ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
”މަޖުނޫން“ އަކީ ޢާއިލާއާ އެކު ބަލައިލެވޭ ކަހަލަ 18 ޕްލަސް ރޭޓިން ފިލްމެއް! – ނަހޫ
"މަޖުނޫން"ގެ ޕޯސްޓަރު ހެދުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިއަކު ހަދާފައިވާ ޕޯސްޓަރެއް / މަޖުނޫން ފޭސްބްކް ޕޭޖް

2026 އޮކްޓޫބަރު 26 ވަނަ ދުވަހުގެ ރޭ ރިލީޒްކުރާ ފިލްމު ”މަޖުނޫން“ އަކީ 18 އަހަރުން މަތީގެ މީހުންނަށް ޚާއްޞަ ރޭޓިންއެއް އޮތް ފިލްމެއް ނަމަވެސް، އެ ފިލްމަކީ ޢާއިލާއާ އެކީ ބަލައިލެވޭ ފެންވަރުގެ އުފެއްދުމެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ހާމަކޮށްފިއެވެ.

ނަހުލާ ބުނެފައިވާ ގޮތުގައި އާންމުކޮށް އޭނާގެ ފިލްމުތަކަކީ ޢާއިލާއާ އެކީ ބަލައިލެވޭ ފަދަ އުފެއްދުންތަކެއް ކަމަށާއި، ފިލްމަކަށް 18 ޕްލަސް ރޭޓިން ލިބިދާނެ އެތައް ސަބަބުތަކެއް ހުރެދާނެ ކަމަށެވެ.

“އޭގެ ތެރޭގައި މާރާމާރީ، އަނިޔާވެރިކަން ނުވަތަ ލޭ ފެންނަ މަންޒަރުތައް ހިމެނުން ފަދަ ކަންކަން ހިމެނޭ. ފިލްމުގައި ލޯބީގެ މަންޒަރުތަކެއް ހިމެނުނު ނަމަވެސް، އެއްވެސް ކަހަލަ ހަޑިހުތުރު މަންޒަރެއް އަދި ހަޑިހުތުރު ބަހުރުވައާއި ދެމާނަ އެކުލެވޭ ބަސްތަކެއް މި ފިލްމުގައި ނުހުންނާނެ ކަމުގެ ޔަގީންކަން ދެން.” ދިވެހި ސިނަމާގެ އެންމެ ކާމިޔާބު އެއް ޕްރޮޑިއުސަރ، ޑައިރެކްޓަރ ނަހުލާ ފާހަގަކުރިއެވެ.

ނަހުލާ އިތުރަށް ބުނީ މި ފިލްމަށް 18 ޕްލަސް ރޭޓިން ދީފައިވާތީ ސިނަމާތަކަށް ކުޑަކުދިންނަކަށް ނުވަދެވޭ ކަމަށެވެ.

”މަޖުނޫން“ އަކީ ޙަޤީޤީ ޙާދިސާއަކުން އިންސްޕަޔަރ ވެގެން އުފައްދާފައިވާ ފިލްމެއް ކަމަށް ވެސް ނަހުލާ ފާހަގަކުރިއެވެ. އަދި މި ފިލްމު ތައްޔާރުކޮށްފައި ވަނީ ގިނަ ދިރާސާތަކެއް ކުރުމަށް ފަހު، އެ ދާއިރާގެ މާހިރުންގެ ފުރިހަމަ އެހީތެރިކަމާ އެކުގައި ކަމަށް އޭނާ ބުންޏެވެ.

އޮލިމްޕަހުގެ ކައުންޓަރު މެދުވެރިކޮށް ޓިކެޓު ދޫކުރުމުގެ އިތުރުން، އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ލުއިފަސޭހަކަމާއެކު ޓިކެޓު ހޯދޭނެ މަގުވެސް މިހާރު ވަނީ ތަނަވަސްކޮށްދީފައެވެ. އެހެންކަމުން އޮންލައިންކޮށް ޓިކެޓު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް 7844422 އަށް ގުޅުއްވައިގެން ނުވަތަ މެސެޖެއް ފޮނުއްވައިގެން ޓިކެޓު ނެންގެވޭނެއެވެ.

މިވެސް ކިޔާލަން:  ނަހުލާގެ "މަޖުނޫން" ރިލީޒްކުރަނީ 26 އޮކްޓޫބަރުގައި
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top