ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފަސްމަންޒަރު: ކުށެއްނެތި 8 ގަޑިއިރުން މުޅި ގުރުއާން ކިޔަވައި ނިންމައިފި

ޣައްޒާގެ “ސަފްވަަތުލް ޙުއްފާޡު” (އެންމެ މޮޅު ހާފިޛުން) ޤުރުއާން ކިޔެވުމުގެ ހަރަކާތު ތެރެއިން ޣައްޒާގެ ޒުވާން ހާފިޒަކު ކުށެއްނެތި 8 ގަޑިއިރުން މުޅި ގުރުއާން ކިޔަވައި ނިންމައިފިއެވެ.

މި ކާމިޔާބީ ހާސިލްކޮށްފައިވަނީ ޣައްޒާގައި “ދާރުލް ޤުރުއާން ވައްސުންނާ” ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ “ސަފްވަަތުލް ޙުއްފާޡު” އިސްނެގުމުގެ ދަށުންނެވެ.

މި ބޮޑު ހަރަކާތުގައި 1,471 އަންހެން އަދި ފިރިހެން ހާފިޒުން ބައިވެރިވެފައިވެއެވެ. އެކި މިސްކިތްތަކުގައި ކުރިއަށްދިޔަ މި ހަރަކާތަކީ މުޅި ކީރިތި ޤުރުއާން އެއްވެސް މެދުކެނޑުމެއްނެތި ހިތުދަސްކޮށްފައިވާ މިންވަރުން ކިޔަވައި ނިންމުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ރިޕޯޓްތައް ބުނާގޮތުން، ފުންނާބުއުސް ބައެއް ޒުވާން ހާފިޒުން ވަނީ މުޅި ޤުރުއާން އެއްވެސް ކުށެއް ނުޖެހި ގާތްގަނޑަކަށް 7 ނުވަތަ 8 ގަޑިއިރުގެ ތެރޭގައި ކިޔަވައި ނިންމާފައެވެ.

މި ހަރަކާތުގެ މަގްސަދަކީ ފަލަސްތީނުގެ ޒުވާނުންގެ ހިތުދަސްކުރުމުގެ ހުނަރު ދައްކާލުމާއި، ޤުރުއާން ރައްކާތެރިކުރުމާއި ކިޔެވުމަށް އެކުދިން ދޭ އަހައްމިއްޔަތު ހާމަކުރުމެވެ.

މިވެސް ކިޔާލަން:  ފަލަސްތީން - ތިންވަނަ ބައި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top