ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
އިހި ރާމެން ސްޓިރ-ފްރައި – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 20 މިނެޓް
⏱️ ކެއްކުމަށް ހޭދަވާނެ ވަގުތު: 15 މިނެޓް
⏱️ ޖުމްލަ ހޭދަވާނެ ވަގުތު: 35 މިނެޓް
🍽️ ތައްޔާރުކުރެވޭނެ މިންވަރު: 2 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

● ½ ޖޯޑު ސޯޔާ ސޯސް
● ¼ ޖޯޑު ބްރައުން ޝުގަރ
● 2 މޭޒުމަތީ ސަމުސާ ތާޒާ އިނގުރު (ކޮށާފައި)
● 2 މޭޒުމަތީ ސަމުސާ ތާޒާ ލޮނުމެދު (ކޮށާފައި)
● 2 މޭޒުމަތީ ސަމުސާ ރައިސް ވިނެގަރ
● 1 މޭޒުމަތީ ސަމުސާ ސިރާޗާ ސޯސް
● 2 ޕެކެޓު ރާމެން ނޫޑްލިސް (މަސާލާ ޕެކެޓު ނުލާ)
● 1 މޭޒުމަތީ ސަމުސާ ބަޓަރު
● 4 މޭޒުމަތީ ސަމުސާ ސެސަމީ އޮއިލް (ވަކިވަކިން ބޭނުންކުރަން)
● 1 ޕައުންޑު އިހި (ނޮޅައި ސާފުކޮށްފައި)
● ½ ޖޯޑު ޒުކީނީ ނުވަތަ ސަމަރ ސްކޮޝް (ކުދިކޮށް ކޮށާފައި)
● ½ ރަތް ބެލް ޕެޕަރ (ކުދިކޮށް ކޮށާފައި)
● ½ ރީނދޫ ބެލް ޕެޕަރ (ކުދިކޮށް ކޮށާފައި)
● ½ ފިޔާ (ކުދިކޮށް ކޮށާފައި)
● ½ ޖޯޑު މަޝްރޫމް (ފޮތިކޮށްފައި)

ގާނިޝް ކުރުމަށް

● 1 ބޮޑު ކުކުޅު ބިސް (ފެނުކައްކައި، ތޮށި ނޮޅައި ދެފަޅިކޮށްފައި)
● ކެރެޓު (ގާނާފައި)
● 2 ފަޅި ލުނބޯ

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ބޯތަށްޓެއްގެ ތެރޭގައި ސޯޔާ ސޯސް، ބްރައުން ޝުގަރ، ލޮނުމެދު، އިނގުރު، ރައިސް ވިނެގަރ އަދި ސިރާޗާ ސޯސް ރަނގަޅަށް އެއްކޮށްލުމަށްފަހު ބަހައްޓާށެވެ.

2 – ތެއްޔެއްގައި ފެންކައްކައި، އޭގެ ތެރެއަށް ކުޑަ ލޮނުކޮޅެއް އެޅުމަށްފަހު، ޕެކެޓުގައިވާ އިރުޝާދާ އެއްގޮތަށް ރާމެން ނޫޑްލިސް ކައްކާލާށެވެ. އެއަށްފަހު ފެން ފޭދުމަށްފަހު އެއްފަރާތެއްގައި ބަހައްޓާށެވެ.

3 – އެ ވަގުތުގެ ތެރޭގައި، ވޮކެއް ނުވަތަ ބޮޑު ތަވައެއްގައި ބަޓަރާއި 1 ½  މޭޒުމަތީ ސަމުސާ ސެސަމީ އޮއިލް އަޅައި ހޫނުކުރާށެވެ.

4 – ތަވައަށް އިހިތައް އަޅައި، ކޮންމެ ފަރާތެއް 2 ނުވަތަ 3 މިނެޓު ވަންދެން (އިހީގެ ކުލަ ބަދަލުވަންދެން) ކައްކާށެވެ. ކެއްކުމުން ތަވައިން ނަގައި ވަކިން ބަހައްޓާށެވެ.

5 – ތަވައަށް 1 މޭޒުމަތީ ސަމުސާ ސެސަމީ އޮއިލް އެޅުމަށްފަހު، ޒުކީނީ، ބެލް ޕެޕަރ، ފިޔާ އަދި މަޝްރޫމްތައް އަޅާށެވެ. 3 ނުވަތަ 4 މިނެޓު ވަންދެން ހަލަމުން ތަރުކާރީތައް ކައްކާށެވެ.

6 – ކައްކާފައިވާ ތަރުކާރީތައް ތަވައިގެ އެއްފަރާތަކަށް ޖައްސާލުމަށްފަހު، ކުރިން ކައްކާފައިވާ ރާމެން ނޫޑްލިސް އަޅައި އެއްކޮށްލާށެވެ.

7 – ކައްކާފައިވާ އިހިތަކާއި ތައްޔާރުކުރި ސޯސްގެ ތެރެއިން މަދު މިންވަރެއް ކޮންމެ ފަހަރަކު އަޅަމުން ގޮސް ރަނގަޅަށް އެއްކޮށްލާށެވެ. ނޫޑްލިސްގައި ސޯސް ގިނަކުރަން ބޭނުން ނުވާނަމަ، ސޯސްކޮޅެއް ބާކީ ބެހެއްޓިދާނެއެވެ.

8 – ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ތަށްޓަކަށް އަޅައިގެން ހޫނުކޮށް ހުއްޓާ ސާވް ކުރާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top