ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޓައިގަރ ޝްރޮފްގެ އާ ފިލްމަށް ނުޝްރަތު ބަރޫޗާ އާއި ޕަޝްމީނާ ރޯޝަން
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ އެކްޝަން ތަރި ޓައިގަރ ޝްރޮފާއި މަޝްހޫރު ކޮރިއޮގްރާފަރު އަދި ޑައިރެކްޓަރު ރެމޯ ޑިސޫޒާ އަލުން ގުޅިގެން އުފައްދާ އެކްޝަން ފިލްމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މި ފިލްމުގެ އަންހެން ލީޑް ރޯލުތަކަށް ނުޝްރަތު ބަރޫޗާ އާއި ޕަޝްމީނާ ރޯޝަން ހަމަޖައްސައިފިއެވެ.

މި ފިލްމަކީ 2016 ވަނަ އަހަރު ނެރުނު “އަ ފްލައިންގް ޖެޓް” އަށް ފަހު ޓައިގަރ އާއި ރެމޯ އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މި ފިލްމަށް ނުޝްރަތު ހަމަޖެއްސީ އޭނާގެ އެކްޓިން ހުނަރާއި ބެލުންތެރިންނަށް ކަމުދާނެ އާ ސިފައެއްގައި އޭނާ ފެންނާނެތީ ކަމަށް ފިލްމާ ގާތް ފަރާތްތަކުން ބުނެއެވެ. ނުޝްރަތުގެ އިތުރުން “އިޝްގް ވިޝްގް ރީބައުންޑް” އިން ފެނިގެންދިޔަ ޕަޝްމީނާ ރޯޝަން ވެސް މި ފިލްމުގެ މުހިންމު ރޯލަކުން ފެންނާނެއެވެ.

މި ފިލްމުގެ އެހެން ބައެއް ރޯލުތަކުން އަބީޝެކް ބެނަޖީ އާއި އެލްވިޝް ޔާދަވް ވެސް ފެންނާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މިއީ އިންޑިއާގެ ވިޔަފާވެރިޔާ ވިކީ ޖެއިންގެ “ވީޖޭ ފްރޭމްސް” އިން އުފައްދާ ފުރަތަމަ ފިލްމެވެ. އަދި މިއީ އެކްޝަން ފްރެންޗައިޒްއެއްގެ ފުރަތަމަ ބައިގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތެކެވެ.

ޓައިގަރ ޝްރޮފް އެންމެ ފަހުން ފެނިގެންދިޔައީ އޭ. ހަރްޝާ ޑައިރެކްޓްކުރި “ބާގީ 4” އިންނެވެ. ނުޝްރަތު ބަރޫޗާ އެންމެ ފަހުން ފެނުނީ “އުފް ޔޭ ސިޔާޕާ” އިންނެވެ. ޕަޝްމީނާ ރޯޝަން އަކީ އޭނާގެ ފުރަތަމަ ފިލްމު “އިޝްގް ވިޝްގް ރީބައުންޑް” އިން ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ހޯދާފައިވާ ތަރިއެކެވެ.

މިވެސް ކިޔާލަން:  "ނީނާ" ގެ ތިން ސިފައިގެ ތެރެއިން ސިފައެއް ދައްކާލައިފި

މި ފިލްމާ ބެހޭ އިތުރު ތަފްސީލުތައް ފިލްމުގެ ޓީމުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ބޮޑު ފިލްމަކަށް ވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top