ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފުރަތަމަ މެޗުން އަޒިއޮން ޖޫނިއާރ މޮޅުވެއްޖެ
އަޒިއޮން ސްޕޯޓްސް ކްލަބް - އެފްބީ

އދ. މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ، މަހިބަދޫ ޒުވާނުންގެ 23 ވަނަ ފުޓްބޯޅަ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން އަޒިއޮން ޖޫނިއާރ މޮޅުވެއްޖެ އެވެ.

އިއްޔެ ހަވީރު ފެށި މި މުބާރާތުގައި މި އަހަރު 6 ޓީމު ބައިވެރިވެފައިވެ އެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ގުރޫޕް އޭގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ޖިބިއްލީ ސްޕޯރޓްސް ކުލަބާއި އެންޓީ ޔުނައިޓެޑްގެ ޓީއެންޓީ އަދި އަޒިއޮން ޖޫނިއާރ އެވެ. ގުރޫޕް ބީގައި ހިމެނޭ ސްޕޯރޓިންގް އަޒިއޮން އާއި ޖިބިއްލީ ޖޫނިއާރ އަދި އެންޓީ ޔުނައިޓެޑް އެވެ. މި މުބާރާތް ކުރިޔަށް ދާނީ މި މަހުގެ 18 އިން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އަޒިއޮން ޖޫނިއާރ އާއި ޓީއެންޓީ އެވެ.

މުޅި މެޗަށް ބަލައިލާއިރު، ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އަޒިއޮން ޖޫނިއާރއިން ނެވެ. މެޗު ފެށުމާއިއެކު އެ ޓީމުން ވަނީ ލަނޑެއް ޖެހުމުގެ މަސައްކަތް ފަށައިފަ އެވެ. ޓީމު އެކުގައި ވަރަށް ބޮޑަށް ކުރިޔަށް ޖެހިގެން ކުޅުނު އަޒިއޮންއިން ވަނީ މެޗުގެ 4 ވަނަ މިނިޓްގައި ލީޑު ނަގައިފަ އެވެ. ޓީއެންޓީގެ ގޯލު ކުރިމައްޗަށް މީސަމް ނަސީމް ނަގައިދިން ހުރަހެއްގެ ބޭނުން ހިފައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަރުފާން އެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ޓީއެންޓީއިން ލަނޑެއް ޖެހުމުގެ ކުރިން އަޒިއޮން ޖޫނިއާރއިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހި އެވެ. އަޒިއޮން ޖޫނިއާރގެ ކުޅުންތެރިއަކަށް ޓީއެންޓީގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ގޯލުގެތެރެއަށް ވައްދާލައި އަޒިއޮން ޖޫނިއާރގެ ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މުޙައްމަދު ޝަރުފާން އެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުން ދެ ލަނޑު ޖެހި އެވެ. 61 ވަނަ މިނިޓްގައި އަޒިއޮން ޖޫނިއާރއިން އެ ޓީމުގެ ލީޑު އިތުރަށް ފުޅާކުރީ މީސަމް ނަސީމް ކާމިޔާބުކޮށްދިން ލަނޑުން ނެވެ. މީސަމް މި ލަނޑު ޖަހާފައިވަނީ މުޙައްމަދު ޝަރުފާން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މި މެޗުގައި ޓީއެންޓީއިން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ ފަހުކޮޅު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ނެވެ. ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ލަހްފާން އަޙްމަދު އެވެ.

3-1 އިން އަޒިއޮން ޖޫނިއާރ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަޒިއޮން ޖޫނިއާރގެ މުޙައްމަދު ޝަރުފާން އެވެ.

މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެ އެވެ. މި މެޗުގައި ބައްދަލުކުރާނީ ސްޕޯރޓިންގް އަޒިއޮން އާއި އެންޓީ ޔުނައިޓެޑް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top