ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަޖްނާޒްގެ “ހަނދު” މީ ތަފާތު ރީތި ހަނދެއް!
"ހަނދު" ރިލީޒްކުރުމުގެ ތެރެއިން އަޖްނާޒް، ފަސީ / ކެޕް'ން ސިނަމާ ފިލްމްސް

ދިވެހި ފަންނާނު އަޖްނާޒް ޢަލީގެ އައު އަދި ތަފާތު ވީޑިއޯ ލަވަ “ހަނދު” މި މަހުގެ 9 ވަނަ ދުވަހު ރަސްމީކޮށް ރިލީޒްކޮށް، ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

މި ލަވަ ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ގިނަ މިއުޒީޝަނުންނާއި ލަވަކިޔުންތެރިން ބައިވެރިވި ޚާއްޞަ އިވެންޓެއް ކަމަށްވާ “ކާލާ މަންނަ” އިވެންޓްގައެވެ. މި ހަފްލާގައި ލަވަ ލޯންޗުކޮށްދިނީ ރާއްޖޭގެ މަޝްހޫރު އަދި ހުނަރުވެރި މިއުޒީޝަން ފަސީ ލައިވް އެވެ.

“ހަނދު” ރިލީޒްކުރުމުގެ ތެރެއިން އަޖްނާޒް، ފަސީ އަދި ކޮޕީ އިއްސެ / ފޮޓޯ: ކެޕް’ން ސިނަމާ ފިލްމްސް

ބ. ދަރަވަންދު އާއި ހުޅުމާލޭގެ ހިތްގައިމު މަންޒަރުތައް ފެނިގެންދާ މި ވީޑިއޯ ލަވައަކީ، މަޝްހޫރު ލަވަކިޔުންތެރިޔާ ފަތުޙުﷲ ޢަބްދުލް ފައްތާޙްގެ ހިތްގައިމު އަޑުން ކިޔާފައިވާ، އޭނާގެ އަމިއްލަ ޅެމަކަށް ތައްޔާރުކޮށްފައިވާ ރީތި މިއުޒިކެކެވެ.

މި ލަވައިގެ ޑައިރެކްޝަނާއި ޕްރޮޑަކްޝަންގެ އިތުރުން ސްކްރީންޕްލޭ އަދި ކޮސްޓިއުމް ޑިޒައިން ކޮށްފައިވަނީ ވެސް އަޖްނާޒް ޢަލީ އެވެ. އަދި ލަވައިގެ މައިގަނޑު ރޯލުތަކުން އަޖްނާޒްގެ އިތުރުން ފެނިގެންދަނީ ޝަހީދާ އަޙްމަދު އަދި މަޝްހޫރު އެކްޓަރު އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. މީގެއިތުރުން ލަވައިގެ ޕްރޮޑަކްޝަން ޑިޒައިނަރަކީ ވެސް އިސްމާޢީލް ރަޝީދެވެ.

މި ލަވައިގެ މޭކަޕް ފާތިމަތު އިޝާ އިބްރާހީމް ކޮށްދީފައިވާއިރު، ޑައިރެކްޓަރ އޮފް ފޮޓޯގްރަފީ (ޑީއޯޕީ)ގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ އިބްރާހީމް ޝުޖާޢު، ޝިވާޒް ޢަބްދުﷲ އަދި ސަމާޙް އިބްރާހީމެވެ. ވިޝުއަލް އިފެކްޓްސް (ވީއެފްއެކްސް) އަދި ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތް ވިޝާލް ޒަކީ ފުރިހަމަކޮށްދީފައިވާއިރު، މި ލަވައިގެ އެޑިޓިންގެ މުހިންމު މަސައްކަތް ކޮށްފައިވަނީ ހުނަރުވެރި އެކްޓަރު އަދި ޕޯސްޓް-ޕްރޮޑަކްޝަންގައި ފާހަގަކޮށްލެވޭ އަޙްމަދު އާޞިމް އެވެ.

މިވެސް ކިޔާލަން:  "ވިހާލި" ގެ "ލިފްޓް ގޮޅި" - އަޑި ނޭނގޭ ސިއްރުތަކެއް ބައިސްކޯފަށް!

‘ކެޕް’ން ސިނަމާ ފިލްމްސް’ގެ މި ލަވައާ ބެހޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު އަދި ލީޑް އެކްޓަރު އަޖްނާޒް ބުނީ، މިއީ ލޯބީގެ ބާރުވެރިކަން ވަރަށް ފުރިހަމައަށް ދައްކައިދޭ ލަވައެއް ކަމަށެވެ.

“އަޅުގަނޑު އަބަދުވެސް މަސައްކަތްކުރަނީ އަޅުގަނޑުގެ ކޮންމެ ލަވައަކީވެސް ވަން ޕީސް ލަވައަކަށް ހެދޭތޯ،” 

ތަފާތު މަސައްކަތެއް ގެނެސްދެވުނުކަމުގެ ހިތްހަމަޖެހުމާއެކު އޭނާ ބުންޏެވެ. އަދި މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އަޖްނާޒް ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

“ހަނދު” ލަވައިގެ ފުރިހަމަ ވީޑިއޯ މިހާރު ޔޫޓިއުބުން ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top