⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 10 މިނެޓު
⏱️ ކައްކަން ހޭދަވާ ވަގުތު: 20 މިނެޓު
⏱️ ޖުމްލަ ހޭދަވާ ވަގުތު: 30 މިނެޓު
🍽️ ތައްޔާރުކުރެވޭ މިންވަރު: 6 މީހުންނަށް
🛒 ބޭނުންވާ ތަކެތި
ޗިކަން ފަޖީޓާއަށް:
● 3 ކުކުޅު މޭމަތީ މަސް (ކަށި ނެތް، ހަން ނެތް)
● 1 ފިޔާ (ހިމަކޮށް ކޮށާފައި)
● 3 ބެލް ޕެޕާ (ހިމަކޮށް ކޮށާފައި)
● 2 ސައިސަމުސާ އޮލިވް އޮއިލް
● ½ ލުނބޯ
މަސްގަނޑު މޮޑުމަށް ބޭނުންވާ ހަވާދަށް:
● ½ މޭޒުމަތީ ސަމުސާ މުގުރި މިރުސް
● ½ މޭޒުމަތީ ސަމުސާ މުގުރި ދިރި
● 1 ސައިސަމުސާ ލޮނުމެދު ޕައުޑަރު
● ½ ސައސަމުސާ ޕެޕްރިކާ
● ½ ސައިސަމުސާ އޮރެގާނޯ
● ½ ސައިސަމުސާ ލޮނު
● ¼ ސައިސަމުސާ މުގުރި އަސޭމިރުސް
ސާވްކުރުމަށް:
● ތޯޓިޔާ
● ސަވަރ ކްރީމް
● ޕީކޯ ޑި ގަލޯ
● އަވަކާޑޯ
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – ހަވާދު ތައްޔާރުކުރުން: ހަވާދު ހެދުމަށް ބޭނުންވާ ހުރިހާ ބާވަތްތަކެއް ކުޑަ ބޯތަށްޓަކަށް އަޅައި އެއްކޮށްލާށެވެ.
2 – ކުކުޅުގައި ހަވާދުލުން: ކުކުޅު މަސްގަނޑުގެ ދެފަރާތުގައި ތައްޔާރުކުރި ހަވާދު ރަނގަޅަށް ހާކާލާށެވެ. އިނގިލިތައް ބޭނުންކޮށްގެން މަސްގަނޑުގެ ތެރެއަށް ހަވާދު ވަންނާނެހެން ފިއްތާލާށެވެ.
3 – ކުކުޅު ކެއްކުން: ބޮޑު ތަވައެއްގައި މެދު މިންވަރެއްގެ ހޫނުމިނެއްގައި ތެޔޮކޮޅު ހޫނުކުރާށެވެ. ކުކުޅު މަސްގަނޑުގެ ކޮންމެ ފަރާތެއް 7 އާއި 8 މިނެޓާ ދެމެދު ކައްކާލާށެވެ.
4 – ތަރުކާރީ ކޮށުން: ކުކުޅު ކެއްކެމުންދާއިރު، ބެލް ޕެޕާ އާއި ފިޔާ ހިމަކޮށް ކޮށާލާށެވެ.
5 – ތަރުކާރީ ކެއްކުން: ކުކުޅު ކެކި ނިމުމުން ތަވައިން ނަގައި ތަށްޓަކަށް ލާށެވެ. އަދި މަސްގަނޑު މަޑުޖެހިލުމަށް މަދު މިނެޓުކޮޅަކު ބާއްވާށެވެ. އެއަށްފަހު ހަމަ އެ ތަވައަށް ކޮށާފައި ހުރި ބެލް ޕެޕާ އާއި ފިޔާ އަޅައި، ގިނަގިނައިން ހަލަމުން 4 ނުވަތަ 5 މިނެޓު ވަންދެން މީރުކޮށްލާށެވެ.
6 – ކުކުޅު ކޮށުން: ތަރުކާރީތައް މީރުވެ ނިމެންވާއިރަށް، ކެއްކި ކުކުޅު މަސްގަނޑު ދިގުކޮށް ކޮށާލާށެވެ. މާ ބޯކޮށް ހުރިނަމަ އެއަށްވުރެ ހިމަކޮށްވެސް ކޮށިދާނެއެވެ.
7 – އެއްކޮށްލުމާއި ސާވްކުރުން: ކޮށި ކުކުޅުކޮޅު އަލުން ތަވައަށް އަޅައި، ތާޒާ ލުނބޯ ހުތް ފިއްތާލުމަށްފަހު ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ތޯޓިޔާ އާއި ސަވަރ ކްރީމް، ޕީކޯ ޑި ގަލޯ އަދި ގުއަކަމޯލީ ފަދަ އިތުރު ބާވަތްތަކާއެކު ހޫނުކޮށް ހުއްޓާ ސާވްކުރާށެވެ.
މުހިންމު އިރުޝާދު:
- އިތުރަށް ރަހަ މީރުކުރަން ބޭނުންނަމަ ފަޖީޓާ މެރިނޭޑް ބޭނުންކުރެވިދާނެއެވެ. އަދި މިގޮތަށް ތައްޔާރުކޮށްފައި ހުންނަ ކުކުޅު ފަހުން ބޭނުންކުރުމަށް ފްރީޒްކޮށްފައިވެސް ބެހެއްޓިދާނެއެވެ.
