ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ރެޑް ވެލްވެޓް ޗީޒްކޭކް ބްރައުނީ – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 20 މިނެޓް
⏱️ ފިހަން ނަގާނެ ވަގުތު: 30 މިނެޓް
🍽️ ތައްޔާރުކުރެވޭނެ މިންވަރު: 16 ފޮތި

🛒 ބޭނުންވާ ތަކެތި:

ރެޑް ވެލްވެޓް ބްރައުނީއަށް:

● ½ ޖޯޑު (115 ގްރާމް) އަންސޯލްޓެޑް ބަޓަރު (ވިރުވާފައި)
● 3 މޭޒުމަތީ ސަމުސާ (20 ގްރާމް) ހަކުރު ނާޅާ ކޮކޯ ޕައުޑަރު
● ¼ ސައިސަމުސާ ލޮނު
● ¾ ޖޯޑާއި 2 މޭޒުމަތީ ސަމުސާ (175 ގްރާމް) ހަކުރު
● 2 ބޮޑު ބިސް
● ¾ ސައިސަމުސާ ވެނީލާ އެސެންސް
● ½ ސައިސަމުސާ އެޕަލް ސައިޑަރ ވިނިގަރ ނުވަތަ ހުދު ވިނިގަރ (އިޚްތިޔާރީ)
● 2-3 ސައިސަމުސާ ރަތް ކުލަ (ފުޑް ކަލަރިންގް)
● ⅔ ޖޯޑު (95 ގްރާމް) ފުށް

ޗީޒްކޭކް ފަށަލައަށް:

● 8 އައުންސް (225 ގްރާމް) ފުލް-ފެޓް ކްރީމް ޗީޒް (ރޫމް ޓެމްޕަރޭޗަރގައި ހުރި)
● ¼ ޖޯޑު (50 ގްރާމް) ހަކުރު
● 1 ބޮޑު ބިސް
● ½ ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

1 – އަވަން ތައްޔާރުކުރުން:

އަވަން 180 ޑިގްރީ ސެލްސިއަސް (350 ޑިގްރީ ފެރަންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ. 8×8 އިންޗީގެ ބޭކިންގް ޓްރޭއެއްގައި ޕާޗްމަންޓް ކަރުދާސް އަޅާށެވެ.

2 – ބްރައުނީ ފުށްގަނޑު ތައްޔާރުކުރުން:

  • ހޫނުކުރެވޭނެ ބޮޑު ތަށްޓަކަށް ބަޓަރު، ކޮކޯ ޕައުޑަރު އަދި ލޮނު އެޅުމަށްފަހު، މައިކްރޯވޭވްގައި 30 ސިކުންތުގެ މެދުކެނޑުންތަކާއެކު ވިރެންދެން ހޫނުކުރާށެވެ. ކޮންމެ މެދުކެނޑުމެއްގައި ރަނގަޅަށް ގަށާލަންވާނެއެވެ.
  • އެއަށްފަހު ހަކުރު އަޅައި އެއްކޮށްލާށެވެ. ދެން ބިސް، ވެނީލާ އެސެންސް އަދި ވިނިގަރ އަޅައި ގަށާލާށެވެ.
  • ބޭނުންވާ މިންވަރަށް ރަތްކުލަ އެޅުމަށްފަހު، ފުށް އަޅައިގެން މަޑުމަޑުން އެއްކޮށްލާށެވެ.
  • ތައްޔާރުކުރި ފުށްގަނޑުގެ ތެރެއިން ⅓ ޖޯޑު ފުށް ވަކިކޮށްފައި ބަހައްޓާށެވެ. ބާކީ ހުރި ބައި ޓްރޭއަށް އަޅައި މަތި އޮމާންކޮށްލާށެވެ.

3 – ޗީޒްކޭކް ފުށްގަނޑު ތައްޔާރުކުރުން:

  • މިކްސަރެއް ނުވަތަ އަތުން ގަށާ އެއްޗެއް ބޭނުންކޮށްގެން ކްރީމް ޗީޒާއި ހަކުރު އޮމާންވަންދެން ގަށާށެވެ.
  • އެއަށްފަހު ބިސް އަދި ވެނީލާ އެސެންސް އަޅައި އެއްކޮށްލާށެވެ.
  • ތައްޔާރުކުރި ޗީޒްކޭކް މިކްސްޗަރު، ކުރިން ޓްރޭއަށް އެޅި ބްރައުނީ ފުށްގަނޑުގެ މައްޗަށް ސަމުސަލުން އެކި ތަންތަނަށް އަޅާށެވެ.

4 – ބްރައުނީ ފުށްގަނޑާއި ޗީޒްކޭކް ފުށްގަނޑު އެއްކުރުން:

  • ވަކިކުރި ⅓ ޖޯޑު ބްރައުނީ ފުށް، ޗީޒްކޭކް މިކްސްޗަރުގެ މައްޗަށް އެކި ދިމަދިމާއަށް އަޅާށެވެ.
  • ވަޅިއެއް ނުވަތަ ސިލް އެއްޗެއް ބޭނުންކޮށްގެން ދެ ބައި މަޑުމަޑުން ގަށާލައި “މާބަލް” ސިފައެއް ޖައްސާށެވެ.

5 – ބްރައުނީ ފިހުން:

  • 25 އާއި 30 މިނެޓާ ދެމެދުގެ ވަގުތަކަށް ފިހަން ބަހައްޓާށެވެ. ޗީޒްކޭކް ބައި ހަރުވެ، ކުޑަކޮށް ފުފިފައި ހުންނަންވާނެއެވެ.
  • ދަތްކޮށްޓާ އިލޮށިކޮޅެއް މެދަށް ހަރާލުމުން، އޭގައި ތެތްކަން ހުރި ބްރައުނީ ކުނޑިކޮޅުތަކެއް ހުންނަންވާނެއެވެ.

6 – ފިނިކުރުން:

  • މުޅިން ފިނިވުމުން، މަދުވެގެން 2 ގަޑިއިރު ފްރިޖްގައި ބެހެއްޓުމަށްފަހު ފޮތިކުރާށެވެ. މި ބްރައުނީ ތައްޔާރުކުރާ ދުވަހަށްވުރެ އަނެއް ދުވަހު ރަހަ މީރުވާނެއެވެ.

އިތުރު އިރުޝާދެއް:

މި ބްރައުނީ ވައި ނުވަންނަ ތަށްޓެއްގައި ބަންދުކޮށްގެން ފްރިޖްގައި 5 ދުވަހު ބެހެއްޓޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top