ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކިރު ބުއިމުން ފިރިހެނުންގެ ޓެސްޓޮސްޓެރޯން ދަށްވޭތަ؟

ކިރު ބުއިމަކީ ފިރިހެނުންގެ ގައިގައި ހުންނަ މައިގަނޑު ޖިންސީ ހޯމޯން ކަމަށްވާ ޓެސްޓޮސްޓެރޯންގެ މިންވަރު ދަށްކޮށްދޭ ކަމެއް ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ސިއްހީ މާހިރުން ހާމަކޮށްފިއެވެ. ސިއްހީ މައުލޫމާތު ފަތުރާ މަޝްހޫރު ވެބްސައިޓެއް ކަމަށްވާ ‘މެޑްއިންޑިއާ’ ގައި ޝާއިއުކޮށްފައިވާ ދިރާސީ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުން، މިއީ އެއްވެސް އިލްމީ އަސާސެއް ނެތް ކުށްހީއެކެވެ.

އާންމުކޮށް ދެކެވޭ މި ވާހަކައަކީ، ގެރިކިރުގައި އަންހެން ހޯމޯން ކަމަށްވާ އެސްޓްރޮޖެން އެކުލެވޭތީ، އޭގެ ސަބަބުން ފިރިހެނުންގެ ޓެސްޓޮސްޓެރޯން ދަށްވެދާނެ ކަމަށް ބުނެ ފަތުރާ ވާހަކައެކެވެ. ނަމަވެސް، ސައިންސްވެރިންނާއި ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ކިރުގައި މި ބާވަތުގެ ހޯމޯން ހުންނަނީ އިންސާނާގެ ހަށިގަނޑުގެ ހޯމޯން ލެވެލްއަށް ބަދަލެއް ގެނެވޭ ވަރަށް ވުރެ މާ ކުޑަ މިންވަރަކަށެވެ. އެހެންކަމުން، އާދައިގެ މިންވަރަކަށް ކިރު ބުއިމަކުން ފިރިހެނުންގެ ޓެސްޓޮސްޓެރޯންއަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރެއެވެ.

މީގެ އިތުރުން ސިއްހީ މާހިރުން ބަޔާންކުރާ ގޮތުގައި، ކިރަކީ ހަށިގަނޑަށް ބޭނުންތެރި މުހިންމު މާއްދާތަކެއް ކަމަށްވާ ކެލްސިއަމް، ޕްރޮޓީން އަދި ވިޓަމިން ޑީ އިން މުއްސަނދިވެފައިވާ ބުއިމެކެވެ. ޚާއްސަކޮށް ވިޓަމިން ޑީ އަކީ ހަށިގަނޑުގައި ދުޅަހެޔޮ މިންވަރަކަށް ޓެސްޓޮސްޓެރޯން އުފެއްދުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އެހެންކަމުން، މެދުމިންވަރަކަށް ކިރު ބޭނުންކުރުމަކީ ފިރިހެނުންގެ ޖުމްލަ ސިއްހަތަށާއި މަސްތަކުގެ ވަރުގަދަކަމަށް ފައިދާހުރި ކަމެކެވެ.

ނަމަވެސް، ކޮންމެ އެއްޗެއްވެސް މާގިނައިން ބޭނުންކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، ހަށިގަނޑުގެ ބަރުދަން މާބޮޑަށް އިތުރުވުމަކީ ޓެސްޓޮސްޓެރޯން ދަށްވާން މެދުވެރިވާ ސަބަބަކަށް ވާތީ، މާގިނައިން ފެޓް ހުންނަ ކިރު ބުއިމުގައި ސަމާލުވުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ.

މިވެސް ކިޔާލަން:  ފިރިހެނުން ކޮންމެ ދުވަހަކު ގްރީން ޓީ ބުއިމުގެ ފައިދާ

ކިރު ބުއިމުން ފިރިހެނުންގެ ޓެސްޓޮސްޓެރޯން ދަށްވާ ކަމަށް ބުނާ ވާހަކައަކީ ސައިންޓިފިކް ހެކި ނެތް ބިލާހެކެވެ. މެދުމިންވަރަކަށް ކިރު ބުއިމަކީ ސިއްހަތަށް ފައިދާހުރި، ހަށިގަނޑަށް ބޭނުންތެރި ކަމެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top