ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއޭސީއެލް އާއި ޕޮލިސް ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި  
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިންޓަރ އޮފީސް ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕް 2026 އަންހެން ޑިވިޝަންގައި އެމްއޭސީއެލް އާއި ޕޮލިސް ކުޅުނު ދެވަނަ މެޗުން ވެސް އެ ދެ ޓީމު މޮޅުވެއްޖެ އެވެ.

އިއްޔެ އާއި ރޭ މުބާރާތުގެ ދެ މެޗު ކުޅެފައިވާއިރު، އިއްޔެ ހަވީރު ކުޅެވުނީ މުބާރާތުގެ ތިންވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ އެމްއޭސީއެލް އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯރޓްސް އެންޑް ފިޓްނަސް އެވެ. މިއީ މުބާރާތުގައި ދެ ޓީމު ވެސް ކުޅޭ ދެވަނަ މެޗެވެ. މި މެޗަށް ނުކުތްއިރު، އެމްއޭސީއެލް ވަނީ އެ ޓީމު ކުޅުނު ފުރަތަމަ ކާމިޔާބުކޮށްފަ އެވެ. ޔޫތު މިނިސްޓްރީ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

މި މެޗު އެމްއޭސީއެލް ކާމިޔާބުކުރީ ސީދާ ތިން ސެޓުން ނެވެ. މި މެޗުގެ ސެޓްތައް އެމްއޭސީއެލް ކާމިޔާބުކުރީ 25-16 އާއި 25-10 އަދި 25-17 އިން ނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޭސީއެލްގެ އާއިޝަތު ނާޒިމާ އެވެ.

މުބާރާތުގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ޕޮލިސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވި ނަމަވެސް، އެޑިޔުކޭޝަން މިނިސްޓްރީ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

މާބޮޑު ވާދަވެރިކަމެއް ނެތް މި މެޗު ޕޮލިސް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ސީދާ ތިން ސެޓުން ނެވެ. މި މެޗުގެ ސެޓްތައް ޕޮލިސް ކާމިޔާބުކޮށްފައިވަނީ 25-5 އާއި 25-10 އަދި 25-13 އިން ނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހައްވާ ރާޝިދާ އެވެ.

އިންޓަރ އޮފީސް ކޮމްޕެނީ ވޮލީ މުބާރާތުގެ ދެ މެޗު މިއަދު ވެސް އޮންނާނެ އެވެ. މިއަދު ކުޅުމަށް ހަމަޖެހިފައިވާ ފިރިހެން ޑިވިޝަންގެ ދެ މެޗެވެ. މިއީ މި ޑިވިޝަންގެ ފުރަތަމަ ދެ މެޗެވެ. ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯރޓްސް އެންޑް ފިޓްނަސް އެވެ. ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ އެމްއޭސީއެލް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top