ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
70 މިލިޔަން އަހަރުވީ ޑައިނަސޯއެއްގެ އެމްބްރިޔޯއެއް ފެނިއްޖެ
ތުންގަނޑުލީ ތެރޮޕޮޑް ޑައިނަސޯގެ ވައްތަރެއް ކަމަށްވާ "އޯވިރެޕްޓޮރޮސޯ" އެމްބްރިޔޯގެ އޭއައި ފޮޓޯއެއް

ބިހެއްގެ ތެރޭގައި ފުރިހަމައަށް ރައްކައުތެރިވެފައިވާ 70 މިލިއަން އަހަރުވީ ޑައިނަސޯގެ އެމްބްރިއޯއެއް ފެނިއްޖެ އެވެ.

ސައިންސްވެރިންގެ ޓީމަކުން، ގާތްގަނޑަކަށް 70 މިލިއަން އަހަރު ވެފައިވާ ވަރަށް ފުރިހަމައަށް ރައްކައުތެރިވެފައިވާ ޑައިނަސޯއެއްގެ ކުޑަ އެމްބްރިއޯއެއް ފޮސިލް ބިހެއްގެ ތެރެއިން ހޯދައިފިއެވެ. މި ތާރީޚީ ހޯދުން ހޯދާފައިވަނީ ދެކުނު ޗައިނާގެ ޖިއަންގްޒީ ޕްރޮވިންސްގެ ގަންޒޯ ސަރަޙައްދުންނެވެ.

ދިރާސާވެރިން މި އެމްބްރިއޯއަށް ދީފައިވާ ނަމަކީ “ބޭބީ ޔިންގްލިއާންގް” އެވެ. މި އެމްބްރިއޯ ނިސްބަތްވަނީ ދަތްނެތް، ތުންގަނޑުލީ ތެރޮޕޮޑް ޑައިނަސޯގެ ވައްތަރެއް ކަމަށްވާ “އޯވިރެޕްޓޮރޮސޯ” (Oviraptorosaur) އާއިލާއަށެވެ. މިއީ މިހާތަނަށް ތާރީޚުގައި ވެސް އެންމެ ފުރިހަމައަށް ރައްކައުތެރިވެފައި ވަނިކޮށް ފެނުނު ޑައިނަސޯ އެމްބްރިއޯ ކަމަށް ސައިންސްވެރިން ބުނެއެވެ.

މި ހޯދުމުން ސައިންސްވެރިންނަށް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ އެއް ކަމަކީ އެމްބްރިއޯ ބިހުގެ ތެރޭގައި އޮތް ގޮތެވެ. އާންމުކޮށް ޑައިނަސޯތަކުގެ އެމްބްރިއޯތައް ފެންނަނީ ގުނަވަންތައް ވަކިވަކިވެ، ބުރިބުރިވެފައި ވަނިކޮށެވެ. ނަމަވެސް “ބޭބީ ޔިންގްލިއާންގް” އޮތީ ބޯ ބަނޑުދަށަށް ލައްވައި، ދެފަރާތުގައި ފައި ބާއްވައި، މުޅި ހަށިގަނޑު ބޮނޑިކޮށްލައިގެންނެވެ. މިއީ މިޒަމާނުގެ ދޫނިތައް ބިހުން ނުކުތުމުގެ ކުރިން ބިސް ތެރޭގައި އޮންނަ ގޮތާ (ޓަކިންގ ބިހޭވިއާރ އާ) އިންތިހާއަށް އެއްގޮތް ގޮތެކެވެ.

މި ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ސައިންސްވެރިން ފާހަގަކުރި ގޮތުގައި، މި ހޯދުމުގެ ސަބަބުން މިޒަމާނުގެ ދޫނިތަކުގެ މިފަދަ ހަރަކާތްތަކަކީ އެންމެ ފުރަތަމަ އުދުހޭ ދޫނިތަކުގެ ތެރެއިން އުފެދުނު ކަންކަން ނޫންކަމާއި، އޭގެ އެތައް މިލިއަން އަހަރެއް ކުރިން އުޅުނު ޑައިނަސޯތަކުގެ ކިބައިން ފެށިގެން އައިސްފައިވާ ކަމެއްކަން ސާބިތުވެގެންދެއެވެ.

މިވެސް ކިޔާލަން:  ތައިލެންޑުން ފެނުނު "ލާސްޓް ޓައިޓަން" ޑައިނަސޯ: 9 އެތަށް ވުރެ ބޮޑު!

މި ބިހަކީ މީގެ އަހަރުތަކެއް ކުރިން ފެނިފައިވާ އެއްޗެއް ނަމަވެސް، ޔިންގްލިއާންގް ސްޓޯން ނޭޗަރަލް ހިސްޓްރީ މިއުޒިއަމްގެ މުވައްޒަފުންނަށް އޭގެ އެތެރޭގައި އެމްބްރިއޯއެއް ވާކަން ފާހަގަކުރެވުނީ ދާދި ފަހުންނެވެ. އެއަށްފަހު ބައިނަލްއަޤްވާމީ ސައިންސްވެރިންގެ ޓީމަކުން ވަނީ މިކަމާ ގުޅޭ ފުޅާ ދިރާސާތަކެއް ކޮށް، މި ހޯދުން އާންމުކޮށްފައެވެ. ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި މި ހޯދުމަކީ ޑައިނަސޯއިން ދޫންޏަށް ބަދަލުވެގެން ދިޔަ ގޮތް އިތުރަށް ދެނެގަތުމަށް ލިބުނު ވަރަށް އަގުހުރި މަޢުލޫމާތެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top