ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނަހުލާގެ “މަޖުނޫން” ރިލީޒްކުރަނީ 26 އޮކްޓޫބަރުގައި
ނަހުލާގެ "މަޖުނޫން"ގެ ނަން ހާމަކުރުން / ކްރިސްޓަލް އެންޓަޓެއިންމެންޓް

ފާތިމަތު ނަހުލާގެ ފިލްމަކަށް އިންތިޒާރުކުރަމުން އަންނަ ފޭނުންނަށް އަނެއްކާވެސް މިއޮތީ އުފާވެރި ޚަބަރެކެވެ. ނަހޫގެ ކުރިއަށް އޮތް ފިލްމުގެ ނަމާއި ފިލްމު ރިލީޒްކުރާނެ ތާރީޚު މިއަދު މިވަނީ އާއްމުކޮށްފައެވެ.

26 އޮކްޓޫބަރު 2026ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ލޯބީގައި ދީވާނާވެ މޮޔަވެފައިވާ މީހެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. އަސަރުން ފުރިގެންވާ “މަޖުނޫން” އަކީ ހަޤީޤީ ހާދިސާތަކަކަށް އިންސްޕަޔާވެގެން އުފައްދާ ފިލްމެއް ކަމަށް މުނިއަވަސްއާ މަޢުލޫމާތު ހިއްސާކުރަމުން ނަހޫ ބުންޏެވެ.

“ލަވް ކޭން ސޭވް ޔޫ … އޯ ޑެސްޓްރޯއި ޔޫ.”

ލޯތްބަކީ އިންސާނާގެ ދިރިއުޅުން ބާއްޖަވެރިކޮށް، އާރާސްތުކުރުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ. ހަމައެފަދައިން، އެއީ އިންސާނާގެ ދިރިއުޅުން ބަރުބާދުކޮށް، ހަލާކުކޮށްލުމުގެ ބާރުވެސް ލިބިގެންވާ ކަމެކެވެ.

މި ވަރުގަދަ ސްލޯގަން އާއެކު ނެރޭ މި ފިލްމަކީ އަނެއްކާވެސް ދިވެހި ސިނަމާއަށް ވަރުގަދަ އެނގުމެއް ކޮށްލާވަރުގެ ފިލްމަކަށް ވެގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.

“26 އޮކްޓޫބަރު 2026، “މަޖުނޫން” – އިންސްޕަޔާޑް ބައި ރިއަލް އިވެންޓްސް.”

މުނިއަވަސް އަށް ނަހޫ ފޮނުވި ކުރުކުރު މެސެޖެއްގައި ފާހަގަކޮށްފައިވެއެވެ.

ނަހުލާ އަދި ޝިނާންގެ ޕްރޮޑަކްޝަން ހައުސް ކްރިސްޓަލް އެންޓަޓެއިންމެންޓުން ނެރޭ “މަޖުނޫން”ގައި ވެސް ނަހޫ އެންމެ ފަހުން އުފެއްދި ފިލްމު “ސޮރީ”ން ފެނިގެން ދިޔަ ހުނަރުވެރި ދެ ކުދިން ފެނިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. ފިލްމު “ސޮރީ”ގައި ހަރަކާތްތެރިވި ނަހޫގެ ދެ ދަރިން ކަމަށްވާ ލާލި އަދި އެވްލީގެ ހުނަރުވެރި އަދި އަސަރުގަދަ އެކްޓިންއިން ގިނަ ބަޔަކު ރޮއްވާލާފައިވެއެވެ.

ނަހޫގެ “މަޖުނޫން”ގެ ލީޑްގައި ހަރަކާތްތެރިވާނީ ކޮން ބައެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ދާދި ފަހުން ރާއްޖޭގެ ހުނަރުވެރި އެކްޓްރެސް މަރިޔަމް ޝިފާ މުނިއަވަސްއާ ހިއްސާކުރި ބައެއް މަޢުލޫމާތު ތަކަށް ބަލާއިރު، ޝިފާ އަމިއްލައަށް ފަލަވަމުން ދަނީ ވަަރަށް ވަރުގަދަ ފިލްމެއްގައި ދެ ކުދިންގެ މަންމައެއްގެ ރޯލު ކުޅެން ކަމަށް ބުނެފައިވެއެވެ. ގަބޫލުކުރަން ޖެހޭ ހަޤީޤަތަކީ ސްޓާރެއްގެ ހަށިގަނޑަށް މިފަދަ ބޮޑު ބަދަލެއް ގެންނާނީ ހަމަ ގައިމުވެސް ވަރަށް ވަރުގަދަ ޕްރޮޑަކްޝަންއަކުން އުފައްދާ ފިލްމަކަށް ތައްޔާރުވުމަށެވެ.

4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top