ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ކަރީ ޗިކަން ސެލަޑް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 15 މިނެޓް
⏱️ ކެއްކުމަށް ހޭދަވާނެ ވަގުތު: 15 މިނެޓް
⏱️ ޖުމްލަ ހޭދަވާނެ ވަގުތު: 30 މިނެޓް
🍽️ ތައްޔާރުކުރެވޭނެ މިންވަރު: 4 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

ޑްރެސިން ތައްޔާރުކުރުމަށް:

● ¼ ޖޯޑު މެޔޮނައިޒް
● ¼ ޖޯޑު ޕްލެއިން ޔޯގަޓް
● 1 ސައިސަމުސާ ލުނބޯ ހުތް
● ½ ސައިސަމުސާ މާމުއި
● 1 ސައިސަމުސާ ކަރީ ޕައުޑަރު
● ¼ ސައިސަމުސާ ލޮނު
● މުގުރި އަސޭމިރުސް (ރަހަލާވަރަށް)

ސެލަޑަށް:

● 450 ގްރާމް ކުކުޅު މޭމަތީ މަސް
● ކުޑަ ލޮނުކޮޅަކާއި އަސޭމިރުސް
● 2 ސެލެރީ ދަނޑި
● 3 ފިޔާ ފަތް (ގްރީން އަނިއަން)
● ½ ޖޯޑު އާމަންޑް (ތުނިކޮށް ކޮށާފައި)
● ½ ޖޯޑު ހިކިމޭބިސްކަދުރު

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ފުރަތަމަ ޑްރެސިން ތައްޔާރުކުރުމަށްޓަކައި ކުޑަ ބޯތަށްޓެއްގައި މެޔޮނައިޒް، ޔޯގަޓް، ލުނބޯ ހުތް، މާމުއި، ކަރީ ޕައުޑަރު، ލޮނު އަދި އަސޭމިރުސް އެއްކޮށްލާށެވެ. ރަހަ ބެލުމަށްފަހު، ބޭނުންވާނަމަ ކަރީ ޕައުޑަރު ނުވަތަ ލޮނު އިތުރުކުރެވިދާނެއެވެ.

2 – ކުކުޅު މޭމަތީ މަސްގަނޑުގެ ދެފަރާތުގައި ލޮނާއި އަސޭމިރުސް ހާކާލުމަށްފަހު، ގްރިލްއެއްގައި ނުވަތަ ތަވައެއްގައި ރަނގަޅަށް ރޯފިލަންދެން ކައްކާލާށެވެ. ކުކުޅު ކެކުމުން، ސެލަޑުގެ އެހެން ބައިތައް ތައްޔާރުކުރެވެންދެން ކުކުޅުކޮޅު ހިހޫކުރަން ބަހައްޓާށެވެ.

3 – ސެލެރީ އަދި ފިޔާފަތް ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު ބޮޑު ބޯތަށްޓަކަށް ފިޔާފަތް، ސެލެރީ، އާމަންޑް އަދި ހިކިމޭބިސްކަދުރު އަޅާށެވެ.

4 – ކައްކާފައި ހުރި ކުކުޅުކޮޅު ގޮޅިކޮށް ކޮށާލުމަށްފަހު، ސެލެރީ އާއި އެހެނިހެން ބައިތައް ހުރި ބޯތަށްޓަށް އަޅާލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށްފަހު، ކުރިން ތައްޔާރުކުރި ޑްރެސިން އޭގެ މައްޗަށް އަޅައި، ހުރިހާ އެއްޗެއްގައި ޑްރެސިން ހޭކޭނޭހެން ރަނގަޅަށް އެއްކޮށްލާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top