ރާގު: ޖައްވުން ފެނިއްޖެޔޭ ތަރި
ދެއްކެވި އެ މުޢުޖިޒާތުން، ހިތްތައް ފަތަޙަ ކުރެއްވީ
ޝިރުކުގެ ޖަހާލަތު އަނދިރިން، ޣާފިލުތަކުންނެ ހޭލީ
————-
މައްކާގެ މުޝްރިކުންތައް، އެދުމުން އެ މުޢުޖިޒާތަށް، ހަނދު ދެފަޅިވީއެ އަމުދުން، ދެއްވެވި އިޝާރަތުން ދެން

އިސްރާގެ މުޢުޖިޒާތުން، ރޭގަނޑު ދަތުރުކުރައްވާ، ދެ ހަރަމްފުޅުން ވަޑައިގެން، ދީދާރުވީ އިލާހާ

ފެންއާރުތައް އެ އޮހިގަތް، މާތް އިނގިލިފުޅުގެ ދެމެދުން، ކުޑަ ފެންފޮދެއްގެ އަސްލުން، ވިތިޔާގި އެންމެނަށް ފެން

އަކުރެއް ސަފުން ނުގެނެވޭ، މާތްވީ ވަހީގެ ބަސްފުޅު، ލައުޙުން ބިމަށްވެ ތަންޒީލް، ދުސްތޫރު އުއްމަތަށްވީ

ދޭދޭ ޖަލީސުނަށްހުރި، ކުޑައެތިކޮޅުން އެކާނާ، ތިން ސައްތަ މީހުނަށް ފުދި، ވީ އިތުރު މުޢުޖިޒާތުން

@muniavas 5 Miracles of the Beloved Prophet ﷺ ލޮބުވެތި ނަބިއްޔާ ﷺ ގެ 05 މުޢުޖިޒާތެއް Madhaha (Nasheed)#muniavascreation #ai #prophetemuhammad Lyrics, Original Vocal, Editing & Direction By @unmaday ♬ original sound – MUNIAVAS