ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކާތިކް އާރްޔަން އަދި ސްރީލީލާގެ އާ ފިލްމު 2027 ގައި
އެކްސް

ބޮލީވުޑްގެ މަޤުބޫލު ތަރި ކާތިކް އާރްޔަން އަދި ސައުތު ސިނަމާގެ ޒުވާން ބަތަލާ ސްރީލީލާ އެކުގައި ފެނިގެންދާ އާ ރޮމޭންޓިކް މިއުޒިކަލް ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީޚު ރަސްމީކޮށް އިޢުލާންކޮށްފިއެވެ. ކުޅަދާނަ ޑައިރެކްޓަރު އަނުރާގް ބާސޫ ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 30 އެޕްރީލް 2027 ގައެވެ.

ޓީ-ސީރީޒްގެ ބޫޝަން ކުމާރު އަދި ކްރިޝަން ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމުގެ މިއުޒިކް ތައްޔާރުކުރަނީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ޕްރީތަމް އެވެ. މިއީ ކާތިކް އަދި ސްރީލީލާ އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރެވެ. އަދި މިއީ ފިލްމު “ޕުޝްޕާ 2” ގެ ލަވަ “ކިސިކް” އިން ހިންދީ ސިނަމާގެ ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދި ސްރީލީލާ ބޮލީވުޑަށް ތައާރަފުވާ ފުރަތަމަ ފިލްމުވެސް މެއެވެ.

އަދި ވަކި ނަމެއް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މި ފިލްމަށް “ތޫ މޭރީ ޒިންދަގީ ހޭ” ކިޔަން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ފިލްމު އިޢުލާންކުރަމުން ޓީ-ސީރީޒްއިން “އެކްސް” ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، “ހިތުގައި ބިންވަޅު ނެގިގެންދާނެ އާ ވާހަކައެއް ބޮޑު ސްކްރީނަށް ގެނައުމަށް މިހާރު ވަނީ ތައްޔާރުވެފައި” ކަމަށެވެ.

މި ފިލްމުގެ އާ ޕޯސްޓަރުގައި ފެންނަނީ ދަނޑެއްގެ ތެރޭގައި ތަފާތު ކަންޓްރީ ލުކެއްގައި ކާތިކް އިށީނދެގެން އިންނައިރު، އޭނާގެ ކުރިމަތީގައި ސްރީލީލާ އިށީނދެގެން އިންނަ މަންޒަރެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، 30 އެޕްރީލް 2027 ގައި މި ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ އެ ދުވަސްވަރު ބޮލީވުޑްގެ އެހެން ބޮޑު ފިލްމަކާ ކުރިމަތިލާން ނުޖެހޭނެ ފަދަ ސްޓްރެޓެޖިކް ގޮތަކަށެވެ.

މިވެސް ކިޔާލަން:  ސަނީގެ "ގަދަރް 2 " އަންނަ އަހަރު

މި ފިލްމު ސިނަމާތަކަށް އަންނާނީ، އެސްއެސް ރާޖަމޯލީ ޑައިރެކްޓްކޮށް މަހޭޝް ބާބޫ އަދި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ލީޑް ރޯލުން ފެންނަ “ވަރަނާސީ” ރިލީޒްކުރާތާ ގާތްގަނޑަކަށް ތިން ހަފުތާ ފަހުންނެވެ. އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ 7 އެޕްރީލް 2027 ގައެވެ. މީގެ އިތުރުން، އެ އަހަރު ދެން އެންމެ އަވަހަށް ރިލީޒްވާނެ ބޮޑެތި ފިލްމުތަކަކީ 14 މެއި 2027 ގައި އެއް ދުވަހެއްގައި ނެރުމަށް ހަމަޖެހިފައިވާ “ލަގް ޖާ ގަލޭ” އަދި ސޯރަވް ގަންގޫލީގެ ބަޔޯޕިކް “ދާދާ” އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top