ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބޫޓާން ކައިރިން ބަނގްލަދޭޝް ސަލާމަތްވީ ކިރިޔާ

ބަނގްލަދޭޝްގައި އިއްޔެ ފެށި ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުން، މުބާރާތް ބާއްވާ ޤައުމު ބަނގްލަދޭޝް ސަލަމާތްވީ ކިރިޔާ އެވެ. ގުރޫޕް ބީގެ މި މެޗުގައި ބައްދަލުކުރީ ބަނގްލަދޭޝް އާއި ނޭޕާލެވެ. މި ގުރޫޕްގައި ދެން ހިމެނެނީ ސްރީލަންކާ އެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި މެޗުގެ ކުރިން ނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ބަނގްލަދޭޝްއަށް ލިބި ބޭނުން ނުކުރެވި ދިޔައިރު، ޑިފެންސިވް ގޭމެއް ކުޅުނު ބޫޓާނުން ވަނީ އެކަމުގައި ކާމިޔާބު ހޯދައިފަ އެވެ. ޚާއްސަކޮށް އެ ޓީމުގެ ކީޕަރުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް މި ހާފުގައި ފެނިފަ އެވެ. ސައުތު އޭޝިޔާ ސަރަހައްދުން ބޭރުގެ ޓީމުތަކަށް ކުޅެމުންދާ ކުޅުންތެރިންނަށް ކުރިމަތިވި ރިލީސް ނުލިބުމުގެ މައްސަލަ ބަނގްލަދޭޝްއަށް ވެސް ވަނީ ކުރިމަތިވެފަ އެވެ.

ފީފާ އިންޓަރނޭޝަނަލް ބްރޭކް އޮތީ މި މަހުގެ 9 އިން 18 އަށް ކަމަށްވާތީ މުބާރާތުގެ ފަހުކޮޅު ބައެއް ކުޅުންތެރިން ޓީމުތަކާއި ގުޅޭނެކަމަށް ވަނީ ބެލެވިފަ އެވެ.

ކައުންޓާރ އެޓޭކްގައި ލަނޑު ޖެހޭތޯ މަސައްކަތްކުރި ބޫޓާނަށް ފުރަތަމަ ހާފުގައި އެކަށީގެންވާ ފުރުސަތެއް ފަހި ކުރެވިފައެއް ނުވެ އެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު ބަނގްލަދޭޝްއިން ކާމިޔާބުކުރީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު އިބްރާހިމް އެވެ.

ނަތީޖާ ހަމަހަމަކުރުމަށް، މެޗުގެ ފަހުކޮޅު ބޫޓާނުން ގިނަ މަސައްކަތްތަކެއް ކުރި މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

މިވެސް ކިޔާލަން:  ފުރަތަމަ މެޗުން އިންޑިޔާ މޮޅުވެއްޖެ

މި ގުރޫޕްގެ މެޗެއް ދެން އޮންނާނީ މި މަހުގެ 8 ވަނަ ދުވަހު އެވެ. ރާއްޖެ ގަޑިން 19:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ސްރީލަންކާ އާއި ބޫޓާނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top