ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ބަރަބޯ ޕޭންކޭކް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 10 މިނެޓް
⏱️ ފިހުމަށް ހޭދަވާ ވަގުތު: 30 މިނެޓް (1 ތަވާ ބޭނުންކޮށްގެން)
⏱️ ޖުމްލަ ހޭދަވާ ވަގުތު: 40 މިނެޓް
🍽️ ތައްޔާރުކުރެވޭ މިންވަރު: 12 ޕޭންކޭކް (⅓ ޖޯޑުގެ މިންގަނޑުން)

🛒 ބޭނުންވާ ތަކެތި:

● 2 ޖޯޑު ފުށް
● 1 މޭޒުމަތީ ސަމުސަލާއި ½ ސައިސަމުސާ ބޭކިންގް ޕައުޑަރު
● 1 ސައިސަމުސާ ބޭކިންގް ސޯޑާ
● ½ ސައިސަމުސާ ލޮނު
● 2 ސައިސަމުސާ ޕަމްޕްކިން ސްޕައިސް
● ½ ސައިސަމުސާ ފޮނިތޮށި ކުނޑި
● 3 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ
● ¾ ޖޯޑު ބަރަބޯ ޕިއުރޭ (ހުސް ބަރަބޯ، ފޮނި އެއްޗެހި ތައްޔާރުކުރަން ބޭނުންކުރާ ފިލިންގް ނޫން)
● 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
● 2 ކުކުޅު ބިސް (ކޮޓަރީގެ ފިނިހޫނުމިނުގައި ހުރި)
● 2 ޖޯޑު ބަޓަރމިލްކް (ކޮޓަރީގެ ފިނިހޫނުމިނުގައި ހުރި)
● ¼ ޖޯޑު ލޮނު ނުލާ ބަޓަރު (ދިޔާކޮށްފައި، ކޮޓަރީގެ ފިނިހޫނުމިނުގައި ހުރި)
● މޭޕަލް ސިރަޕް (މައްޗަށް އެޅުމަށް)
● މަޑު ބަޓަރު (މައްޗަށް އެޅުމަށް)
● ޕީކޭންސް ނުވަތަ ބަދަން (ކުދިކޮށް ކޮށާފައި، ބޭނުންނަމަ މައްޗަށް ބުރުވުމަށް)

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – އަވަން “ވާރމް” ސެޓިންގް ނުވަތަ 200 ޑިގްރީ ފެރަންހައިޓަށް ހޫނުކުރަން ޖައްސާށެވެ. ބޭކިންގް ޝީޓެއްގެ މަތީގައި ވަޔަރ ރެކެއް ބޭއްވުމަށްފަހު އަވަން ތެރެއަށް ލައްވާށެވެ. މިއީ ޕޭންކޭކްތައް ފިހެ ނިމުމުން ހޫނުކަންމަތީ ބެހެއްޓުމަށެވެ.

މިވެސް ކިޔާލަން:  ލެމަން ރިކޮޓާ ޕްރޮޓީން ޕޭންކޭކު – މުނިއަވަސް ރަހަފަތް

2 – ބޮޑު ތަށްޓެއްގައި ފުށް، ބޭކިންގް ޕައުޑަރު، ބޭކިންގް ސޯޑާ، ލޮނު، ޕަމްޕްކިން ސްޕައިސް އަދި ފޮނިތޮށި ކުނޑި އެއްކޮށްލުމަށްފަހު ބަހައްޓާށެވެ.

3 – އެހެން ތަށްޓެއްގައި މުށި ބްރައުން ޝުގަރ، ބަރަބޯ ޕިއުރޭ، ވެނީލާ އެސެންސް، ބިސް، ބަޓަރމިލްކް އަދި ދިޔާކޮށްފައި ހުރި ބަޓަރު އެޅުމަށްފަހު، ހޭންޑް މިކްސަރަކުން ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.

4 – ދިޔާކޮށް ތައްޔާރުކުރި ބައި، ކުރިން އެއްކުރި ފުށްގަނޑުގެ ތެރެއަށް އަޅާލާށެވެ. ދެން ސްޕެޓިއުލާއެއް ބޭނުންކޮށްގެން މަޑުމަޑުން އެއްކޮށްލާށެވެ. މާބޮޑަށް ގިރާކަށް ނުޖެހޭނެއެވެ. ފުށްކޮޅެއް ފެންނަން ހުއްޓަސް މައްސަލައެއް ނެތެވެ. މި ފުށްގަނޑު 15 މިނެޓް ވަންދެން ބަހައްޓާލާށެވެ. މި ފުށްގަނޑު ހުންނާނީ ކުޑަކޮށް އޮލަކޮށެވެ.

5 – ތަވާ މެދު ގިނީގައި ހޫނުކުރުމަށްފަހު، ކުޑަ ތެޔޮކޮޅެއް ނުވަތަ ކުކިންގް ސްޕްރޭ ޖަހާލާށެވެ. ⅓ ޖޯޑުގެ މިންގަނޑުން ފުށްގަނޑު ނަގައި ތަވާއަށް އަޅާށެވެ. ފުރަތަމަ ފަރާތް ރަން މުށިކުލަ އަރަންދެން ދެ މިނެޓެއްހާއިރު ފިހެލާށެވެ. ދެން އަނެއް ފަރާތަށް ފުރޮޅާލުމަށްފަހު އަނެއްކާވެސް ދެ މިނެޓު ފިހެލާށެވެ.

6 – ފިހެ ނިމޭ ޕޭންކޭކްތައް އަވަން ތެރޭގައި ހުރި ރެކަށް ލަމުން ގެންދާށެވެ.

7 – މި ޕޭންކޭކްތައް ސާވްކުރާއިރު ބަޓަރާއި ހޫނު މޭޕަލް ސިރަޕް އަދި ބޭނުންނަމަ ބަދަންކޮޅެއް މައްޗަށް އަޅާލެވިދާނެއެވެ.

އިތުރު އިރުޝާދުތައް:

  • ބަރަބޯ ޕިއުރޭ: މި ރެސިޕީއަށް ބޭނުންކުރަންވާނީ ހުސް ބަރަބޯއެވެ. ފޮނި އެއްޗެހި ހަދަން ބޭނުންކުރާ “ޕަމްޕްކިން ފިލިންގް” އެއް ނޫނެވެ.
  • ބަޓަރމިލްކް: ބަޓަރމިލްކް ބޭނުންކުރުމުން ޕޭންކޭކްތައް މަޑުވެފައި ރަހަ މީރުވާނެއެވެ. ބަޓަރމިލްކް ނެތްނަމަ އާދައިގެ ކިރުވެސް ބޭނުންކުރެވިދާނެއެވެ.
  • މާބޮޑަށް ނުގިރުން: ފުށްގަނޑު އެއްކުރާއިރު މާ ގިނައިން ނުގިރާށެވެ. އެހެން ނޫނީ ޕޭންކޭކް ހަރުވާނެއެވެ. މަޑުމަޑުން އެއްކޮށްލުމުން ޕޭންކޭކްތައް ހުންނާނީ މަޑުކޮށް ފުފިފައެވެ.
  • ފިހާ ހޫނުމިން: ތަވާ މާ ބޮޑަށް ހޫނުވިޔަ ނުދޭށެވެ. މާ ބޮޑަށް ހޫނުގަދަވެއްޖެނަމަ އެތެރެ ނުފިހެވެނީސް ބޭރު އަނދާފާނެއެވެ.
  • ގަނޑުކޮށްފައި ބެހެއްޓުން: ބާކީވާ ޕޭންކޭކްތައް ހިހޫވުމުން ޕްލާސްޓިކް ރެޕުން އޮޅާލުމަށްފަހު ޒިޕްލޮކް ކޮތަޅަކަށް އަޅާފައި ފްރީޒަރުގައި ބެހެއްޓިދާނެއެވެ. ބޭނުންވުމުން ޓޯސްޓަރުން ހޫނުކޮށްލެވޭނެއެވެ.
މިވެސް ކިޔާލަން:  ލެމަން ރިކޮޓާ ޕްރޮޓީން ޕޭންކޭކު – މުނިއަވަސް ރަހަފަތް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top