ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕޮލިސް ޗެމްޕިއަންކަން ހޯދައިފި
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެފްބީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޕޮލިސް ކުލަބް ހޯދައިފި އެވެ. ޕޮލިސް ކުލަބް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރޭ ކުޅެވުނު ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެން ނެވެ. ރޭގެ ފައިނަލްގައި ޕޮލިސް ކުލަބާއި ބައްދަލުކުރީ ދިވެހި ސިފައިންގެ ކުލަބެވެ.

މި މުބާރާތުގައި ވާދަކޮށްފައި ވަނީ ޤައުމީ ވޮލީ ލީގު ފިރިހެން ޑިވިޝަންގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމުކަމުގައިވާ ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބް އަދި ކުލަބް އެޗްޑީސީ އާއި ކުލަބް އެމްޓީސީސީ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވެސް މި ދެ ޓީމު ބައްދަލުކޮށްފައިވާއިރު، އެ މެޗް 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކުލަބެވެ. ވާދަވެރި ފޯރިގަދަ މެޗަކަށް ވާނެކަމަށް ކުރިން ބެލެވުނު، މި މެޗުގެ ފޯރި އާއި ޖޯޝް ވަނީ ފައިނަލް މެޗުގެ ކުރިން ގެއްލިފަ އެވެ. މުބާރާތުގެ ތެރެއިން ޝެޑިއުލަށް ގެނައި ބަދަލާއިއެކު ފައިނަލް މެޗު އެއް ދުވަސް ލަސްވެ، ދިވެހި ސިފައިންގެ ކުލަބްގެ ބިދޭސީ ދެ ކުޅުންތެރިން ވަނީ ފައިނަލް މެޗުގެ ކުރިން ފުރަން ޖެހިފަ އެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި މި ދެ ކުޅުންތެރިންނާއިނުލައި ނުކުތް ދިވެހި ސިފައިންގެ ކުލަބްގެ ފަރާތުން ފައިނަލް މެޗުގައި ފެނުނީ އެންމެ އާދައިގެ ކުޅުމެކެވެ.

ސީދާ ތިން ސެޓުން ޕޮލިސް ކުލަބް ކާމިޔާބުކުރި މި މެޗުގެ ސެޓްތައް ޕޮލިސް ކުލަބް ހޯދީ 25-11 އާއި 25-18 އަދި 25-20 އިން ނެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް – އެފްބީ

މުބާރާތުގެ އެކިއެކި މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލައިލާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޕޮލިސް ކުލަބެވެ. މުބާރާތުގެ ދެވަނަ ޓީމަކީ ދިވެހި ސިފައިންގެ ކުލަބެވެ. އަދި މުބާރާތުގެ ތިންވަނަ ޓީމަކީ ކުލަބް އެޗްޑީސީ އެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނިފައި ވަނީ ޕޮލިސް ކުލަބްގެ ޢަލީ މައުރޫފް، ދިވެހި ސިފައިންގެ ކުލަބްގެ އަޙްމަދު ނަބީލް، ޕޮލިސް ކުލަބްގެ އަޙްމަދު ނާފިއު، ޕޮލިސް ކުލަބްގެ އަންދްރޭ ވަސިލެންކޯ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޕޮލިސް ކުލަބްގެ ކޯޗު ނަސްރުﷲ ތޯހާ އެވެ.

މިވެސް ކިޔާލަން:  ފައިނަލްގެ ދެވަނަ ޖާގަ ޕޮލިސް ހޯދައިފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top