ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެކްސްޕްރެސް ޓީވީގެ “ރަންޖިޝް” މާދަމާ ރޭ ފަށަނީ
މުނިއަވަސް ގްރެފިކްސް

އެކްސްޕްރެސް ޓީވީއިން ގެނެސްދޭ އާ އަދި ފޯރިގަދަ ޑްރާމާ ސިލްސިލާ “ރަންޖިޝް” މާދަމާ ރޭ (ސެޕްޓެމްބަރު 21) ޕްރިމިއާ ކުރުމަށް ހަމަޖެހިއްޖެއެވެ.

މި ޑްރާމާގެ ވާހަކަ ބިނާވެފައިވަނީ އާއިލީ ގުޅުންތަކުގެ ތެރޭގައި އުފެދޭ ބޮޑެތި ނުތަނަވަސްކަމާއި، ދަހިވެތިކަމާއި، ގޭތެރޭގެ މައްސަލަތަކުގެ ސަބަބުން ގުޅުންތައް ހަލާކުވެ، މުޅި އުމުރަށް ދެމިގެންދާ ހިތްހަމަނުޖެހުންތަކާއި ރުޅިވެރިކަން އުފެދޭ ގޮތުގެ މައްޗަށެވެ. މައިގަނޑު ގޮތެއްގައި މި ސިލްސިލާއިން ފެނިގެންދާނީ ގޭތެރޭގެ ހުރިހާ ބާރެއް ކޮންޓްރޯލްކުރާ ނުފޫޒުގަދަ އަންހެނެއްގެ ފަރާތުން ލޯބީގެ ގުޅުމަކަށް ކުރިމަތިވާ ހުރަސްތަކާއި، އާއިލީ ލޯބި ވިހަގަދަ ދެކޮޅުވެރިކަމަކަށް ބަދަލުވެގެންދާ ގޮތެވެ.

“ރަންޖިޝް” ގެ ލީޑް ރޯލުތަކުން ފެނިގެންދާނީ މަޝްހޫރު ތަރިން ކަމަށްވާ މުހީބް މިރްޒާ، ހީނާ ޗައުދަރީ، އަޙްމަދު ރަންދަވާ އަދި އެލީ ޒާހިދެވެ. މީގެ އިތުރުން، ސަޕޯޓިންގ ކާސްޓުންގެ ގޮތުގައި ސަކީނާ ސަމޯ، މަހާ ޙަސަން، ޝަހޫދް އަލްވީ، ލައިލާ ވަސްތީ، ފާއިޒާ ޚާން، އުސްމާން ހިދާޔަތު، ޙަސަން ތައުޤީރު ޚާން، ޙައްސާމް ޚާން، ސަބާހަތު ޢާދިލް ޚާން، ޝާއިސްތާ ޖަބީން އަދި އާމިނާ އަސްލަމް ހިމެނެއެވެ.

ސަމީނާ އިޢުޖާޒް ލިޔެފައިވާ މި ޑްރާމާގެ ޑައިރެކްޓަރަކީ ސައްޔިދު ޒީޝާން ޢަލީ ޒައިދީއެވެ. މި ޑްރާމާ ޕްރޮޑިއުސްކޮށްފައިވަނީ ޓީ.އެން.އައި އެންޓަޓެއިންމަންޓުގެ ކުޑައިގެ ދަށުން ޒީޝާން ޚާންއެވެ.

މި ޑްރާމާ ސިލްސިލާ ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. މި ޑްރާމާ ދެއްކުމަށް ހަމަޖެހިފައިވާ ރަސްމީ ގަޑިއަކީ ރޭގަނޑު 8:00 އެވެ. ޓީވީގެ އިތުރުން އެކްޕްރެސް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

މިވެސް ކިޔާލަން:  ޕާކިސްތާން ޑްރާމާ "ދަރާރް" ފަށަނީ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top