ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މޭ ހޫން ނާ” ގެ ދެވަނަ ބައެއް ހަދަނީ؟
ގޫގަލް

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ފަރާ ޚާންގެ އެންމެ މަޤުބޫލު އެއް ފިލްމު ކަމަށްވާ “މޭ ހޫން ނާ” ގެ ދެވަނަ ބައެއް ނުވަތަ ސީކުއެލްއެއް އުފެއްދުމުގެ ފުރުސަތު އެބައޮތް ކަމުގެ ބޮޑު އިޝާރާތެއް އޭނާ ދީފިއެވެ.

މި ވާހަކަތައް އަނެއްކާވެސް ފެންމަތިވެގެން ދިޔައީ ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އަރުޖުން “މޭ ހޫން ނާ” ބަލަމުން އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި، މި ފިލްމުގެ ދެވަނަ ބައެއް ބަލަން ބޭނުންވާކަމަށް ބުނެ ފަރާ ޚާން ޓެގްކުރިއެވެ. މި ޕޯސްޓަށް ޖަވާބު ދެމުން ފަރާ ވަނީ ޝާހްރުކް ޚާންގެ މަޝްހޫރު ފިލްމު “އޯމް ޝާންތި އޯމް” ގެ މަޝްހޫރު ޑައިލޮގަކުން ޖަވާބު ދީފައެވެ. މިކަމާ ގުޅިގެން ފޭނުންގެ މެދުގައި ވަނީ މި ފިލްމުގެ އާ މަސައްކަތެއް ފެށެނީތޯ ސުވާލު އުފެދި، ބޮޑު ޝައުޤުވެރިކަމެއް އުފެދިފައެވެ.

މީގެ ކުރިންވެސް “މޭ ހޫން ނާ” ގެ ސީކުއެލްއެއް އުފައްދަން އުޅޭކަމުގެ އަޑުތައް އެކި ފަހަރު މަތިން އަރާފައިވެއެވެ. ޚާއްސަކޮށް، އޭނާގެ ދެން އެންމެ އަވަހަށް އަންނަން އޮތް ފިލްމަކީ ޝާހްރުކް ޚާންއާއެކު ކުރާ މަސައްކަތެއް ކަމަށް ބުނި ހިސާބުން މި އަޑުތައް ގަދަވި ނަމަވެސް، އެ ދުވަސްވަރު ފަރާ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ނަމަވެސް، ދާދި ފަހުން އެކްޓަރު ނަކުލް މެހެތާގެ ގެއަށް ކުރި ވްލޮގް ޒިޔާރަތެއްގައި ފަރާ ވަނީ މުހިންމު ވާހަކައެއް ހިއްސާކޮށްފައެވެ. އެގޮތުން، އޭނާގެ ދަރިން ކޮލެޖަށް ދިޔުމުން، މި އަހަރުގެ ފަހުކޮޅު އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފެށުމަށް ރާވަމުންދާ ކަމަށް އޭނާ ބުންޏެވެ. ފަރާ އަލުން ޑައިރެކްޝަނަށް އެނބުރި އައުމަށް ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ސަޕޯޓަރުން އެދެމުންދާ ދަނޑިވަޅެއްގައި މި ވާހަކަ ހާމަކުރުމުން ގިނަ ބަޔަކަށް ވަނީ އުންމީދު އާވެފައެވެ.

މިވެސް ކިޔާލަން:  ޕްރޮޑިއުސަރަކާ ބައްދަލުވޭތޯ އެތަކެއް ގަޑިއިރު ހޭދަކުރިން - ގޯވިންދާ

އެކްޝަނާއި، މަޖާ އަދި ކޮލެޖު ދިރިއުޅުމުގެ ރީތި ހާދިސާތަކެއް ދައްކުވައިދިން “މޭ ހޫން ނާ” އަކީ އަދިވެސް ގިނަ ބައެއްގެ މެދުގައި ބޮޑު މަޤުބޫލުކަމެއް އޮތް ފިލްމެކެވެ. އެހެންކަމުން، މި ފިލްމުގެ މައި ކެރެކްޓަރ “މޭޖަރ ރާމް” އަލުން ސްކްރީނަށް އެނބުރި އަންނާނެ ދުވަހަކަށް ބެލުންތެރިން މިހާރު ތިބީ ކެތްމަދުވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top