ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝިފާގެ އެކްޓިންއަށް ނަހޫ ދިން އެއްވަނައިގެ ރޭޓިންއަށް ޝިރާނީ ވެސް އެއްބަސް!

މިހާރު ދިވެހި ސިނަމާގައި އެންމެ ވިދަމުން އަންނަ ބަތަލާ ޝިފާގެ އެކްޓިންއަކީ މިހާރު ރާއްޖޭގައި ހުރި އެއްވަނަ ކަމަށް މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނި ބުނުމަށް، ދިވެހި ފިލްމީ ދާއިރާގެ ލެޖެންޑަރީ ތަރި ޢާއިޝަތު ޝިރާނީ ވެސް ފުރިހަމައަށް ތާއީދުކޮށްފިއެވެ.

މިހާރު އޮލިމްޕަހުގައި ކާމިޔާބުކަމާއެކު ދައްކަމުން އަންނަ ފިލްމު “މަޖުނޫން” އެޅުވުމުގެ ކުރިން، ދިވެހިރާއްޖޭގެ އަޑުގެ ޓިކްޓޮކް މެދުވެރިކޮށް އާއްމުކުރި ވީޑިއޯއެއްގައި އޭނާ ވަނީ، މިވަގުތު ރާއްޖޭގައި ތިބި ބަތަލާއިންގެ ތެރެއިން އެއްވަނައިގައި ހުރީ ޝިފާ ކަމަށް ބުނެ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ނަހުލާގެ މި ވާހަކައާ ގުޅިގެން ފިލްމީ ދާއިރާގެ ބައެއް އެހެން އެކްޓަރުންނާއި އާންމުންގެ މެދުގައި ބަހުސްތަކެއް އުފެދި، ބައެއް ފަރާތްތަކުގެ ހިތްހަމަނުޖެހުން ވެސް އަމާޒުވިއެވެ.

ނަމަވެސް، މި ވާހަކަތަކަށް ބާރުދީ، ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި އަދި އެންމެ މަގުބޫލު އެއް ބަތަލާ ކަމަށްވާ ޢާއިޝަތު ޝިރާނީ ވަނީ ނަހުލާގެ މި ނިންމުމަށް ފުރިހަމައަށް ތާއީދުކޮށްފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ނަހުލާ ގެނެސްދިން ޓިކްޓޮކް ލައިވްގައި ބައިވެރިވެ ވާހަކަދައްކަމުން ޝިރާނީ ބުނީ، ޝިފާގެ އެކްޓިން އަކީ “ވަރަށް ވަރަށް މޮޅު” އެކްޓިންއެއް ކަމަށެވެ. އަދި ޝިފާއަށް ނަހޫ ދިން އެއްވަނައިގެ ރޭޓިންއަކީ ހަމަ އެންމެ ރަނގަޅު، ހައްގު ރޭޓިންއެއް ކަމަށް ވެސް ޝިރާނީ ފާހަގަކުރިއެވެ.

މީގެ އިތުރުން އެ ލައިވްގައި ވާހަކަދައްކަމުން ޝިރާނީ ވަނީ، ޝިފާގެ މަސައްކަތްތައް ފެނިފައި އޭނާގެ ހުނަރާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، ކެރެކްޓަރަށް ވަދެގެން އެ ކުރާ މޮޅު މަސައްކަތް ފާހަގަކުރެވޭ ކަމަށް ބުނެފައެވެ. އަދި ނަހުލާ ފަދަ ތަޖުރިބާކާރު ޑައިރެކްޓަރަކު އެފަދަ ނިންމުމެއް ނިންމާނީ ވަރަށް ބޮޑަށް ބަލާފައި ކަމަށް ވާއިރު، ޝިފާ ވަނީ އޭނާގެ ހުނަރުން އެކަން ސާބިތުކޮށްދީފައި ކަމަށް ވެސް ޝިރާނީ ބުންޏެވެ.

މިވެސް ކިޔާލަން:  "ޖަންނަތު" ގަ ކުޅެފަ މިއޮތީ ޝަރަފްގެ ފިލްމީ ކެރިއާގަ އެންމެ ބޮޑަށް ރިޒާޗްކޮށް ކުޅުނު ކެރެކްޓަރ - ޝަރަފް

ޝިރާނީގެ އިތުރުން، ދިވެހި ފިލްމީ ދާއިރާގައި މިހާރު ތިބި އެންމެ ހުނަރުވެރި ފިރިހެން އެކްޓަރުންގެ ތެރެއިން އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ވެސް ވަނީ ޝިފާއަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ.

“މަޖުނޫން” ގެ ލީޑު ރޯލުން ފެނިގެންދާ ޝިފާގެ މި އެކްޓިންއަށް އާންމު ބެލުންތެރިންގެ ފަރާތުން ވެސް ބޮޑު ތަރުހީބަކާއި ތައުރީފެއް ލިބެމުން އަންނައިރު، ދާއިރާގެ އެންމެ ތަޖުރިބާކާރު ފަންނާނުންގެ މިފަދަ ތައުރީފުތަކަކީ ޝިފާގެ ފިލްމީ ހަޔާތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top