ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އާވާރާޕަން” ގެ ތިންވަނަ ބައެއް ހަދަނީ؟
ގޫގަލް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝްމީގެ ކާމިޔާބު ފިލްމު “އާވާރާޕަން 2” އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދިޔަ ނަމަވެސް، މި ފްރެންޗައިޒްގެ ތިންވަނަ ބައެއްގެ ވާހަކަ އަދި ލިޔަން ނުފަށާ ކަމަށް އެ ފިލްމުގެ ވާހަކަ ލިޔުންތެރިޔާ ބިލާލް ސިއްދީޤީ ހާމަކޮށްފިއެވެ.

“އިންޑިއާ ޓުޑޭ” އަށް ދިން އިންޓަވިއުއެއްގައި ބިލާލް ބުނީ، ޕްރޮޑިއުސަރު ވިޝޭޝް ބަޓް “އާވާރާޕަން 2” ނިންމާލާފައިވަނީ އިތުރު ބައެއް ހަދަން ބޭނުންވެއްޖެ ހާލަތެއްގައި އެ ފުރުސަތު އޮންނާނެ ފަދަ ގޮތަކަށް ކަމަށެވެ. ނަމަވެސް، “އާވާރާޕަން 3” ގެ އެއްވެސް މަސައްކަތެއް އަދި ރަސްމީކޮށް ފަށާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ބިލާލް ފާހަގަކުރި ގޮތުގައި، ފިލްމުގެ މައި ކެރެކްޓަރު “ޝިވަމް” އަށް ސަޕޯޓަރުން ކުރާ ތާއީދުގެ ސަބަބުން ތިންވަނަ ބައެއް ބަލަން އެމީހުން ބޭނުންވާނެ ކަމާމެދު ޝައްކެއް ނެތެވެ. އެހެންނަމަވެސް، ދެން ވާނެ ގޮތެއް އެނގޭނީ ޕްރޮޑިއުސަރުގެ ވިސްނުން ހުރިގޮތެއް އެނގުމުން ކަމަށާއި، އަދި އެއްވެސް ވާހަކައެއްގެ މަސައްކަތް ފެށިފައި ނުވާ ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.

“އާވާރާޕަން 2” ގެ މަސައްކަތާ ގުޅޭގޮތުން ބިލާލް ބުނީ، އޭނާ އެ ފިލްމު ލިޔުމުގައި ހަރަކާތްތެރިވީ ފިލްމުގެ ފުރަތަމަ ބައިގެ ވަރަށް ބޮޑު ފޭނެއްގެ ހައިސިއްޔަތުން ކަމަށެވެ. އެގޮތުން، ދެވަނަ ބައި ބައްޓަންކުރުމުގައި ސަޕޯޓަރުން އެދޭނެ ކަންކަމަށް ވަރަށް ބޮޑަށް ބެލި ކަމަށާއި، ޚާއްސަކޮށް “ތޭރާ މޭރާ ރިޝްތާ ޕުރާނާ” ލަވަ ފަދަ މުހިންމު ހަނދާންތައް ދެވަނަ ބައިގައި ހިމެނުމަށް އިސްކަންދިން ކަމަށް އޭނާ ބުންޏެވެ.

މިވެސް ކިޔާލަން:  އޯޒެމްޕިކް ފަދަ ބަރުދަން ލުއިކުރާ ބޭސްތަކުގެ ސަބަބުން އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ

މީގެ އިތުރުން، ފުރަތަމަ ބައިގައި ލޯތްބަށްޓަކައި ހަނގުރާމަކުރި ޝިވަމްގެ ކެރެކްޓަރު، ދެވަނަ ބައިގައި މުޅިން އާ މާހައުލަކަށް ގެނެސް، އިތުރު ބޮޑެތި މިޝަންތަކެއް ފުރިހަމަކުރާ ހެޔޮލަފާ މީހެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާނެ ކަމަށް ބިލާލް ފާހަގަކުރިއެވެ.

ފިލްމަށް ޒުވާން ޖީލު ނުވަތަ “ޖެން-ޒީ” ގެ ފަރާތުން ލިބެމުންދާ ތަރުހީބާމެދު ބިލާލް ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައެވެ. އޭނާ ބުނީ ފުރަތަމަ ބައި ނުބަލާ ޒުވާނުންނަށް ވެސް މި ފިލްމު ކަމުދިޔުމަކީ ފިލްމު އަމިއްލަ ފައިމައްޗަށް ތެދުވެ، އޭގެ މަޤުސަދު ހާސިލުވި ކަމުގެ ހެއްކެއް ކަމަށެވެ.

ނިތިން ކައްކަރު ޑައިރެކްޓްކޮށްފައިވާ “އާވާރާޕަން 2” ސިނަމާތަކަށް ނެރެފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top