ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްޓެލްކޯ އެއްވަނަ ހޯދައިފި
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް -އެފްބީ-

މިހާރު ކުރިޔަށްދާ އިންޓަރ އޮފީސް ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕް 2026 ފިރިހެން ޑިވިޝަންގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ލީގު ބުރުގެ އެއްވަނަ ހޯދައިފި އެވެ.

ފަސް ޓީމު ވާދަކުރާ މި މުބާރާތުގައި ސްޓެލްކޯގެ ފަހު މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓްއާ އެވެ. މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީ އާއި ސްޓެލްކޯ ބައްދަލުކުރި މި މެޗު ވެގެން ދިޔައީ ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗަކަށެވެ.

ލީގު ބުރުގެ އެއްވަނަ ހޯދުމަށްޓަކައި ދެ ޓީމަށް ވެސް މުހިންމުވި މި މެޗުގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ ސްޓެލްކޯއިން ނެވެ. 25-20 އިން ސްޓެލްކޯ ކާމިޔާބުކުރި މި ސެޓްގައި އެޑިއުކޭޝަން މިނިސްޓްރީއިން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ދެވަނަ ސެޓްގައި ސްޓެލްކޯއިން ތަފާތު ދެއްކިއިރު، ފުރަތަމަ ސެޓްގައި ދެއްކި ކުޅުން މި ސެޓްގައި އެޑިއުކޭޝަން މިނިސްޓްރީއަށް ނުދެއްކުނެވެ. މި ސެޓްގައި ސްޓެލްކޯއިން 25 ޕޮއިންޓް ހޯދިއިރު އެޑިއުކޭޝަން މިނިސްޓްރީއަށް ހޯދުނީ 17 ޕޮއިންޓެވެ.

ތިންވަނަ ސެޓް ކާމިޔާބުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރަން ނުކުތް ސްޓެލްކޯއަށް، އެޑިއުކޭޝަން މިނިސްޓްރީއިން އެ ފުރުސަތެއް ނުދިނެވެ. ތަފާތު މޮޅު ކުޅުމެއް ދައްކައި 19-25 އިން މި ސެޓް ކާމިޔާބުކުރީ އެޑިއުކޭޝަން މިނިސްޓްރީ އެވެ. ހަތަރުވަނަ ސެޓްގައި ވެސް މޮޅަށް ކުޅުނީ އެޑިއުކޭޝަން މިނިސްޓްރީއިން ނެވެ. ފުރަތަމަ ދެ ސެޓްގައި ދެއްކި މޮޅު ކުޅުން މި ސެޓްގައި ވެސް ސްޓެލްކޯއަކަށް ނުދެއްކުނެވެ. ފަސޭހަކަމާއިއެކު އެޑިއުކޭޝަން މިނިސްޓްރީއިން ކާމިޔާބުކުރި މި ސެޓްގައި ސްޓެލްކޯއަށް ހޯދުނީ 16 ޕޮއިންޓެވެ. ކޮންމެ ޓީމަކަށް ދެ ސެޓް ލިބި ނަތީޖާ ނެރުމަށްޓަކައި ކުޅެން ޖެހުނު ފަސްވަނަ ސެޓްގައި ސްޓެލްކޯއިން ވަނީ ފުރަތަމަ ދެ ސެޓްގައި ދެއްކި މޮޅު ކުޅުން އަލުން ދައްކައިފަ އެވެ. މި ސެޓް ސްޓެލްކޯއިން ކާމިޔާބުކުރީ 15-9 އިން ނެވެ.

މިވެސް ކިޔާލަން:  އެޕޮކަލިޕްސް ބަލިކޮށް ކަންމަތި އެފްސީ ތިން ތަރި ޖަހައިފި

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ޝިރުހާން ޢަލީ އެވެ.

ރޭ ކުޅެވުނީ މުބާރާތުގެ އަށްވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯރޓްސް އެންޑް ފިޓްނަސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އެވެ. މިއީ ދެ ޓީމުގެ ވެސް ތިންވަނަ މެޗެވެ. ކުރިން ކުޅުނު ދެ މެޗުން ބަލިވެފައިވާތީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށްޓަކައި މޮޅުވާން މަޖުބޫރުވި މި މެޗުގައި ދެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި މޮޅުވާން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

މި މެޗު މޯލްޑިވްސް ޕޮލިސް ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުން ނެވެ. މި މެޗުގެ ފުރަތަމަ ސެޓް ވީ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި ސެޓަށެވެ. އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނުނެގުނުއިރު، ސެޓް ނިންމުމުގެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ. 23-25 އިން މި ސެޓް ކާމިޔާބުކުރީ ޔޫތު މިނިސްޓްރީ އެވެ. ދެވަނަ ސެޓްގައި ވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. މި ސެޓްގައި މޯލްޑިވްސް ޕޮލިސްއިން ތަފާތު ދެއްކިއިރު އެ ޓީމުން ސެޓް ކާމިޔާބުކުރީ 25-21 އިން ނެވެ.

ތިންވަނަ ސެޓްގައި ވެސް ޔޫތު މިނިސްޓްރީއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވި އެވެ. މި ސެޓް 25-18 އިން ކާމިޔާބުކުރީ މޯލްޑިވްސް ޕޮލިސް އެވެ. ހަތަރުވަނަ ސެޓް ކާމިޔާބުކޮށް މެޗުން މޮޅުވާން ނުކުތް މޯލްޑިވްސް ޕޮލިސްއަށް ރަނގަޅު ޗެލެންޖެއް ކުރިމަތި ކުރުވަން ނުކުތް ޔޫތު މިނިސްޓްރީއަށް މި ސެޓްގައި އެއްވާނެއްގައި ހިފަހައްޓައިލެވޭގޮތެއް ނުވި އެވެ. ފަހަތުން އަރައި ދެ ސެޓް ކާމިޔާބު ކުރުމުން ލިބުނު ހިތްވަރުގައި މޯލްޑިވްސް ޕޮލިސް މި ސެޓް ކާމިޔާބު ކުރީ 25-19 އިން ނެވެ.

މިވެސް ކިޔާލަން:  ލަޔަންސް ތިންވަނަ ހޯދައިފި

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މާއިޝް އަޙްމަދު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top