ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއެސްޕީއޭ ފިލްމު ފެސްޓިވަލް 2026: މި މަހު 12 ގައި ފަށަނީ

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ފިލްމު ފެސްޓިވަލް މި ހިނގާ ނޮވެމްބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

އޮލިމްޕަސް ސިނަމާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލަކީ ފެންވަރު ރަނގަޅު ދިވެހި ފިލްމުތަކެއް އާންމުންނަށް ދައްކައިލުމަށާއި، ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމުގެ މަގުސޫދުގައި ބާއްވާ ހަރަކާތެކެވެ. މި ފެސްޓިވަލްގައި ދެއްކުމަށް ހަމަޖެހިފައިވަނީ އެމްއެސްޕީއޭ އިން ބާއްވާ 2 ވަނަ ފިލްމު އެވޯޑްސްގައި ވާދަކުރާ ފާހަގަކޮށްލެވޭ 07 ފިލްމެކެވެ.

ފެސްޓިވަލްގައި ފިލްމުތައް އަޅުވަން ހަމަޖެހިފައިވާ ތާވަލު:

– 12 ނޮވެމްބަރު (މެންދުރުފަހު 14:00): ފުރޭތަ

– 14 ނޮވެމްބަރު (މެންދުރުފަހު 14:30): ރޮބޯމޭން

– 15 ނޮވެމްބަރު (މެންދުރުފަހު 14:30): ކަމަނާ

– 16 ނޮވެމްބަރު (މެންދުރުފަހު 14:30): ކަންބަޅި

– 17 ނޮވެމްބަރު (މެންދުރުފަހު 14:30): ދޭދަރު ރުއިން

– 18 ނޮވެމްބަރު (މެންދުރުފަހު 14:30): ސާޔާ

– 19 ނޮވެމްބަރު (މެންދުރުފަހު 14:30): ބިބީ

މި ފެސްޓިވަލްގެ ޓިކެޓްތަކުގެ އަގުތަކަށް ބަލާއިރު، ވަކިވަކި ކޮންމެ ފިލްމަކަށް ޓިކެޓެއް ވިއްކަނީ 60 ރުފިޔާއަށެވެ. އަދި ހުރިހާ ފިލްމެއް ބަލައިލަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން 7 ފިލްމުގެ ޕެކޭޖް ޓިކެޓް 350 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށް އެމްއެސްޕީއޭ އިން މައުލޫމާތުދެއެވެ. ފެސްޓިވަލްގެ ޓިކެޓް ބައްލަވައިގަތުމަށް 7645088، 9569750 އަދި 9986585 މި ނަންބަރުތަކަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

މި ފިލްމު އެވޯޑަކީ އެމްއެސްޕީއޭ އާއި “ބިދަބިން އިވެންޓްސް” ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ ކުރިން ބޭއްވުނު އެމްއެސްޕީއޭގެ ފުރަތަމަ ފިލްމު އެވޯޑަކީވެސް ބިދަބިން އިވެންޓްސްއާ ގުޅިގެން ބޭއްވި، ބެލުންތެރިންނާއި ފަންނާނުންގެ ބޮޑު ތަރުހީބެއް ލިބުނު ކާމިޔާބު ހަރަކާތެކެވެ.

މިވެސް ކިޔާލަން:  "ދޭދަރު ރުއިން" 20 ނޮވެމްބަރުގައި އެޅުވުން ކެންސަލެއް ނުވޭ!
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top