ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެންދެރި ބޮޑުބެރު ގުރޫޕްގެ އާ ލަވަ “ރަނި ދެޔޯ” ނެރެފި

ދިވެހި މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ އެންދެރި ބޮޑުބެރު ގްރޫޕުގެ އައު ވީޑިއޯ ލަވަ “ރަނި ދެޔޯ” ރަސްމީކޮށް ރިލީޒްކޮށްފިއެވެ. މި ލަވަ އާންމުންނަށް ދޫކޮށްލާފައިވަނީ މިދިޔަ ބުދަ ދުވަހު އެ ގްރޫޕުގެ ރަސްމީ ޔޫޓިއުބް ޗެނަލް މެދުވެރިކޮށެވެ.

“ރަނި ދެޔޯ” އަކީ އިންސާނުންގެ ލޮލަށް ނުފެންނަ، ނޭނގޭ ވަކި ދުނިޔެއަކަށް ނިސްބަތްވާ ރޫހާނީ ރާނީއަކުދެކެ އިންތިހާއަށް ލޯބިވެވޭ ޒުވާނެއްގެ ޖަޒުބާތީ އަދި ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ލަވައެކެވެ. މި ލަވައިން ފެނިގެންދަނީ އެ ރޫހާނީ ރާނީގެ ޖާދުވީ ރީތިކަމަށް ހިތްކިޔައި، ހަޤީޤަތުގެ އިމުން ބޭރުވެ، ދުވަހަކުވެސް އަތުނުވާނެ ފަދަ ލޯތްބަކަށް އެދި އެ ޒުވާނާ ކުރާ އުންމީދާއި ތަހައްމަލުކުރާ ހިތްދަތި ކަންތައްތަކެވެ.

މި ލަވައިގެ މެލޮޑީ ތައްޔާރުކޮށް، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސްކޮށްފައިވަނީ އެންދެރި ބޮޑުބެރު ގްރޫޕުންނެވެ. އަދި ލަވައިގެ މައިގަނޑު އަޑަކީ ފާލިހް އާދަމްގެ އަޑެވެ. ލަވައިގެ މިކްސިން އަދި މާސްޓަރިން ހަދާފައިވަނީ މަޝްހޫރު މިއުޒިކް ޕްރޮޑިއުސަރ ފަތޯ އެވެ. މީގެ އިތުރުން، މި ލަވައިގެ ވީޑިއޯގްރަފީ، އެޑިޓިން އަދި ކަލަރ ގްރޭޑިންގ ހަދާފައިވަނީ އަލިން މާޝަލް އެވެ.

މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ނަޝީދާ އަލީ، ސުވާ އިބްރާހިމް، އިޔާން އަބްދުއްސަމަދު، އަބޫބަކުރު ހާރޫން، މައުރޫފް ހާރޫން، ޝިފާއު އަހުމަދު، ރިޒާން އަބްދުލްޣަނީ އަދި ރީހާން ވެދެއްވި އެހީތެރިކަން އެންދެރި ގްރޫޕުން ވަނީ ޚާއްސަ ޝުކުރަކާއެކު ފާހަގަކޮށްފައެވެ.

ޔޫޓިއުބްގެ އިތުރުން ސައުންޑްކްލައުޑް މެދުވެރިކޮށް ވެސް މިހާރު “ރަނި ދެޔޯ” އަޑުއަހާލެވޭނެ ކަމަށް އެ ގްރޫޕުން މަޢުލޫމާތު ދެއެވެ. މި ތަފާތު ކޮންސެޕްޓަށް ތައްޔާރުކޮށްފައިވާ ލަވައަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

މިވެސް ކިޔާލަން:  އެންދެރި ބޮޑުބެރު ގްރޫޕުގެ "ރަންދާމުޅާ" އަށް ބޮޑު ތަރުހީބެއް: މިއީ މިއަހަރުގެ "ލަވް އެންތަމް" ؟
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top