ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖޯއީ އާއި ހިލްޓޮން މޮޅުވެއްޖެ

ރިސޯޓްތަކަށް އަމާޒުކޮށްގެން ބިގް ގޭމްސްއިން ކުރިޔަށް ގެންދާ ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯންގެ އެގާރަވަނަ މެޗުން މޮޅުވެ ޖޯއީ އައިލެންޑް ދެ މެޗު ކާމިޔާބުކުރިއިރު، ބާރަވަނަ މެޗު ކާމިޔާބުކޮށް ހިލްޓޮން ގުރޫޕް ޑީގެ ދެވަނައަށް ޖެހިލައިފިއެވެ. މި ދެ މެޗަށް ބަލާލާއިރު:

މެޗު 11

އެގާރަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގެ ދެވަނައިގައި އޮތް ޖޯއީ އައިލެންޑާއި ހަތަރުވަނައިގައި އޮތް އައިލާފުށްޓެވެ. މިއީ ދެ ޓީމު ވެސް ގުރޫޕް ސްޓޭޖްގައި ކުޅޭ ދެވަނަ މެޗެވެ. ފުރަތަމަ މެޗު ޖޯއީ އައިލެންޑުން އެއްވަރުކޮށްފައިވާއިރު، އައިލާފުށި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

މިއަދުގެ މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ޖޯއީ އައިލެންޑެވެ. މެޗުގެ ދެވަނަ މިނިޓްގައި އަޙްމަދު ޝިފާން ޖަހައިދިން ލަނޑުން ޖޯއީ އައިލެންޑް ލީޑު ނެގިއިރު، 15 ވަނަ މިނިޓްގައި ޢަލީ ހުސައިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. އަދި ޖެހިގެން އައި މިނިޓްގައި އިބްރާހިމް ލަޔާން އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އިބްރާހިމް ލަޔާން ޖޯއީ އައިލެންޑްގެ ހަތަރުވަނަ ލަނޑު ޖެހިއިރު، މެޗުގެ ފަހުކޮޅު އަޙްމަދު ޝަމްވީލް ޖޯއީ އައިލެންޑްގެ ފަސްވަނަ ލަނޑު ޖަހައިދިނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯއީ އައިލެންޑްގެ ހަސަން ޝަފީ އެވެ.

މެޗު 12

ބާރަވަނަ މެޗުގައި ބައްދަލުކުރީ ހިލްޓޮން އާއި ހުވަފެންފުށްޓެވެ. ފަސޭހަކަމާއިއެކު ހިލްޓޮން ކާމިޔާބުކުރި މި މެޗުގެ 6 ވަނަ މިނިޓްގައި ޢަލީ ސާމް އެ ޓީމަށް ލީޑު ނަގައިދިންއިރު، 11 ވަނަ މިނިޓްގައި ޢަބްދުއްރަޙްމާނު އަބޫބަކުރު އެ ލީޑު ފުޅާކޮށްދިނެވެ. ހުވަފެންފުށީގެ މުޙައްމަދު ރާޔިސް އީސާ 18 ވަނަ މިނިޓްގައި ޖަހައިދިން ލަނޑުން އެ ޓީމުން އާކުރި އުންމީދަށް 20 ވަނަ މިނިޓްގައި ހިލްޓޮންގެ އިބްރާހިމް ރިފްއަތު ހުރަސްއެޅި އެވެ.

މިވެސް ކިޔާލަން:  ސްޓެލްކޯ އާއި އެޗްޑީސީއަށް ފަސޭހަ މޮޅެއް

ދެވަނަ ހާފުގައި ވެސް ހިލްޓޮންގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. 31 ވަނަ މިނިޓްގައި އިބްރާހިމް ރިފްއަތު އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، 33 ވަނަ މިނިޓާއި 34 ވަނަ މިނިޓްގައި އަޙްމަދު އަޝްހަމް ހިލްޓޮންއަށް ދެ ލަނޑު ޖަހައިދިނެވެ. މުޅި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ޢަލީ ސާމް 38 ވަނަ މިނިޓްގައި ހިލްޓޮންގެ ހަތްވަނަ ލަނޑު ޖެހިއިރު، މެޗުގެ އިތުރު ވަގުތުގައި އިތުރު ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިލްޓޮންގެ އިބްރާހިމް ރިފްއަތު އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ގުރޫޕް ޑީގެ ދެވަނަ ހިލްޓޮންއަށް ވަނީ ލިބިފައެވެ. ތިން ޓީމު ހިމެނޭ މި ގުރޫޕްގެ އެއްވަނަ ހޯދި ޕަޓީނާ ވަނީ ހިލްޓޮން އާއި ހުވަފެންފުށި ބަލިކޮށްފަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top