ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިއަހަރުގެ މިމަހުގައި ރިލީޒްކުރާ ކޮރެއާގެ 9 ޑްރާމާއެއް

ކިމް ޖީ ވޮން، އަން ހްޔޯ ސޮޕް، ކިމް ޔޫ ޖަންގް އަދި އިތުރު ތަރިންނާއެކު

ސެޕްޓެމްބަރު މަހު “ދަ ސްކޭންޑަލް”، “މޭޑް އިން ކޮރެއާ ސީޒަން 2” އަދި “އޭ ލަވް އަދަ ދޭން ޔޯސް” ފަދަ ކާމިޔާބު ޑްރާމާތަކެއް ފެނިގެން ގޮސްފައިވާއިރު، 2026 އޮކްޓޫބަރު މަހު މިއަށްވުރެ ފޯރިގަދަ އަދި ގިނަ ބަޔަކު އިންތިޒާރުކުރާ ލިސްޓެއް ފެނިގެންދާނެއެވެ. މީގެ ތެރޭގައި ކިމް ޖީ ވޮންގެ “ޑިއަރ އެކްސް”، އަން ހްޔޯ ސޮޕްގެ “ފައިނަލް ޓޭބަލް” އަދި ކިމް ޔޫ ޖަންގްގެ “100 ޑޭސް އޮފް ޑިސެޕްޝަން” ހިމެނެއެވެ. ލޯތްބާއި، ސިއްރުވެރިކަމާއި، އަދި ފޯރިގަދަ ހާދިސާތަކުން ފުރިގެންވާ، މި މަހު އަލަށް ފެށޭ ޑްރާމާތަކަކީ:

  •  ބިޓްވީން ސްޓެޕްސް
  • ރިލީޒްކުރި ތާރީޚު: 5 އޮކްޓޫބަރު

“ބިޓްވީން ސްޓެޕްސް” އަކީ މަޝްހޫރު ޑައިރެކްޓަރު އަން ޕަން ސޮކްގެ ލޯބީގެ ޑްރާމާއެކެވެ. މީގައި ފެނިގެންދާނީ ބައްޔެއްގެ ސަބަބުން ކަނާތު ފައި ބުރިކޮށްލަން ޖެހުނު ކުރީގެ ފެތުންތެރިޔާ ޕާކް މިންޖޭ (ޗޫ ޔަންގް ވޫ) އާއި، ދިރިއުޅުމުގައި މަގު އޮޅިފައިވާ ދަސްވެނިވާ ދަރިވަރު އިމް ޔޫޖިން (ކިމް ސޯ ހްޔުން) ގެ މެދުގައި އުފެދޭ ލޯބީގެ ވާހަކައެކެވެ. މި ޑިޒްނީ ޕްލަސް އޮރިޖިނަލް ސީރީޒް ޖިއޯހޮޓްސްޓާ އިން ސްޓްރީމްކުރާނެއެވެ.

  •  ކިޑްނެޕް ގޭމް
  • ރިލީޒްކުރި ތާރީޚު: 6 އޮކްޓޫބަރު

“ކިޑްނެޕް ގޭމް” އަކީ އެއްވަގުތެއްގައި ހަތް ސިޓީއެއްގައި (ސޯލް، ޓޯކިޔޯ، ތައިޕޭ، ސިންގަޕޫރު، ބެންކޮކް، ނަހާ އަދި މެނީލާ) ހިނގާ ބިރުވެރި ވަގަށް ނެގުމުގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ތުރިލާ ޑްރާމާއެކެވެ. މީގައި ހަތް މީހަކަށް މަޖުބޫރު ކުރެވެނީ “ކިޑްނެޕް ގޭމް” ކިޔާ ނުރައްކާތެރި ކުޅިވަރެއްގައި ބައިވެރިވާށެވެ. މި ކުޅިވަރުގައި ދެވޭ މިޝަންތައް ފުރިހަމަނުކުރެވިއްޖެނަމަ، އެމީހުންގެ ފުރާނައާއި އާއިލާގެ މީހުންނަށް ނުރައްކާވެއެވެ. މީގެ މުހިންމު ރޯލުތަކުން ފެންނާނީ ޓޯކިޔޯގެ ޑިޓެކްޓިވް ނީއިޑޭ ޓޮޝީރޯ (ސަކަގޫޗީ ކެންޓާރޯ) އާއި، ސިކުނޑި ތޫނު ޑޮކްޓަރު ހަން ކީޖޫ (ލީ ޖޫން ގީ) އެވެ.

  • ޑޮކްޓަރ އެކްސް
  • ރިލީޒްކުރާ ތާރީޚު: 9 އޮކްޓޫބަރު
މިވެސް ކިޔާލަން:  އެކްސް އޯ ކިޓީ ސީޒަން 3 - ރިލީޒްކުރާނެ ތާރީޚެއް ނޭނގިފައި

“ކުއީން އޮފް ޓިއާސް” އަށްފަހު ކިމް ޖީ ވޮންގެ އެނބުރި އައުމަށް އިންތިޒާރުކުރާ ފަރާތްތަކަށް މިއީ އުފާވެރި ޚަބަރެކެވެ. މި މެޑިކަލް ޑްރާމާގައި ޖީ ވޮން ކުޅެނީ ކޮރަޕްޝަން އިންތިހާއަށް އޮތް ހޮސްޕިޓަލެއްގެ ތެރޭގައި މަސައްކަތްކުރާ، ހުނަރުވެރި އޮޕަރޭޝަން ޑޮކްޓަރެއް ކަމަށްވާ “ޑޮކްޓަރ އެކްސް” ނުވަތަ ގްޔޭ ސޫޖަންގްގެ ރޯލެވެ. އޭނާގެ ހުނަރުން ގޫސޯ ޔުނިވަރސިޓީ ހޮސްޕިޓަލުގެ ނުފޫޒުގަދަ ވެރިންނާ ކުރިމަތިލައެވެ. މި ސީރީޒް ނެޓްފްލިކްސް އިން ސްޓްރީމްކުރާނެއެވެ.

  • 100 ޑޭސް އޮފް ޑިސެޕްޝަން
  • ރިލީޒްކުރާ ތާރީޚު: 10 އޮކްޓޫބަރު

މިއީ ކިމް ޔޫ ޖަންގް އާއި ޕާކް ޖިންޔަންގް އެކުގައި ފެންނަ ފުރަތަމަ ޑްރާމާއެވެ. ޖަޕާނުގެ އިސްތިއުމާރުގެ ދަށުގައި ކޮރެއާ އޮތް ދުވަސްވަރުގެ ވާހަކައެއް ދައްކުވައިދޭ މި ސްޕައި ރޮމޭންސް ޑްރާމާގައި، ކޮރެއާގެ މިނިވަންކަމަށް މަސައްކަތްކުރާ ޖާސޫސެއްގެ ގޮތުގައި އުޅޭ ވައްކަންކުރާ މީހެއް ކަމަށްވާ ލީ ގާކްޔަންގް (ކިމް ޔޫ ޖަންގް) އާއި ތަރުޖަމާނެއް ކަމަށްވާ ކިމް ތައެވޫންގް (ޕާކް ޖިންޔަންގް) ގެ ގުޅުން ފެނިގެންދާނެއެވެ. މި ޑްރާމާ ވެސް ނެޓްފްލިކްސް އިން ބަލާލެވޭނެއެވެ.

  • މޭކް މީ ޓިންގްލް
  • ރިލީޒްކުރާ ތާރީޚު: 15 އޮކްޓޫބަރު

މިއީ ޒުވާން އުމުރުގެ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ “ރޮމް-ކޮމް” އެކެވެ. ލޯބި ޤަބޫލުކުރާ ނަމަވެސް އޭގެ އަސްލު މާނަ ނޭނގޭ މާކެޓަރ ގޮންގް ޔޯންސޫ (ނަމް ޖީ ހްޔުން) އާއި، ލޯތްބާއި ޖިންސީ ގުޅުމާ އެއްވެސް ގުޅުމެއް ނެތްކަމަށް ޤަބޫލުކުރާ ކުންފުންޏެއްގެ ސީއީއޯ ޑޮކްގޯ ޑާލް (ކިމް ޖައެ ޔަންގް) އެކުގައި މަސައްކަތް ކުރަން ފެށުމުން، އެމީހުންގެ ވިސްނުމަށް އަންނަ ބަދަލުތައް މީގައި ފެންނާނެއެވެ.

  • ލަވް އިން ޑިސްގައިސް
  • ރިލީޒްކުރާ ތާރީޚު: 18 އޮކްޓޫބަރު
މިވެސް ކިޔާލަން:  ކިމް ޖީ-ވޮންގެ "ޑޮކްޓަރ އެކްސް"ގެ ޓްރެއިލަރ ނެރެފި

އިމް ސިވާން އާއި ސޯލް އިން އާ އެކުގައި ފެންނަ މި އޮފީސް “ރޮމް-ކޮމް” ތުރިލާގައި، މަރުގެ މައްސަލައެއްގެ ތުހުމަތު ކުރެވޭ މުއްސަނދި ވާރިސެއް ކަމަށްވާ ޔޫން ޔީޖުން (އިމް ސިވާން) ގެ ފިރިހެން ސެކްރެޓަރީއެއްގެ ގޮތުގައި ފިރިހެނަކަށް ހެދިގެން އުޅޭ ޑިޓެކްޓިވް ކަންގް ޖައެހީ (ސޯލް އިން އާ) ގެ ވާހަކަ ކިޔައިދެއެވެ. މިއީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާނެ ސީރީޒެކެވެ.

  • ފައިނަލް ޓޭބަލް
  • ރިލީޒްކުރާ ތާރީޚު: 24 އޮކްޓޫބަރު

ކެއްކުމުގެ މައްޗަށް ބިނާކޮށްފައިވާ މި ޑްރާމާއިން އަން ހްޔޯ ސޮޕް އަލުން ފެނިގެންދާނެއެވެ. މީގައި ކިޔައިދެނީ ދެކުނު ކޮރެއާގެ އެންމެ މޮޅު ޝެފް ހޮވުމަށް ބާއްވާ “ދަ ޓޭބަލް: ކޭ-ޝެފް 2026” މުބާރާތުގައި ބައިވެރިވާ ޝެފް ކަންގް ހާން (އަން ހްޔޯ ސޮޕް) އާއި، އޭނާގެ ރެސްޓޯރަންޓް ސަލާމަތްކުރުމަށް މަސައްކަތްކުރާ މެނޭޖަރު ޗޯއީ ސޮންގްޔީ (ހޮންގް ހްވާ ޔޯން) ގެ ވާހަކައެވެ.

  • ދަ ޕަރފެކްޓް ލައި
  • ރިލީޒްކުރާ ތާރީޚު: 30 އޮކްޓޫބަރު

“ޑޮކްޓަރ ރޮމޭންޓިކް” ގެ މަޝްހޫރު ޖޯޑު ޔޫ ޔޯން ސޮކް އާއި ސޯ ހްޔުން ޖިން 10 އަހަރަށް ފަހު މި ޑްރާމާއިން އަލުން ބައްދަލުވާނެއެވެ. ނަފްސާނީ ތުރިލާއެއްގެ ގޮތުގައި ފެންނަ މި ސީރީޒްގައި، ހިތުގެ އޮޕަރޭޝަން ޑޮކްޓަރެއް ކަމަށްވާ މިން ޖުންހޯ (ޔޫ ޔޯން ސޮކް) އާއި ލައިބްރޭރިއަނެއް ކަމަށްވާ ކިމް ޖީސޮން (ސޯ ހްޔުން ޖިން) ގެ ފުރަތަމަ ޑޭޓަށް ފަހު، އެއް ހާދިސާއެއްގެ ތަފާތު ދެ ހަޤީޤަތެއް ފެންމަތިވެ، ކަންތައްތައް އޮޅުންބޮޅުންވެގެންދާ ގޮތް ފެންނާނެއެވެ.

  • ޑެޑް-އެންޑް ޖޮބް
  • ރިލީޒްކުރާ ތާރީޚު: 30 އޮކްޓޫބަރު
މިވެސް ކިޔާލަން:  އެކްސް އޯ ކިޓީ ސީޒަން 3 - ރިލީޒްކުރާނެ ތާރީޚެއް ނޭނގިފައި

މިއީ ސިއްރުވެރި ބިރުވެރި ފެންޓަސީ ޑްރާމާއެކެވެ. ދަރަނިވެރިވެފައިވާ ހްޔުކް ޖުން (ލީ ޖައެ ވޫކް)، އާދައިގެ ވަޒީފާއަކަށްވުރެ 50 ގުނަ ބޮޑު މުސާރައެއް ލިބޭ “ސްޕައިޑަރ ހިއުމަން ރިސޯސް ސެންޓަރު” ގެ ވަޒީފާއަކަށް ދެއެވެ. ނަމަވެސް، އެތަނަކީ އޭނާ ހީކުރި ކަހަލަ ތަނެއް ނޫންކަމާއި، އެއީ ބިރުވެރި ނަރަކައެއް ފަދަ ތަނެއްކަން ވަރަށް އަވަހަށް އެނގިގެންދެއެވެ. މި ސީރީޒް ވެސް ނެޓްފްލިކްސް އިން ބަލާލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top