑް ލީޑު ނެގި އެވެ. ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ހެލެންގެއްޔަށް ކާމިޔާބު ލިބުނީ ފުރަތަމަ ހާފުގެ ފަހުކޮޅު އެވެ. 18 ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ލާމިއު އަޙްމަދު މަޖީދެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލީޑު ހޯދުމަށް ދެ ޓީމުން ކުރި މަސައްކަތް މިފަހަރު ކާމިޔާބު ކުރީ ހެލެންގެއްޔެވެ. ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް އެ ޓީމުން ލީޑު ނެގުމާއިއެކު ޖޯއީ އައިލެންޑުން ވަނީ އިތުރު ހިތްވަރެއްލައި ކުޅުން ރަނގަޅުކޮށްފަ އެވެ. އެ ޓީމުގެ ދެވަނަ ލަނޑު ވެސް ޖަހައިދިނީ ލާމިއު އަޙްމަދު މަޖީދެވެ. ނަތީޖާ ހަމަހަމަކުރުމަށް އެ ޓީމުން ގިނަ މަސައްކަތްތަކެއް ކުރިއިރު، ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ހެލެންގެލިން ވެސް ވަނީ ބޮޑު އިސްކަމެއް ދީފަ އެވެ. ޖޯއީ އައިލެންޑުން ނަތީޖާ ހަމަހަމަކުރީ ފަހު މިނިޓްގައި ހުސައިން ޝަފީ ޖަހައިދިން ލަނޑުން ނެވެ.

މިވެސް ކިޔާލަން:  އެމްއޭޑަބްލިޔޫސީ އާއި އެމްއާރުސީ ދެވަނަ ބުރަށް ދަތުރުކޮށްފި

2-2 އިން އެއްވަރުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯއީ އައިލެންޑްގެ ހުސައިން ޝަފީ އެވެ.

މެޗު 4

ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ޑީގައި ހިމެނޭ ހިލްޓޮން މޯލްޑިވްސް އަމީންގިރި އާއި ޕަޓީނާ އެވެ.

ދެ ޓީމުގެ ފަރާތުން ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ކުރީކޮޅު ހިލްޓޮންއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މަޑުމަޑުން ކުޅުން ރަނގަޅުކޮށް ޕަޓީނާއިން ވަނީ ހިލްޓޮންއަށް ރަނގަޅު ފައިޓެއް ދީފަ އެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވިދިޔަ މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. މި ލަނޑު ޕަޓީނާއަށް ޖަހައިދިނީ އިބްރާހިމް ޔާމީނެވެ. މި ލަނޑަށްފަހު ވެސް ޕަޓީނާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރެވިފަ އެވެ.

1-0 އިން ޕަޓީނާ ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އިބްރާހިމް ޔާމީނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top