ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނޯތު ޒޯން ދޭއްގެ ޗެމްޕިއަންކަން ދުވާފަރު ހޯދައިފި
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ނޯތު ޒޯން ދޭއްގެ ޗެމްޕިއަންކަން ދުވާފަރު ހޯދައިފި އެވެ.

ހަތް ޓީމު ވާދަކުރި ނޯތު ޒޯންގެ ޗެމްޕިއަންކަން ދުވާފަރު ހޯދީ ފައިނަލްގައި ވަރުގަދަ އިނގުރައިދޫ ބަލިކޮށެވެ.

ނ. މަނަދޫގައި ކުރިޔަށްދިޔަ މި ޒޯންގެ ފައިނަލަށް ދެ ޓީމު ދަތުރުކޮށްފައިވާ ގޮތަށް ބަލާލާއިރު، އިނގުރައިދޫ ވަނީ ގުރޫޕް ސްޓޭޖްގައި ގުރޫޕް އޭގެ އެއްވަނަ ހޯދައި ސެމީ ފައިނަލްގައި މަގޫދޫ ބަލިކޮށްފަ އެވެ. އަދި ދުވާފަރު ވަނީ ގުރޫޕް ސްޓޭޖްގައި ގުރޫޕް ބީގެ އެއްވަނަ ހޯދައި ސެމީ ފައިނަލްގައި ހިންނަވަރު ބަލިކޮށްފަ އެވެ.

ރޭ ކުޅެވުނު މި ފައިނަލް މެޗު ވެގެން ދިޔައީ ވާދަވެރިކަން ބޮޑު ފޯރިގަދަ ފައިނަލް މެޗަކަށެވެ. ފުޓްސަލްގައި ފާހަގަކޮށްލެވޭ މަޝްހޫރު މޮޅު އެތައް ކުޅުންތެރިންގެ ކުޅުން މި މެޗުގައި ވަނީ ފެނިފަ އެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ދުވާފަރުން ނަމަވެސް، މާގިނަ އިރެއް ނުވެ އިނގުރައިދޫން ވަނީ ކުޅުން ރަނގަޅުކޮށް ދުވާފަރުގެ ގޯލަށް ބާރު ބޮޑުކޮށްފަ އެވެ. ހާފުގެ ކުރީކޮޅު އިނގުރައިދޫ ޓީމުގެ އުލާން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދުވާފަރު ކީޕަރު ދިފާއުކޮށްފައިވާއިރު، އިނގުރައިދޫ ޓީމުގެ ކީޕަރު ވެސް ވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

ލަނޑު ޖެހުމަށް އިސްކަންދިން ފަދައިން ޑިފެންސަށް ވެސް އިސްކަން ދީގެން ދެ ޓީމުން ކުޅުނު މި މެޗުގައި، ދުވާފަރުން ޖެހި ލަނޑު ޖަހާފައިވަނީ، މެޗުގެ 17 ވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ފްރީކިކެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ނެވެ. އިނގުރައިދޫ ޓީމުގެ އޭރިޔާ ބޭރުން އަރިމަތިން ލިބުނު ފްރީކިކް ވޯލްގައި ތިބި ދެ ކުޅުންތެރިންގެ ދޭތެރެއިން ތިރިތިރިން ގޯލުގެ ތެރެއަށް ވައްދާލައި މި ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު އިސާމް (އިސަންޓޭ) އެވެ.

މިވެސް ކިޔާލަން:  ކުއީންސް ފައިނަލަށް ، އެފްސީ ކަރާ ސެމީ ފައިނަލަށް

ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމުން ވެސް ތަނަވަސްކުރި މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

ދެވަނަ ހާފުގައި ވެސް ޓީމުގެ ފަރާތުން ވަނީ ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފަ އެވެ. ލަނޑެއް ޖެހުމަށް އިނގުރައިދޫ ކުރި މަސައްކަތުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ޑިފެންސަށް ބޮޑު އިސްކަމެއް ދިން ދުވާފަރުން ވަނީ އިނގުރައިދޫގެ ހަމަލާތައް ހުއްޓުވުމުގައި ކާމިޔާބު ހޯދާފަ އެވެ.

ދެވަނަ ހާފު ވެސް ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ

1-0 އިން މެޗު ކާމިޔާބުކޮށް ނޯތު ޒޯން ދޭއްގެ ޗެމްޕިއަންކަން ދުވާފަރު ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، އިނގުރައިދޫން އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކޮށް، މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ދުވާފަރު ޓީމުގެ ގޯލް ކީޕަރު އިބްރާހިމް ނަދީމް އާދަމް އެވެ.

މުބާރާތުގެ އެހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލާލާއިރު، މުބާރާތުގެ ފެއާރޕްލޭ ކުޅުންތެރިޔާގެ މަގާމް ހޯދީ މަނަދޫ ޓީމުގެ ޚަލަފް އަހްމަދު އެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކީ އިނގުރައިދޫ އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ މަނަދޫ ޓީމުގެ މުޙައްމަދު ސަދުވާން ޖައުފަރު އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ، މުބާރާތުގައި ހަތް ލަނޑު ޖެހި ތުޅާދޫ ޓީމުގެ ހައްޔާން ހަސަން އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ދުވާފަރު ޓީމުގެ ކޯޗު މުޙައްމަދު އަލީ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އިނގުރައިދޫ ޓީމުގެ އުއްލު އުލާން ބަޓީރް ބެކް، އިނގުރައިދޫ ޓީމުގެ އަލީ ހާފިޒް (ހާއްޕެ)، ދުވާފަރު ޓީމުގެ އަނާން އަލީ، ދުވާފަރު ޓީމުގެ އަހްމަދު އީސާ އަދި ދުވާފަރު ޓީމުގެ ގޯލް ކީޕަރު އިބްރާހިމް ނަދީމް އާދަމް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިނގުރައިދޫ ޓީމުގެ އަލީ ހާފިޒް (ހާއްޕެ) އެވެ.

މިވެސް ކިޔާލަން:  ސްޓެލްކޯ އާއި އެޗްޑީސީ ފަސޭހަކަމާއިއެކު މެޗު ކާމިޔާބުކޮށް ދެވަނަ ބުރުގެ އުންމީދު އާކޮށްފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top