މިހާރު ކުރިއަށްދާ ނޮވެމްބަރު 11ގެ ބަންދާއި ހަފުތާ ބަންދާ ދިމާކޮށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް، ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ދިވެހި ފިލްމު “މަޖުނޫން” އޮލިމްޕަހުގެ ބޮޑު ސްކްރީނުން ބަލައިލުމުގެ ރަނުގެ ފުރުޞަތެއް ހުޅުވާލައިފިއެވެ.
ކްރިސްޓަލް އެންޓަޓެއިންމެންޓުން އުފައްދައި، މިދިޔަ މަހުގެ 26 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ދައްކަން ފެށި ރޮމޭންޓިކް، ސައިކޮލޮޖިކަލް ތްރިލަރ، މިސްޓްރީ އަދި ޑްރާމާ ފިލްމު “މަޖުނޫން” އަކީ ނަހުލާގެ ފިލްމުތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހައިރާންކުރުވަނިވި ތަފާތެއް ފެނިގެން ދިޔަ ފިލްމެވެ.
މިހާތަނަށް އޮލިމްޕަހުގައި މި ފިލްމުގެ 29 ހައުސްފުލް ޝޯ ދައްކާފައިވާއިރު، އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވެސް އެ ރަށެއްގެ ވަސީލަތްތައް ހުރި ނިސްބަތުން އަންނަނީ ހައުސްފުލް ގިނަ ޝޯތަކެއް ދައްކަމުންނެވެ.
މި ފިލްމުގެ ޑިމާންޑް ބޮޑުވެ، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ރޭގަނޑު 8:30 ގެ ހުރިހާ ޝޯއެއްގެ ޓިކެޓް މިހާރު ވަނީ އެއްކޮށް ވިކި ހުސްވެފައެވެ. ނަމަވެސް، މި ބަންދާ ދިމާކޮށް އަތޮޅުތެރެއިން މާލެ އަންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ބުރާސްފަތި (މިއަދު) އަދި ހުކުރު ދުވަހު އިތުރު ޝޯތަކެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މިހާރު ޓިކެޓް ވިކެމުންދާ ޝޯތަކުގެ ތެރޭގައި، މި މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ދަންވަރު 11:45 ގެ ޝޯގެ އިތުރުން، ހުކުރު ދުވަހުގެ މެންދުރުފަހު 2:30 ގައި ދައްކާ ޝޯ ހިމެނެއެވެ.
މިއީ ބަންދު ދުވަސްވަރާ ދިމާކޮށް މާލެ ޒިޔާރަތްކުރާ ރައްޔިތުންނަށް، މި ދުވަސްވަރު ބެލުންތެރިންގެ މެދުގައި ބޮޑު ތަރުޙީބެއް ހޯދާފައިވާ “މަޖުނޫން” ސިނަމާގެ ފުރިހަމަ ސްކްރީނުން ތަޖުރިބާކޮށްލަން ލިބޭނެ ވަރަށް ރަނގަޅު ފުރުޞަތެކެވެ.
“މަޖުނޫން”ގެ ޓިކެޓް ހޯދުމަށް 7844422 އަށް ގުޅައިގެން އަދި އޮލިމްޕަސް ޓިކެޓް ކައުންޓަރުން މިހާރު ޓިކެޓް ލިބެން ހުންނާނެއެވެ.
