ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
މޭވާއާއި ޔޯގަޓް ސްމޫތީ – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

މިއީ ވަރަށް ފަސޭހައިން، އެންމެ ފަސް މިނެޓުން ތައްޔާރުކޮށްލެވޭ އަނގަޔަށް މީރު، ސިއްޙަތަށް ފައިދާހުރި ބުއިމެކެވެ.

⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 5 މިނިޓު
🍽️ ތައްޔާރުކުރެވޭނެ މިންވަރު: 2 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

● 1 ޖޯޑު ސްޓްރޯބެރީ
● 1 ދޮންކެޔޮ
● ½ ޖޯޑު ޔޯގަޓް
● ¼ ޖޯޑު އަލަނާސި ޖޫސް
● 1 ½ ސައިސަމުސާ ހަކުރު
● 1 ސައިސަމުސާ އޮރެންޖު ޖޫސް
● 1 ސައިސަމުސާ ކިރު

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ސްޓްރޯބެރީ، ދޮންކެޔޮ، ޔޯގަޓް، އަލަނާސި ޖޫސް، ހަކުރު، އޮރެންޖު ޖޫސް އަދި ކިރު މިކްސަރަށް އަޅާށެވެ.

2 – ހުރިހާ ތަކެތި ރަނގަޅަށް އޮމާންވަންދެން ގިރައިލާށެވެ.

3 – ތަށްޓަށް އަޅައިގެން ސާވް ކުރާށެވެ.

މިވެސް ކިޔާލަން:  އަނބު ސްމޫތީ ތައްޔާރުކުރާނެ ގޮތް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top