ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފައިނަލްގެ ދެވަނަ ޖާގަ އެމްޓީސީސީއަށް
މުބާރާތުގެ ތިންވަނަ ހޯދި ހުރާ ކޮމިއުނިޓީ ކުލަބް / ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެފްބީ

ޤައުމީ ވޮލީބޯޅަ މުބާރާތް 2026 އަންހެން ޑިވިޝަންގެ ފައިނަލްގެ ދެވަނަ ޖާގަ ޓީމު އެމްޓީސީސީ ހޯދައިފި އެވެ. ފައިނަލްގެ ދެވަނަ ޖާގަ ކުލަބް އެމްޓީސީސީ ހޯދީ ސެމީ ފައިނަލްގެ ތިންވަނަ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބާއި ބައްދަލުކޮށް 3 ސެޓް 2 ސެޓުން މެޗު ކާމިޔާބުކޮށްގެން ނެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުން މޮޅުވި ހުރާ ކޮމިއުނިޓީ ކުލަބާއި ސެމީ ފައިނަލްގެ ދެވަނަ މެޗުން ބަލިވި ކުލަބް އެމްޓީސީސީގެ މި ކުރިމަތިލުން ވެގެން ދިޔައީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުރިމަތިލުމަކަށެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި އެއްވެސް ޓީމަކަށް ތަފާތު ބޮޑު މޮޅު ކުޅުމެއް ދެއްކިފައިއެއް ނުވެ އެވެ.

މި މެޗުގެ ފުރަތަމަ ސެޓްގެ ކުރީކޮޅު އެމްޓީސީސީން ރަނގަޅު ކުޅުމެއް ދައްކައި ލީޑު ފުޅާކުރި ނަމަވެސް ސެޓްގެ ފަހުކޮޅު ހުރާއިން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. މި ސެޓް އެމްޓީސީސީއިން ކާމިޔާބުކުރީ 25-21 އިން ނެވެ. ފުރަތަމަ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދައްކައި ހުރާއިން ވަނީ ދެވަނަ ސެޓް ކާމިޔާބުކޮށްފަ އެވެ. ސެޓް ފެށީއްސުރެ ރަނގަޅަށް ކުޅުނު ހުރާއިން މި ސެޓް ކާމިޔާބުކުރީ 20-25 އިން ނެވެ.

ދެ ސެޓް ދެ ޓީމު ހޯދުމާއިއެކު ތިންވަނަ ސެޓްގެ ފޯރި ގަދަވި އެވެ. މި ސެޓް ފަށައިގެން ރަނގަޅަށް ކުޅެ ލީޑުގައި އޮތީ އެމްޓީސީސީ އެވެ. ސެޓްގެ ފަހުކޮޅު ހުރާއިން ކުޅުން ރަނގަޅުކޮށް ޕޮއިންޓްގެ ފަރަގު ކުޑަކުރި ނަމަވެސް އެމްޓީސީސީއިން 25 ޕޮއިންޓް ހޯދިއިރު ހުރާއަށް ހޯދުނީ 22 ޕޮއިންޓެވެ. ހަތަރުވަނަ ސެޓް ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ހޯދަން ނުކުތް އެމްޓީސީސީއަށް މި ސެޓްގެ ކުރީކޮޅު އެންމެ ރަނގަޅު ކުޅުން ދެއްކޭ ގޮތެއް ނުވި އެވެ. ސެޓް ފެށީއްސުރެ ލީޑުގައި އޮވެ ކުޅެމުންދިޔަ ހުރާ އާއި ސެޓްގެ ފަހުކޮޅު އެއްވަރުކޮށް ލީޑު ނެގި ނަމަވެސް، ހުރާއިން ވަނީ ދެވަނަ ފަހަރަށް ލީޑު ހޯދައި 24-26 އިން ސެޓް ކާމިޔާބުކޮށްފައެވެ.

މިވެސް ކިޔާލަން:  ސްޕައިކާރސް ޗެމްޕިއަންކަން ހޯދައިފި

ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓް ވެސް ވެގެން ދިޔައީ ވާދަވެރިކަން ބޮޑު ފޯރިގަދަ ސެޓަކަށެވެ. މި ސެޓްގެ ކުރީކޮޅު ލީޑުގައި އޮވެ ރަނގަޅަށް ކުޅެމުން ދިޔައީ ހުރާއިން ނެވެ. ހުރާއިން ކާމިޔާބުކޮށްފާނެ ކަމަށް ބެލެވުނީ މި ސެޓްގައި އެމްޓީސީސީއަށް ހުރާއާއި އެއްވަރު ކުރެވުނީ 13-13 އިން ނެވެ. ދެވަނަ ފަހަރަށް ލީޑު ނެގި ހުރާގެ މައްޗަށް އެމްޓީސީސީއިން ކާމިޔާބު ހޯދި 15-15 އިން އެއްވަރުކޮށް، ލީޑު ނަގައި 17-15 އިން ނެވެ.

މި މެޗުން ބަލިވި ހުރާއަށް ލިބުނު ތިންވަނަ މަގާމާއިއެކު މެޑަލް ހަވާލުކުރުން މި މެޗަށްފަހު ކުރިޔަށް ގެންގޮސްފައިވެ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 1 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހުގެ ރޭ އެވެ. 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ކުލަބް ވެމްކޯ އާއި ޓީމު އެމްޓީސީސީ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top