ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފަސްމަންޒަރު: ޑަޔާނާއަށް ނިދުނު ވަގުތު

– ތާރީޚުގެ ތެރެއަށް ދޫވި މަޝްހޫރު ފޮޓޯ

މުޅި ދުނިޔެއަށް ޕްރިންސެސް ޑަޔާނާ ފެނިގެންދިޔައީ ވާހަކަތަކުގައި ކިޔައި އުޅޭ ފަދަ ފުރިހަމަ ޕްރިންސެސްއެއްގެ ގޮތުގައެވެ. ނަމަވެސް އެއް ފޮޓޯއަކުން ވަނީ އެ ރީތި ތާޖުގެ ފަހަތުގައި ހުރި ވަރުބަލިވެފައިވާ ޒުވާން އަންހެން ކުއްޖާގެ އަސްލު ހަގީގަތް މުޅި ދުނިޔެއަށް ހާމަކޮށްދީފައެވެ.

މި ހާދިސާ ހިނގާފައިވަނީ 4 ނޮވެމްބަރު 1981 ގައެވެ. އުމުރުން އެންމެ 20 އަހަރުގެ ޕްރިންސެސް ޑަޔާނާ، އޭރުގެ ފިރިކަލުން ޕްރިންސް ޗާލްސްއާ އެކު ލަންޑަންގެ ވިކްޓޯރިއާ އެންޑް އަލްބަޓް މިއުޒިއަމްގައި ބޭއްވި ރަސްމީ ގާލާއަކަށް ވަޑައިގެންނެވިއެވެ. މަޑު ނޫކުލައިގެ ރީތި ހަވީރީ ހެދުމެއްގައި އިންނެވި ޑަޔާނާ، އެ އިވެންޓުގެ ތެރެއިން މާބޮޑަށް ވަރުބަލިފުޅުވެ، އިންނެވި ގޮނޑިކޮޅުގައި ކުޑަ ވަގުތުކޮޅަކަށް އަވަހާރަފުޅު ލެއްޕެވުނެވެ. މި ނާދިރު ވަގުތުކޮޅު ފޮޓޯގްރާފަރު ޓިމް ގްރަހަމްގެ ކެމެރާއަށް ނަގައި، މާ ގިނައިރުތަކެއް ނުވެ ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އެރިއެވެ. އެއާއެކު މީޑިއާތަކުން އޭނާއަށް “ސްލީޕިންގ ބިއުޓީ” ގެ ނަމުން މުޚާޠަބުކުރަން ފެށިއެވެ.

ޑަޔާނާ އެހާ ބޮޑަށް ވަރުބަލިފުޅުވެފައި ހުންނެވި ސަބަބު ސާފުވެގެން ދިޔައީ އޭގެ އަނެއް ދުވަހުއެވެ. ބަކިންގހަމް ޕެލަސްއިން ރަސްމީކޮށް އިޢުލާންކުރި ގޮތުގައި، ޑަޔާނާ އިންނެވީ އޭނާގެ ފުރަތަމަ ދަރިކަލުން ޕްރިންސް ވިލިއަމްއަށް ބަލިވެއެވެ.

މީގެ އިތުރުން، އޭރު ޑަޔާނާ ވަނީ ވޭލްސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެ ދުވަހު އޮތް ޕާލިމެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި އޭރު އޭނާ ދިޔައީ ޝާހީ އާ ދިރިއުޅުމަށާއި، ހުއްޓުމެއް ނެތި އާންމުންނާއި މީޑިއާގެ ސަމާލުކަން ލިބެމުންދިޔަ ދިރިއުޅުމަށް ހޭނެން މަސައްކަތް ކުރަމުންނެވެ.

މިވެސް ކިޔާލަން:  ފަސްމަންޒަރު: އަނބިގޮއްޔެއަށްޓަކައި 40 ދުވަހުން ކޮނެދިން ފެންވަޅު!

މި ފޮޓޯ ގިނަ ބައެއްގެ މެދުގައި ޚާއްސަވެގެން ދިޔައީ، ޑަޔާނާއަކީ ހަމައެކަނި ޝާހީ ޕްރިންސެސްއެއް ނޫން ކަމާއި، އޭނާއަކީވެސް އާންމު އެހެން އިންސާނުން ފަދައިން ވަރުބަލިކަން އިހުސާސްވާ ޒުވާން އަންހެނެއްކަން އެ ފޮޓޯއިން ސާފުކޮށް ފެނިގެންދާތީއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top