ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޯގާ އާއި ބަނޑޮސް ދެވަނަ ބުރަށް
ރިސޯޓް ލީގު - އެފްބީ

ރިސޯޓްތަކަށް އަމާޒުކޮށްގެން ބިގް ގޭމްސްއިން ކުރިޔަށް ގެންދާ ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯންގެ ބަނޑޮސް އައިލެންޑާއި އޯގާ އާރޓް ރިސޯޓް ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ. މި ދެ މެޗަށް ބަލާލާއިރު:

މެޗު 13

ތޭރަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ސަމާރ އައިލެންޑާއި ތާޖު ކޮރަލް އެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ސަމާރ އައިލެންޑް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ތާޖު ކޮރަލް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވީ ބައްޔެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ 16 ވަނަ މިނިޓްގައި ސަމާރ އައިލެންޑުގެ ޚާލިދު ރަޝީދު ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ތާޖު ކޮރަލްގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް ޖެހި އޭރިޔާ ބޭރުން ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ސަމާރ އައިލެންޑުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ 35 ވަނަ މިނިޓްގައި ޢަލީ ނަވާޒް އެވެ. ނަވާޒް މި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ލިބުނު ކޯނަރު ގޯލު ކުރިމައްޗަށް ޖައްސާލި ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ފަސް ރީނދޫ ކާޑް ފެނުނު މި މެޗުގެ ފަހުކޮޅު ދެވަނަ ރީނދޫ ކާޑާއިއެކު ސަމާރ އައިލެންޑްގެ ކުޅުންތެރިއަކަށް ރަތް ކާޑެއް ވެސް ދައްކާފައިވެ އެވެ.

މިވެސް ކިޔާލަން:  ހާރޑް ރޮކް އާއި އޮޅުވެލި ފައިނަލަށް

2-0 އިން ސަމާރ އައިލެންޑް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސަމާރ އައިލެންޑްގެ ލުފްޝާން މޫސާ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ގުރޫޕްގެ އެއްވަނައިގައި ސަމާރ އައިލެންޑް ހަމަޖެހިލިއިރު، ދެވަނައިގައިވާ ކުޑަހުރާ އާއި ތިންވަނައިގައި އޮތް ބަރޮސްއަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ރިސޯޓް ލީގު – އެފްބީ

މެޗު 14

ސާދަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ބަނޑޮސް އާއި ކުރުނބާ އެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. މި މެޗަށް ނުކުތްއިރު ބަނޑޮސް ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. އަދި ކުރުނބާ ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ.

ފުރަތަމަ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ބަނޑޮހުން ވަނީ ކުރީ މެޗަށްވުރެ ރަނގަޅު ކުޅުމެއް މި މެޗުގައި ދައްކާފަ އެވެ. ފަސޭހަކަމާއިއެކު ބަނޑޮސް ކާމިޔާބު ކުރި މި މެޗުގެ ފުރަތަމަ މިނިޓްގައި އެ ޓީމުން ވަނީ ލީޑު ނަގާފަ އެވެ. 7-0 އިން ބަނޑޮސް މޮޅުވި މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ ޝަޔާން އުމަރު 1 ލަނޑު، މާހީ މުފީދު 2 ލަނޑު، މުޙައްމަދު އިކްރާމް 2 ލަނޑު، ހަސަން މާއިދް 1 ލަނޑު އަދި އަޙްމަދު ރީހާން 1 ލަނޑެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ދެވަނަ ބުރުގެ ޖާގައެއް ބަނޑޮސް ޔަގީންކުރިއިރު، އެ ޓީމާއި އެއްވަރަށް ޕޮއިންޓް ހޯދާފައިވާ އޯގާ އާރޓް ރިސޯޓް ވެސް ވަނީ ދެވަނަ ބުރުގެ ޖާގަ ޔަގީންކޮށްފައެވެ. މި ގުރޫޕްގެ ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު، ތިންވަނައިގައި އޮތް ދަ ރިޓްޒް ކާރލްޓޮން އާއި ހަތަރުވަނައިގައި އޮތް ކުރުނބާއަށް ޕޮއިންޓެއް ލިބިފައި ނުވެ އެވެ.

މިވެސް ކިޔާލަން:  ނޯތު މާލޭ ޒޯންގެ ކުޅުން ފަށައިފި

މި ޒޯންގެ ދެ މެޗު މިއަދު ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ މެޗުގައި ހެލެނގެއްޔާއި އާއި ސަންގެލި ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ހިލްޓޮން އާއި ހުވަފެންފުށްޓެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top